ކ. މާލެ
|
29 މެއި 2020 | ހުކުރު 15:37
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަރު: ކޮވިޑް-19 އާ ގުޅިގެން ގިނަ ފިޔަވަޅުތަކެއް ގެންދަވަނީ އަޅުއްވަމުން
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަރު: ކޮވިޑް-19 އާ ގުޅިގެން ގިނަ ފިޔަވަޅުތަކެއް ގެންދަވަނީ އަޅުއްވަމުން
ހެލްތު މިނިސްޓްރީ
ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގުން
ކޮވިޑް-19: ރާއްޖޭގެ ހުރިހާ ރަށްތަކުގައި ވެސް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް އަންގައިފި
 
މާލެ ސަރަހައްދު މިދިއަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަނީ ލޮކްޑައުން ކޮށްފަ
 
އިރުޝާދުތަކާ އެއްގޮތަށް ހުރިހައި ވަގުތެއްގައިވެސް ޢަމަލުކުރުމާއި، ރަށުތެރޭގައި އުޅުމުގައިވެސް ގައިދުރުކަން ބެހެއްޓުން ހިމެނޭ
 
ޟަރޫރީ ބޭނުންތަކަށާއި ޞިއްޙީ ފަރުވާ ހޯދުމަށްޓަކައި މެނުވީ، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުން ހިމެނޭ

ހުކުރު ދުވަހުން ފެށިގެން، މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ ހުރިހާ ރަށްތަކަށް ވަަކި ގޮތެއް އަންގަންދެން ވަކި ގޮތްތަކަކަށް އަމަލު ކުރުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަރު އަންގަވައިފި އެވެ.

އެގޮތުން މައިމޫނާ އަބޫބަރު ނެރުއްވާފައިވާ އެންގުމެއްގައި މައިގަނޑު ހަތަރުކަމެއް ވަނީ ފާހަގަކޮށްފައި ވެއެވެ. އެއީ:

1. ޟަރޫރީ ބޭނުންތަކަށާއި ޞިއްޙީ ފަރުވާ ހޯދުމަށްޓަކައި މެނުވީ، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުން.

2. މި އެންގުމުގެ 1 ވަނަ ނަންބަރުގެ ދަށުން ފިޔަވަޅު އަޅާފައިވާ ޚާއްޞަ ހާލަތުގައި، ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޟަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް، ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވިލަރެސްކުރުން.

3. މޮނިޓަރިންގެ ހާލަތަށް ގެނެވޭ ރަށްތަކާއި މޮނިޓަރިންގެ ހާލަތު ނިމުމަކަށް ގެނެވިފައިވާތާ 14 (ސާދަ) ދުވަސްވެފައި ނުވާ ރަށްތައް ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި، ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކާއެކު، ޢާންމު ޚިދުމަތްތަކާ ގުޅޭ ކަންކަމާއި، އިޖުތިމާޢީ ހަރަކާތްތަކާއި އިޤްތިޞާދީ ހަރަކާތްތައް ކުރިޔަށް ގެންދިޔުމުގެ ހުއްދައާއި، ރަށުތެރޭގެ އެއް ތަނުން އަނެއް ތަނަށް ދިޔުމުގެ ހުއްދަ ދިނުން.

4. ބަލިން ރައްކާތެރިވުމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި ކަމާބެހޭ އެހެން އިދާރާތަކުން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ހުރިހައި ވަގުތެއްގައިވެސް ޢަމަލުކުރުމާއި، ރަށުތެރޭގައި އުޅުމުގައިވެސް ގައިދުރުކަން ބެހެއްޓުން.

މި ފިޔަވަޅުތައް ތަންފީޒުކޮށް، ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލު ކުރުމަށް އެންމެހައި އިދާރާތަަކަށާއި ފަރާތްތަކަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަންގަވާފައި ވެއެވެ. އަދި މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަން ޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރުމަށްވެސް އެންމެހައި ފަރާތްތަކަށް ވެސް އަންގާފައި ވެއެވެ.

ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރެވޭ ހާލަތަށް ބަލައި، މި ނިންމި ނިންމުމަށް ބަދަލު ގެނެވޭނެކަމުގައި ވެސް މިއެންގުމުގައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
19%
14%
3%
49%
11%
5%
ކޮމެންޓް
1 ޖޫން 2020 | ހޯމަ 19:00
ާއެދުރު ދޮންބެ
ކަމަނާއެވެ. ކަމަނާ ބުނާބަސް ނާހާ ދުވަމުންދާ އަންނި ހުއްޓުވޭތޯ ބަލާބަލާށެވެ.