ކ. މާލެ
|
28 މެއި 2020 | ބުރާސްފަތި 20:43
ހެއިޓީ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އީވްސް ޒޯން-ބާޓް: 90 ދުވަހަށް ފުޓްބޯޅައިގެ ހަރަކާތްތަކުން ވަނީ ސަސްޕެންޑް ކޮށްފައި
ހެއިޓީ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އީވްސް ޒޯން-ބާޓް: 90 ދުވަހަށް ފުޓްބޯޅައިގެ ހަރަކާތްތަކުން ވަނީ ސަސްޕެންޑް ކޮށްފައި
އޭޕީ
ޒޯން-ބާޓް ސަސްޕެންޑް ކުރުން
ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހެއިޓީ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ސަސްޕެންޑް ކޮށްފި
 
90 ދުވަހަށް ފުޓްބޯޅައިގެ ހަރަކާތްތަކުން ވަނީ ސަސްޕެންޑް ކޮށްފައި
 
އަންހެން ފުޓްބޯޅަ ޓީމުގެ ޒުވާން ކުޅުންތެރިންތަކަކަށް ޖިންސީ ގޯނާ ކޮށްފައއިވާ ކަމަށް ރިޕޯޓުތައް ބުނޭ

ހެއިޓީގެ އަންހެން ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އީވްސް ޒޯން-ބާޓް ސަސްޕެންޑް ކޮށްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ހެއިޓީ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވަނީ ގައުމީ ޓްރެއިނިންގ ސެންޓަރުގައި އަންހެން ފުޓްބޯޅަ ޓީމުގެ ޒުވާން ކުޅުންތެރިންތަކަކަށް ޖިންސީ ގޯނާ ކޮށްފައެވެ.

އެގޮތުން ބައެއް ޒުވާން ކުޅުންތެރިންނާއެކު ބަދުއަޚުލާގީ އަމަލު ހިންގުމަށް ޒޯން-ބާޓް މަސައްކަތް ކުރި ކަމަށާއި، އެ ކަމަށް ދެކޮޅު ހަދާ ކުޅުންތެރިންނަށް ގައުމީ ޓީމުން ފުރުސަތު ނުދޭނެ ކަމަށް އޭނާ އިންޒާރު ދިން ކަމަށް ވަނީ ރެޕޯޓުކޮށްފައެވެ. އެކަމަކު އެ ތުހުމަތުތަކަށް ޒޯން-ބާޓް ވަނީ ދެކޮޅު ހަދާފައެވެ.

ނަމަވެސް މި މައްސަލަ ފީފާ އިން ބަލަމުން އަންނައިރު، ފުޓްބޯޅައިގެ ހަރަކާތްތަކުން އޭނާ މިހާރު ވަނީ 90 ދުވަހަށް ސަސްޕެންޑް ކޮށްފައެވެ. އެ އިދާރާ އިން ބުނީ ޒޯން-ބާޓް 90 ދުވަހަށް ސަސްޕެންޑް ކުރިއިރު، މި މުއްދަތުގައި މި މައްސަލަ ބަލާނެ ކަމަށެވެ.

އުމުރުން 72 އަހަރުގެ ޒޯން-ބާޓް އަކީ ފާއިތުވެދިޔަ 20 އަހަރުވެސް ހެއިޓީގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އެވެ. ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުތައް އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ، ޖިނާޢީ ހުކުމެއް އައުމުގެ އިތުރުން ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން އުމުރު ދުވަހަށް ސަސްޕެންޑް ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް