ކ. މާލެ
|
29 މެއި 2020 | ހުކުރު 18:58
ހުޅަނގު މޫސުމުގެ ވިއްސާރަ ދައްކުވައިދޭ ފޮޓޯއެއް
ހުޅަނގު މޫސުމުގެ ވިއްސާރަ ދައްކުވައިދޭ ފޮޓޯއެއް
ރާއްޖެއެމްވީ
އޮރެންޖް އެލާރޓް ނެރުން
ހއ. އަތޮޅުން ށ. އަތޮޅަށް އޮރެންޖް އެލާރޓް ނެރެފި
 
އޮރެންޖް އެލާރޓް ނެރެފައިވަނީ 6:30ން ރޭގަނޑު 8:00ށް

މޫސުން ގޯސްވުމުގެ ސަބަބުން ހއ. އަތޮޅުން ފެށިގެން ށ. އަތޮޅަށް އޮރެންޖް އެލާރޓް ނެރެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސް އިން މި ސަރައްހަދުތަކަށް އޮރެންޖް އެލާރޓް ނެރެފައިވަނީ ހުކުރު ދުވަހު އިރުއޮއްސި 6:30ން ރޭގަނޑު 8:00ށެވެ.

މެޓް އޮފީހުން ބުނީ އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހިދާނެ ކަމަށާއި ގުގުރުން އަދި ފެންބޮޑުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ހުކުރު ދުވަހު މެންދުރުވެސް މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ޅ. އަތޮޅަށް އަދި މ. އަތޮޅުން ލ. އަތޮޅަށް ވައިޓް އެލަރޓް ނެރެފައެވެ.

މިމަހުގެ 15 ވަނަ ދުވަހުވެސް މޫސުން ގޯސްވުމާއި ގުޅިގެން ބ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ވަނީ އޮރެންޖެ އެލާރޓް ނެރެފައެވެ. މިއީ ޤައުމީ މޫސުމާއިބެެހޭ އިދާރާއިން އޮރެންޖް އެލާޓް ނެރުނު ދެ ވަނަ ފަހަރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް