އަންގާރަ 07 ޖުލައި 2020
07 ފުނޯސް
1441 ޒުލްގައިދާ 16
ފަތިސް 04:41
އިރުއަރާ 05:59
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:23
އިޝާ 19:41
އެންސީއައިޓީ: އިދާރާތަކުގެ ސެކިއުރިޓީ ވަރުގަދަކުރު

ރަސްމީ އިދާރާތަކުގެ ސޯޝަލް މީޑިއާ އެކައުންޓްތައް އުފައްދަން، އިދާރާގެ ވަސީލަތްތައް ބޭނުންކުރަން އެދެފި

  • އިދާރާ މުވައްޒަފުގެ އަމިއްލަ އީމެލް އެޑްރެސް އަދި މޮބައިލް ނަމްބަރު ބޭނުން ނުކުރަން އެދިފައިވޭ
  • މީސް މީޑިއާ އެކައުންޓް ތަކަކީ 2 ފެކްޓަރ އޯތެންޓިކޭޝަން ބޭނުންކޮށްގެން ލޮގްއިން ކުރެވޭ އެކައުންޓްތަކަކަށް ހެދުން
  • މީސް މީޑިއާގައި މައުލޫމާތު ޝާޢިއު ކުރުމުގައި އަމަލުކުރާނެ އެސްއޯޕީއެއް އެކުލަވާލުން

ކ. މާލެ | 29 މެއި 2020 | ހުކުރު 13:34 | 3,243

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލް: ދައުލަތުގެ އިދާރާތަކުގެ ވެބް ސައިޓްތަކާއި ސޯސަލް މީޑިއާތަކުގެ ސެކި - ރައީސް އޮފީސް

ސަރުކާރުގެ މައުލޫމާތާއި ޚަބަރު ފޯރުކޮށްދިނުމަށް ބޭނުން ކުރަމުންދާ މީސް މީޑިއާ އެކައުންޓްތަކާއި ކޯޕަރޭޓް ޕޭޖްތައް އުފެއްދުމަށް، އެއިދާރާއެއްގެ ރަސްމީ އީމެއިލް އެޑްރެހާއި އޮފީހުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ މޮބައިލް ނަމްބަރު ބޭނުން ކުރުމަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލިޖީ (އެންސީއައިޓީ)ބުނެފި އެވެ.

އެންސީއައިޓީން ނެރެފައިވާ ސަރކިއުލަރއެއްގައި ބުނެފައިވަނީ، ސަރުކާރުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ބޭނުންކުރަމުންދާ މީސް މީޑިއާ އެކައުންޓްތަކާއި ގުޅޭ ސަރުކާރުގެ މައުލޫމާތާއި ޚަބަރު ފޯރުކޮށްދިނުމަށް ބޭނުންކުރަމުންދާ މީސް މީޑިއާ އެކައުންޓްތަކާއި ކޯޕަރޭޓް ޕޭޖްތައް ބޭނުންކޮށްގެން ރައްޔިތުންގެ ހިތްތަކުގައި ނުރަނގަޅު ތަސައްވުރެއް އުފެދޭގޮތަށް އިދާރާގެ ނަމުގައި ނުވަތަ ދޭހަވާގޮތަށް ހަޤީގަތާ ޚިލާފު ވާހަކަތައް ފެތުރުން ހުއްޓުވައި، އެ މުވައްސަސާއެއްގެ ފުރިހަމަ ކޮންޓްރޯލްގައި ރައްކާތެރިކަމާއެކު މިފަދަ އެކައުންޓްތައް ބެހެއްޓުމަށްޓުމަށް އެދިފަ އެވެ.

އެގޮތުން އެންސީއައިޓީން ވަނީ މިކަމުގައި އަމަލުކުރާނެ ގޮތްތަކެއް އާންމުކޮށްފަ އެވެ. އެއީ:

1. ކޯޕޮރޭޓް އެކައުންޓް ނުވަތަ ޕޭޖް އުފެއްދުމަށް މުވައްޒަފުންގެ އަމިއްލަ މީސް މީޑިއާ އެކައުންޓްތަކާއި އީމެއިލް އެޑްރެސް ބޭނުންކުރުމުގެ ބަދަލުގައި އެކަމަށް ހާއްސަކޮށް ހެދިފައިވާ އިދާރާއެއްގެ ރަސްމީ "gov.mv" އީމެއިލް އެޑްރެހަކާއި އޮފީހުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ މޮބައިލް ނަންބަރެއް ބޭނުންކުރުން.

2. މީސް މީޑިއާ ޕްލެޓްފޯމްތަކުގެ އެޑްމިނިސްޓްރޭޓިވް އެކައުންޓްތަކަކީ އެ އިދާރާއެއްގެ އިންފޮމޭޝަން ޓެކްނޯލޮޖީ ބަލަހައްޓާ ޑިޕާޓްމަންޓެއްގެ ބެލުމުގެ ދަށުގައި ހުންނަ އެކައުންޓްތަކެއްގެ ގޮތުގައި ހަމަޖައްސައި، ޕާސްވޯޑް ރިސެޓްކުރުމުގައި ބޭނުންކުރެވޭ ޕްރައިމަރީ އީމެއިލް އަދި މޯބައިލް ނަންބަރަކީ މި ސަރކިއުލާގެ 1 ވަނަ ނުކުތާގައިވާ އެކައުންޓްތައް ކަމުގައި ހެދުން.

3. މީސް މީޑިއާ އެކައުންޓް ތަކަކީ 2 ފެކްޓަރ އޯތެންޓިކޭޝަން ބޭނުންކޮށްގެން ލޮގްއިން ކުރެވޭ އެކައުންޓްތަކަކަށް ހެދުން.

4. ރަސްމީ މީސް މީޑިއާ ތަކުގެ ރޯލް ދެވިފައިވާ މުވައްޒަފުންގެ ގެ ރަޖިސްޓްރީ އެއް އެޗް.އާރު. ސެކްޝަންތަކުގައި ބަލަހައްޓައި، މިފަދަ މުވައްޒަފުން އިދާރާއިން ވަކިވެގެން ދާއިރު، އެ މުވައްޒަފަކަށް ދެވިފައިވާ ސޯޝަލް މީޑިއާ އެކްސްސެސް ރިވޯކް ކުރުން. މިގޮތުން މުވަޒަފުންގެ ފޯނުން އެކައުންޓްތައް ނެގުމާއި އަދި ޚާއްސަކޮށް އެޑްމިނިސްޓްރޭޓިވް ރައިޓްސް ދެވިފައިވާ މުވައްޒަފެއް ވަކިވާނަމަ އިތުރަށް ސަމާލުވުން.

5. މީސް މީޑިއާގައި މައުލޫމާތު ޝާޢިއު ކުރުމުގައި އަމަލުކުރާނެ ސްޓޭންޑަރޑް އޮޕަރޭޓިނގް ޕްރޮސީޖަރއެއް އެކުލަވާލުން. މިގޮތުން މައުލޫމާތު ލިޔާނެ ފަރާތަކާއި، ޗެކްކުރާނެ ފަރާތަކާއި ހުއްދަދޭނެ ފަރާތެއް ކަނޑައެޅުން. އަދި މިގޮތަށް ޝާއިއު ކުރެވޭ މައުލޫމާތުގެ ރެޖިސްޓްރީއެއް ބެލެހެއްޓުން.

6. މީސް މީޑިއާގައި އެ އިދާރާއެއްގެ ނަމުގައި އެހެން ޕޭޖްތަކާއި އެކައުންޓްތައް ހިންގާނަމަ، މިފަދަ ޕޭޖްތަކާއި އެކައުންޓްތައް ރިޕޯޓުކޮށް ބްލޮކް ކުރުމުގެ މަސައްކަތް ކުރުން.

7. އިދާރާގެ ރަސްމީ މީސް މީޑިއާ އެކައުންޓްތަކުގެ މައުލޫމާތު އެ އިދާރާއެއްގެ ރަސްމީ ވެބްސައިޓްގައި ހިމެނުން. މީގެ އިތުރުން މިފަދަ އެކައުންޓްތަކަކީ ވެރިފައިޑް އެކައުންޓް ތަކަށް ހެދުމަށް މަސައްކަތް ކުރުން.

ވީމާ ދައުލަތުގެ މީސް މީޑިއާ އެކައުންޓްތައް ބެލެހެއްޓުމުގައި މިކަމަށް ސަމާލުކަން ދެއްވުމަށް އެންސީއައިޓީން ވަނީ އެދިފަ އެވެ.

ދާދިފަހުން ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ވެބް ސައިޓާއި ޓޫރިޒމް މިނިސްޓްރީގެ ޓްވިޓަރ އެކައުންޓް ހެކްކޮށްފަ އެވެ. އަދި މި މައްސަލަތައް ބެލުމަށް ފުލުހުންގެ އިދާރާއަށް ހުށަހެޅިފައި ވެއެވެ.

ދޭތެރެ ދޭތެރެއިން ދައުލަތުގެ ބައެއްް އިދާރާތަކުގެ ވެބް ސައިޓް ނުވަތަ މީސް މީޑިއާ އެކައުންޓްތައް ހެކް ކުރަމުން ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.