ކ. މާލެ
|
29 މެއި 2020 | ހުކުރު 15:02
ހުޅުނަގު މޫސުމުގެ ވިއްސާރަ، ފެރީގެެ ހިދުމަތް ދެނީ
ހުޅުނަގު މޫސުމުގެ ވިއްސާރަ، ފެރީގެެ ހިދުމަތް ދެނީ
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ހއ. އަތޮޅުން ޅ. އަތޮޅަށް އަދި މ. އަތޮޅުން ލ. އަތޮޅަށް ވައިޓް އެލަރޓް ނެރެފި
 
ވިލާ ގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ
 
މެންދުރު 13:45 ން ފެށިގެން ރޭގަނޑު 19:00 އާ ހަމައަށް އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ

ހއ. އަތޮޅުން ޅ. އަތޮޅަށް އަދި މ. އަތޮޅުން ލ. އަތޮޅަށް ވައިޓް އެލަރޓް ނެރެފި އެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ ހުކުރު ދުވަހުގެ މެންދުރު 13:45 ން ފެށިގެން ރޭގަނޑު 19:00 އާ ހަމައަށް އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

މީގެ އިތުރުން މެޓް އޮފީހުން ބުނީ ހުކުރު ދުވަހުގެ ހަވީރު 6:00 އާއި ހަމަޔަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.

މެދުތެރެއާއި އިތުރުގެ އަތޮޅުތަކަށް، ހުޅަނގާއި ހުޅަނގު އުތުރުންް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.

ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެ ކަމަށާއި، ރާޅުގެ އުސްމިން ހުންނާނެ ކަމަށް ބެލެވެނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ކަމަށް މެޓް އޮފީހުން ބުނެ އެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލު ވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް