ކ. މާލެ
|
29 މެއި 2020 | ހުކުރު 13:52
އިސްލާމީ މަރުކަޒު، ޚުތުބާ ޚާއްސަކޮށްފައިވަނީ ސަދަގާތްކުރުމުގެ މުހިންމު ކަމުގެ މައްޗަށް
އިސްލާމީ މަރުކަޒު، ޚުތުބާ ޚާއްސަކޮށްފައިވަނީ ސަދަގާތްކުރުމުގެ މުހިންމު ކަމުގެ މައްޗަށް
މޯލްޑިވްސް އިންޑިޕެންޑެންޓް
ހުކުރު ޚުތުބާ
ސަދަގާތް ކުރުމުގައި އިޚްލާސްތެރި ވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި
 
އެއީ ފާފަތަކުގެ ކައްފާރާއެއް
 
ސަދަގާތް ދިނުމަކީ ސިއްރާއި ފާޅުގައި ވެސް ކުރެވިދާނެ ކަމެއް
 
އިޚްލާސްތެރިކަން ނެތިކުރެވޭ ސަދަގާތަކީ، އަގެއް ނެތް ބާލިތް އަމަލެއް

އިޚްލާސްތެރިކަމަކީ ކޮންމެ ހެޔޮ އަމަލެއްގެ މައި ތަނބުކަން ފާހަަގަކޮށް، ޞަދަޤާތް ކުރުމުގައި އިޚްލާސްތެރި ވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި އެވެ.

'ޞަދަޤާތްކުރުމުގެ މުހިންމުކަން' މި މައުޟޫއަށް އިއްވި ހުކުރު ޚުތުބާގައި ބުނީ އިޚްލާސްތެރިކަން ނެތިކުރެވޭ ޞަދަޤާތަކީ، އަގެއް ނެތް ބާޠިލު ޢަމަލެއް ކަމަށެވެ.

ޤުދުސީ ޙަދީޘާއަކާ ޙަވާލާދީ ޚުތުބާގައި ބުނީ ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ނަރަކަޔަށް އެއްލާލެވޭ ތިން ބާވަތެއްގެ މީހުންގެ ތެރޭގައި، ރެޔާއި ދުވާލު އޭނާގެ މުދަލުން ޞަދަޤާތްކޮށް އުޅުނު މީހަކު ވާނެ ކަމަށެވެ.

އޭނާ އަށް، މާތް ﷲ، ދެއްވި ނިޢުމަތްތައް ހަނދުމަކޮށްދެއްވުމަށް ފަހު ވަޙީ ކުރައްވާނެތެވެ. ތިބާ އަށް ތިމަން ދެއްވި މުދަލުގެ ބޭނުން ތިބާ ހިފީ ކިހިނަކުން ހެއްޔެވެ؟" އޭނާ ދަންނަވާނެތެވެ. ތިމަންނާ އިބަ ﷲ ދެއްވި މުދަލުން، ރެޔާއި ދުވާލު، އިބަ ﷲ ރުއްސަވާ ހުރިހާ ކަމެއްގައި ހޭދަކުރީމެވެ. އެހިނދު ﷲ ވަޙީކުރައްވާނެތެވެ. "ތިބާ ތިޔަ ހެދީ ދޮގެވެ. އެހެނެއްކަމަކު ބޭނުންވީ މީސްތަކުން ތިބާއީ ނުހަނު ދީލަތި މީހެކޭ ބުނުވުމެވެ. "ކުރައްވާނެތެވެ. މީސްތަކުންގެ ތަޢުރީފުގެ ބަސް ތިބާ އަށް ވަނީ ލިބިފަ އެވެ. ދެން އޭނާ ނަރަކައަށް އެއްލާލުމަށް އުމުރު ކުރައްވާ ހުއްޓެވެ. ދެން ފަހެ ބޯކޮޅު ވަތަށް އޭނާ ނަރަކައަށް ވައްޓައިލެވޭ ހުއްޓެވެ.
ޚުތުބާ

ޚުތުބާގައި ބުނީ ޞަދަޤާތް ދިނުމަކީ ސިއްރާއި ފާޅުގައި ވެސް ކުރެވިދާނެ ކަމެއް ކަމަށެވެ. ނަމަވެސް މީގެ ތެރެއިން އެންމެ މޮޅު އިތުރު ގޮތަކީ، ސިއްރުން ޞަދަޤާތް ކުރުން ކަމަށް ޚުތުބާގައި ފާހަގަކޮށްފައި ވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ އިޚްލާސްތެރިކަމާ އެކު ޞަދަޤާތް ކުރާ މީހާ އަށް އެއީ ފާފަތަކުގެ ކައްފާރާއެއް ކަމަށެވެ. އަދި އޭނާގެ ފާފަތައް ފުއްސަވައި، ތަނަވަސްވެގެންވާ ސުވަރުގެއާ ހަމައަށް އޭނާ ގެންގޮސްދޭނޭ ފާލަމެއް ކަމަށެވެ.

ކަލަގޮވުމުގެ ނުބައި ކަމަށް އަލިއަޅުވާލައި ޚުތުބާގައި ބުނީ ޞަދަޤާތް ދިނުމަށް ފަހު، ކަލަގޮވައި، ޞަދަޤާތް ކުރެވުނު ފަރާތްތަކަށް، އެކަން ތަކުރާރުކޮށް ހަނދާންކޮށްދީ، އެބަޔަކަށް އުނދަގޫކޮށް އުޅުމަކީ، ތިމާ ކުރި ޞަދަޤާތެއްކަން ބާޠިލުވާނެ ކަމަށެވެ. އަދި ތިމާގެ ޢަމަލުގައި އިޚުލާސްތެރިކަމެއް ނެތްކަން އަންގައިދޭ ޢަލާމާތެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް