ހޮނިހިރު 11 ޖުލައި 2020
11 ފުނޯސް
1441 ޒުލްގައިދާ 20
ފަތިސް 04:42
އިރުއަރާ 05:59
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
ކޮވިޑް-19ށް ޕޮޒިޓިވްވުން

އިތުރު 43 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެ، ޖުމްލަ އަދަދު 1438ށް

  • ޖުމްލަ 1438 މީހަކު ވަނީ ޕޮޒިޓިވްވެފައި

ކ. މާލެ | 26 މެއި 2020 | އަންގާރަ 22:16 | 5,226

ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނީ - ހެލްތު ޕްރޮޓެކްޝަން އެޖެންސީ

އިތުރު 43 މީހަކު ކޮވިޑަ-19ށް ޕޮޒިޓިވްވެ، ޖުމްލަ އަދަދު 1438ށް އަރައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، ހޯމަ ދުވަހުގެ ރޭ 10:00ން ފެށިގެެން 00:00އާއި ހަމަޔަށް 17 މީހަކު ކޮވިޑްް-19ށް ޕޮޒިޓިވް ވެފައިވާކަމުގެ ރިޕޯޓު ލިބިފައިވާކަމަށާއި، އަދި 00:00 ފެށިގެން އަންގާރަ ދުވަހުގެ ރޭ 10:00އާއި ހަޔަމަޔަށް، މިހާތަނަށް 26 ޕޮޒިޓިވް ކޭސް ފެނިފައިވާކަމަށެވެ. އެއާއި އެކު ޖުމްލަ 43 ކޭސް ފެނިފަައިވާކަމަށް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ.

ކޭސްތަކާއި ގުޅޭ އިތުރު ތަފްސީލް ހިއްސާކުރަމުން މަބްރޫކް ވިދާޅުވީ، ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާއި ހަމަޔަށް 24 ކޭސް އަދި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު 17 ކޭސްއާއި އެކު ޖުމްލަ 41 ކޭސް ފެނިފައިވާކަމަށެވެ. ކޭސްތަކުގެ ތެރޭގައި ހިމެނެނީ 9 ދިވެއްސަކާއި، 32 ބިދޭސީއެއްކަމަށް މަބްރޫކް ވިދާޅުވި އެވެ.

އަދި އޭގެ ތެރެއިން 3 ދިވެއްސަކީ އެކި އެކި ކްލަސްޓަރ ތަކުން ކޮންޓެކްޓްސްގެ ގޮތުގައި ފާހަގަކުރެވިފައިވާ ފަރާތްތަކެއްކަމަށާއި އަދި އިތުރު 4 މީހަކު ޕޮޒިޓިވްވެފައިވަނީ އެކްޓިވް ސަރވައިލަންސްގައި ހުރި ތަންތަނުން ނެގުނު ސާމްޕަލްތަކުން ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ އެކި ހާލަތްތަކާއި ގުޅިގެން މޮނިޓަރިނގްއަށް ލެވިފައިވާ ތަންތަން ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ބާކީ 2 ދިވެހިންނަކީ އެއްވެސް ކޭސްއަކާއި ގުޅުން ނެތް މީހަކު ފާހަގަ ކުރެވިފައިވާކަމަށް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ. 32 ބިދޭސީން ފެނިފައިވާއިރު 30 ބިދޭސީންނަކީ ކޮންޓެއިންމަންޓް ސައިޓްތަކުން ފެނުނު ކޭސްތަކެއް ކަމަށާއި އަދި ޕޮޒިޓިވްވި މީހުންގެ ތެރެއިން އެއް ބިދޭސީއަކީ ތާޖުއްދީންއަށް އިތުރު ސިއްހީ ފަރުވާ ދިނުމަށް ގެންދެވިފައިވާ މީހެއްކަމަށެވެ. އަދި އެއް ބިދޭސީއަކު އެއްވެސް ޑައިރެކްޓް ކޮންޓެކްޓެއް ނެތި ޕޮޒިޓިވްވެފައިވާކަމަށް މަބްރޫކް ވިދާޅުވި އެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ. ހޯމަ ދުވަހު ޕޮޒިޓިވްވި 41 ކޭސްގެ ތެރެއިން އުމުރުން ދުވަސްވީ އެކަކު ފާހަގަ ކުރެވިފައިވާކަމަށެވެ. އެއީ 65 އަހަރުގެ އަންހެނެއްކަމަށެވެ.

ޓެގް ޓީމުން ރާއްޖެ އިން ކޭސް ފެންނަން އެކަށީގެންވާ އަދަދެއްގެ ގޮތުގައި ނުވަތަ ބޭސް ލައިނެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ދުވާލެއްގެ 30-50 ދެމެދުގެ އަދަދެކެވެ. އަދި މިއީ މާލޭގެ އާބާދީގެ ނިސްބަތުން ދަށް އަދަދެއް ކަމަށް ސިއްހީ މާހިރުން ވަނީ ހާމަކޮށްފަ އެވެ.

ކޭސްތަކުގެ އަދަދު އިތުރުވާނަމަ މިހާރު ދޭން ނިންމާފައިވާ ލުއިތައް މާލޭ ސަރަހައްދުން ފެނުމަކީ ނާދިރު ކަމެކެވެ. ކޮވިޑް-19 ފެތުރުނަ ނުދިނުމުގެ ގޮތުން އެޅި ފިޔަވަޅުތަކަށް ލުއެއް ދޭނީ މާލޭގައި ބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ކަނޑައެޅުމުން ކަމަށް ސަރުކާރުން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.