ކ. މާލެ
|
29 މެއި 2020 | ހުކުރު 06:15
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް؛ މަގުމައްޗަށް ނުކުންނާނެ މީހުން މޮނިޓަރ ކުރަމުން ގެންދާނެ
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް؛ މަގުމައްޗަށް ނުކުންނާނެ މީހުން މޮނިޓަރ ކުރަމުން ގެންދާނެ
ޕޮލިސް
ގެއިން ނުކުތުމުގެ ހުއްދަ ދިނުން
އެއްގެއަކުން އެއްފަހަރާ 3 މީހުންނަށް ނުނުކުމެވޭނެ: ޑރ. ފައިރޫޝް
 
އާ އުސޫލުގެ ދަށުން މާލޭގެ ކޮންމެ ސަރަހައްދަކަށް ވެސް ދެވޭނެ
 
މާލެ ބަހާލާފައިވާ 26 ސަރަހައްދު ވަނީ އުވާލާފައި
 
އެއްފަހަރާ 1000 މީހުން ގެއިން ނުކުންނާނެ

ލޮކްޑައުންއަށް ލުއިތަކެއް ދީ ފޭސް އެކަކަށް ޢަމަލުކުރަން ފަށާއިރު އެއްވަގުތެއްގައި އެއްގެއްކުން 3 މީހުންނަށް ނުނުކުމެވޭނެކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. ޢަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ފައިރޫޝް ވިދާޅުވީ މިހާރު މަގުމަތީގައި އުޅޭނެކަމަށް އަންދާޒާކޮށް ހިސާބުތައް ހަދާފައިވާ ކަމަށެވެ. އަދި ކުރި ވިޔަފާރިތަކަށް ދިއުމަށް އެކަނި ވެސް ގަޑިއެއްގެ މައްޗަށް 624 މީހުން މާލޭގެ 26 ޞަރަޙައްދެއްގައި ޙަރަކާތްތެރިވާނެކަމަށް ބަލާފައިވާނެ ކަމަށާއި، ނަމަވެސް މި ގެނެވޭ ބަދަލުގެ ސަބަބުން މާލޭ ބަހާފައިވާ 26 ޞަރަޙައްދު އުވާލާ ކޮންމެ ހުއްދައަކީ ވެސް މާލޭގެ ކޮންމެ ތަނަކަށް ވެސް ދެވޭނެ އަދި ބޭނުންވާނެ ޚިދުމަތެއް ހޯދުމުގެ ފުރުޞަތު ހުޅުވާލެވިގެންދާނެ ކަމަށެވެ.

އެއާއި ގުޅިގެން އަޅުގަނޑުމެންގެ ވެޕް ޕޯޓަލް މެދުވެރިކޮށް ދެމުންދިޔަ މިސެލޭނިއަސް ކެޓަގަރީގެ ވަރަށް ގިނަ އެއްޗެހިތަކަށް އަންނާނެ ލިމިޓްތަކެއް. ބައެއް ފަރާތްތަކަށް އަޅުގަނޑުމެން ހުއްދަ އެބަދެން ވަކި ޒޯނެއްގައި ވަކި ކަހަލަ ފިހާރަތަކެއް ނެތީމަ ހަމައެކަނި އެ ފިހާރައަށް ދިއުމަށް ނުވަތަ އެ ފިހާރައިން ގަންނަން ޖެހޭ އެއްޗެއް ގަތުމަށް ނުވަތަ ބޭކަރީއަކަށް ދިއުމަށް. ނަމަވެސް މި އުސޫލު ގެނެވުނީމަ އަޅުގަނޑުމެން އެފަދަ ހުއްދަތަކެއް ނުދޭނަން،
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް

ޑރ. ފައިރޫޝް ވިދާޅުވީ މަގުމައްޗަށް ނުކުންނަ މީހުން އިތުރުވީ ކަމުގައިވީ ނަމަވެސް، އެހެން ގޮތްގޮތުން ކޮންމެވެސް ވަރެއްގެ ލުޔެއް އަންނާނެ ކަމަށެވެ. އަދި މި ހުރިހާ އެއްޗަކަށް "އެންޓިސިޕޭޓް" ކޮށްފައި މަގުމަތީގެ މަސައްކަތްތައް ތަރުތީބު ކުރައްވާނެ ކަމަށެވެ.

މިހާރު ހުރި އަންދާޒާތަކަށް ބަލާއިރު އެއްފަހަރާ މަގުމައްޗަށް 1000 އަށްވުރެ ގިނަ މީހުން ނުކުންނާނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ. އަދި އިތުރު ވިޔަފާރިތަކަށް ވެސް ހުއްދަ ދިނުމަށް ނިންމާފައިވާވުމުން ވިޔަފާރިތަކަށް ދީފައިވާ ހުއްދައިގެން ނުކުންނަ މީހުންގެ ޢަދަދުތައް ތިން ގުނައާ ކައިރި ކުރާނެ ކަމަށް ފައިރޫޝް ވިދާޅުވިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
25%
0%
38%
25%
13%
ކޮމެންޓް