ކ. މާލެ
|
27 މެއި 2020 | ބުދަ 03:22
ސަަލްމާން ޙާން އީދު ހަދިޔާގެ ގޮތުގައި ބަހާފައިވާ ތަަކެތި
ސަަލްމާން ޙާން އީދު ހަދިޔާގެ ގޮތުގައި ބަހާފައިވާ ތަަކެތި
ޓްވިޓަރ
ސަލްމާން ޙާން
ސަލްމާން ޙާން 5000 އާއިލާ އަކަށް އީދު ހަދިޔާ ބަހައިފި
 
ސަލްމާން ވަނީ އީދާ ގުޅިގެން ފޭނުނަށް ލަވައެއް ހަދިޔާކޮށްފަ
 
އީދް ހަދިޔާގެ ގޮތުގައި ބަހާފައި ވަނީ "ޝީރް ކޮރްމާ" ހެދުމަށް ބޭނުންވާ ތަކެތި

ބޮލީވުޑްގެ ސުޕަރ ސްޓާރ ސަލްމާން ޚާން ކޮވިޑް-19ގެ މި ދަނޑިވަޅުގައި އެހީތެރިކަން ބޭނުންވެފައިވާ 5000 އާއިލާއަކަށް އީދު ހަދިޔާ ބަހައިފި އެވެ.

އީދު ހަދިޔާގެ ގޮތުގައި ސަލްމާން ބަހާފައިވަނީ އިންޑިއާގައި ޙާއްސަ ހަފުލާތަކުގައި ތައްޔާރުކުރާ ފޮނި ކާއެއްޗެއް ކަމަަށްވާ "ޝީރް ކޮރްމާ" ހެދުމަށް ބޭނުންވާ ތަކެއްޗެވެ.

މީގެ ކުރިން ސަލްމާން ވަނީ ޓީވީ އަދި ފިލްމު އިންޑަސްޓްރީގައި ދުވަހު މުސާރައަށް މަސައްކަތް ކުރާ 25000 ފަރާތަކަށް ވެސް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މީގެ އިތުރުން ކޮންމެ އަހަރަކުވެސް ސަލްމާން އީދާ ދިމާކޮށް ފިލްމެއް ނެރެމުން ދިޔަ ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ލޮކްޑައުން ކުރުމުން މިއަހަރު އީދާ ދިމާކޮށް ނެރުމަށް ތައްޔާރުވަމުން ދިޔަ ފިލްމް "ރާދޭ: ޔުއަރ މޯސްޓް ވޯންޑެޓް ބާއީ" ވަނީ ރިލީޒްކުރުން ފަސްކުރެވިފައެވެ. ނަމަވެސް އޭނާ ވަނީ ފޭނުން މާޔޫސް ވިޔާ ނުދީ އޭނާގެ އަޑުން ކިޔާފައިވާ ލަވަ "ބާއީ ބާއީ" ފޭނުނަށް އީދު ހަދިޔާއެއްގެ ގޮތުގައި ރިލީޒްކޮށްފައެވެ.

ސަލްމާން އަކީ ބޮލީވުޑްގައި އެންމެ ފޭނުން ގިނަ އެއް ތަރިކަމުން އޭނާކުރާ ކޮންމެ ކަމަކީވެސް އެތައް ބަޔަކަށް ކަމުގޮސް ތައުރީފް ކުރަމުންދާ ކަންތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި