ހޮނިހިރު 11 ޖުލައި 2020
11 ފުނޯސް
1441 ޒުލްގައިދާ 20
ފަތިސް 04:42
އިރުއަރާ 05:59
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
އެމްއެމްޕީއާރުސީ މައްސަލަ

އެމްއެމްޕީއާރުސީ މައްސަލަ މިހާރު ގޮސްފައިވާ ހިސާބު 4 އިދާރާއަކުން ސާފުކުރުމަށް ކޮމިޓީން ނިންމައިފި

  • މިމައްސަލަތައް ގޮސްފައިވާ ހިސާބު ޕްރޮސެކިޔުޓަރ ޖެނެރަލާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުންގެ އިދާރާ އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ސާފުކުރުމަށް ނިންމާފައިވޭ
  • އެމްއެމްޕީއާރުސީގެ މައްސަލައިގެ ތަހުގީގު ފުލުހުންނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން، އެސެޓް ރިކަވަރީ ކޮމިޝަން އަދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް ގުޅިގެން އަންނަނީ ކުރަމުން

ކ. މާލެ | 26 މެއި 2020 | އަންގާރަ 21:22 | 3,490

މާލިއްޔަތު ކޮމިޓީން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން - ރައްޔިތުންގެ މަޖިލިސް

މާލިއްޔަތު ކޮމިޓީން ބަލަމުންދާ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ އޮޑިޓް ރިޕޯޓާއި ގުޅިގެން ކަމާގުޅުން ހުރި 4 އިދާރާއަކުން މި މައްސަލަތައް ބެލުމުގައި މިހާރު ގޮސްފައިވާ ހިސާބު ބެލުމަށް އެ ކޮމިޓީން ފާސްކޮށްފި އެވެ.

މާލިއްޔަތު ކޮމިޓީން އަންގާރަ ދުވަހު ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި ފާސްކޮށްފައި ވަނީ މި މައްސަލަތައް ގޮސްފައިވާ ހިސާބު ޕްރޮސެކިއުޓަރ ޖެނެރަލާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި، ފުލުހުންގެ އިދާރާ އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ސާފުކުރުމަށް ފަހު ކޮމިޓީގެ ރިޕޯޓު ނިންމުމަށެވެ. މިގޮތަށް ފާސްކޮށްފައި ވަނީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި 9 މެންބަރުންގެ އިއްތިފާޤުންނެވެ.

މިކަމާއި ގުޅޭގޮތުން މެންބަރުން ވާހަކަ ދައްކަވަމުން ވިދާޅުވީ މި މައްސަލައަކީ މާލިއްޔަތު ކޮމިޓީން ކުރީއްސުރެ ބަލަމުންދާ މައްސަލައެއް ކަމަށާއި، މިކަން ބެލުން މަޑުޖެހިފައި ވަނީ ކޮމިޓީން ކުރިޔަށް ގެންދިޔަ އެހެން މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ. އެހެންކަމުން ކޮމިޓީން އަލުން މި މަސައްކަތް ފަށައިގަންނައިރު މިހާރު ކަމާގުޅުން ހުރި ދާއިރާތަކުން މި މައްސަލަތައް ބެލުމުގައި ގޮސްފައިވާ ހިސާބު ސާފުކުރަން ޖެހޭ ކަމަށް މެންބަރުން ވިދާޅުވި އެވެ. އަދި މިހާރުވެސް މި މައްސަލައާއި ގުޅުންހުރި އެކި ކަންކަން ކަމާގުޅޭ އިދާރާތަކުން ތަޙުޤީޤު ކުރަމުންދާ ކަމަށް މެންބަރުން ވިދާޅުވި އެވެ.

އެހެންކަމުން ކޮމިޓީން މި މައްސަލަ ކުރިޔަށް ގެންދިޔުމުގެ ކުރިން ކަމާގުޅުން ހުރި އިދާރާތަކުގެ މަސައްކަތްތައް ގޮސްފައިވާ ހިސާބު ހޯދުމަށްޓަކައި އެއިދާރާތަކަށް ލިޔުން ފޮނުވާނެ ކަމަށް ކޮމިޓީގެ މުޤައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ 3.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލަ ފުލުހުންނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން، އެސެޓް ރިކަވަރީ ކޮމިޝަން އަދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް ގުޅިގެން އަންނަނީ ޖޮއިންޓް ތަޙުޤީޤެއް ހިންގަމުންނެވެ.

ފުލުހުންނާއި އެންޓިކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރަކާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 42 މެންބަރަކު ޚިޔާނާތުގެ ފައިސާގައި ޖެހުނު ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. ނަމަވެސް އެއީ ކޮން މެންބަރުންނެއް ކަމެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.