ކ. މާލެ
|
29 މެއި 2020 | ހުކުރު 22:06
ލެސްޓާ ސިޓީގެ ކޯޗު ބްރެންޑަން ރޮޖާސް: މިހާރު ވަނީ ކޮވިޑް-19ން ރަނގަޅުވެފައި
ލެސްޓާ ސިޓީގެ ކޯޗު ބްރެންޑަން ރޮޖާސް: މިހާރު ވަނީ ކޮވިޑް-19ން ރަނގަޅުވެފައި
ގެޓީ އިމޭޖަސް
ރޮޖާސް ކޮވިޑް-19ށް ޕޮޒިޓިވްވުން
ކޮރޯނާވައިރަހަށް ޕޮޒިޓިވް ވިކަން ރޮޖާސް ހާމަކޮށްފި
 
ލެސްޓާ ސިޓީގެ ކުޅުންތެރިއަކު ކޮވިޑް-19ށް ޕޮޒިޓިވް ވެފައެއް ނުވޭ
 
ރޮޖާސްގެ އަންހެނުންވެސް ކޮވިޑް-19ށް ޕޮޒިޓިވްވި
 
ރޮޖާސް އަކީ ޕްރިމިއާ ލީގުން ކޮވިޑް-19 ޖެހުނު ދެވަނަ ކޯޗު

މާޗު މަހުގެ ތެރޭގައި ކޮރޯނާވައިރަސް (ކޮވިޑް-19) ށް ޕޮޒިޓިވް ވިކަން ލެސްޓާ ސިޓީގެ ކޯޗު ބްރެންޑަން ރޮޖާސް ހާމަކޮށްފި އެވެ.

ރޮޖާސް އަކީ ޕްރިމިއާ ލީގުން ކޮވިޑް-19 ޖެހުނު ދެވަނަ ކޯޗެވެ. މީގެ ކުރިން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އަށް ވެސް ވަނީ ކޮވިޑް-19 ޖެހިފައެވެ. އަދި ދެ ކޯޗުން މިހާރު ވަނީ ވައިރަހުން ސަލާމަތްވެފައެވެ.

ބީބީސީ އަށް ދިން އިންޓަވިއުއެއްގައި އުމުރުން 47 އަހަރުގެ ރޮޖާސް ބުނީ މާޗު މަހުގެ 14 ވަނަ ދުވަހު ވަޓްފޯޑާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކުރިއިރު، އޭގެ ހަފުތާއެއް ފަހުން އޭނާ އަށް ކޮވިޑް-19 ގެ އަސަރު ކުރި ކަމަށެވެ. އެގޮތުން ތިން ހަފުތާ އަށް އެއްވެސް ވަހެއް ނުދުވާ ކަމަށާއި، ކާ އެއްޗެހިން ރަހަ ވެސް ނުލާ ކަމަށް ރޮޖާސް ބުންޏެވެ. އަދި މުޅި ހަށިގަނޑުން ވަރު ދޫވެ، ވަރަށް ބޮޑަށް އަސަރު ކުރި ކަމަށް ރޮޖާސް ވަނީ ބުނެފައެވެ.

ރޮޖާސް އިތުރަށް ބުނީ އޭނާ ކޮވިޑް-19ށް ޕޮޒިޓިވް ވިއިރު، އޭނާގެ އަންހެނުން ވެސް ވައިރަހަށް ޕޮޒިޓިވްވި ކަމަށާއި، އަންހެނުންގެ ހާލުވެސް ގޯސްވި ކަމަށެވެ.

ރޮޖާސް އަށް ކޮވިޑް-19 ޖެހުނު ނަމަވެސް، ލެސްޓާގެ އިތުރު ކުޅުންތެރިއަކު ވައިރަހަށް ޕޮޒިޓިވް ނުވާ ކަމަށް ރޮޖާސް ވަނީ ބުނެފައެވެ.

މާޗު މަހުގެ އަށްވަނަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގު ކެންސަލް ކުރިއިރު، ޖޫން މަހުގެ 17 ވަނަ ދުވަހު ޕްރިމިއާ ލީގު އަލުން ފަށަން މިހާރު ވަނީ ތާވަލުކޮށްފައެވެ. އެގޮތުން 17 ވާ ބުދަ ދުވަހު ދެ މެޗެއް ކުޅުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ. އެއީ މެންޗެސްޓާ ސިޓީ އާއި އާސެނަލް ބައްދަލުކުރާ މެޗާއި އެސްޓަން ވިލާ އާއި ޝެފީލްޑް ޔުނައިޓެޑް ބައްދަލުކުރާ މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް