އާދީއްތަ 12 ޖުލައި 2020
12 ފުނޯސް
1441 ޒުލްގައިދާ 21
ފަތިސް 04:42
އިރުއަރާ 06:00
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
ޓެލެ ކޮންސަލްޓޭޝަންގެ ޚިދުމަތް ފެށުން

އާސަންދައާއި އަމްރީތާ ހޮސްޕިޓަލް ގުޅިގެން ދުރުތާ ފަރުވާގެ ޚިދުމަތް ފަށައިފި

  • ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޑޮކްޓަރުންގެ ލަފާ ހޯދޭނެ
  • އެހެން ހޮސްޕިޓަލްތަކާއި ގުޅިގެން ކުރިއަށް އޮތް ތަނުގައި އެމަސައްކަތް ކުރެވޭނެ

ކ. މާލެ | 26 މެއި 2020 | އަންގާރަ 20:31 | 4,839

އަމްރިތާ ހޮސްޕިޓަލް: ގިނަ ކަންކަމަށް ޕޭޝަންޓުން ރިފަރކުރާ ހޮސްޕިޓަލެއް - ވިކިޕީޑިއާ

އާސަންދަ އާއި ހުޅުމާލެ ހޮސްޕިޓަލާއި އިންޑިއާގެ އަމްރީތާ ހޮސްޕިޓަލް ގުޅިގެން ދުރުތާ ފަރުވާ (ޓެލެ ކޮންސަލްޓޭޝަން) ގެ ޚިދުމަތް ފަށައިފި އެވެ.

އާސަންދައިން ބުނީ މި ޚިދުމަތް ފެށުމުގެ މަޤްޞަދަކީ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވަން ޖެހޭ ބަލިމީހުން ކޮވިޑް-19ގެ މިހާލަތުގެ ގޮތުން ރާއްޖެއިން ނުފޮނުވޭތީ، އެ ފަރާތްތަކުގެ ބައްޔާ ގުޅުން ހުރި ބޭރުގެ ޚާއްޞަ ޑޮކްޓަރުންގެ ލަފާ ވީޑިޔޯ މެދުވެރިކޮށް ހޯދައި އެ ލަފާގެ މަތިން ފަރުވާ ކުރިއަށް ގެންދިއުމެވެ.

ބޭރުގެ ޚާއްޞަ ޑޮކްޓަރުންގެ ލަފާ ވީޑިޔޯ މެދުވެރިކޮށް ހޯދައި އެ ލަފާގެ މަތިން ފަރުވާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގޮސް، ހޮސްޕިޓަލުގައި އެ ކަމަށް ޤާއިމުކުރެވިފައިވާ ޚާއްޞަ ނިޒާމު މެދުވެރިކޮށެވެ.

އާސަންދައިން ބުނީ ހުޅުމާލެ ހޮސްޕިޓަލުގައި މި ޚިދުމަތް ހަފުތާގެ ފަސް ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން، ކުޑަކުދިންގެ ޚާއްޞަ ބަލިތައް، ހިތުގެ ފަރުވާ، ޓިއުމަރު ފަރުވާ (އޮންކޮލޮޖީ)، ބޮލާއި ކަރުގެ ސާޖަރީ، ކުޑަކަމުދާ ނިޒާމުގެ ބަލިތައް، ފަދަ، ރާއްޖެއިން ބޭރަށް ފަރުވާ ހޯދަން ދާން އާސަންދައިން ހުއްދަކޮށްފައިވާ، އެހެންނަމަވެސް މި ޙާލަތުގައި ދަތުރުފަތުރުގެ ކަންކަން ހުރި ގޮތުން ފޮނުވެން ނެތް ބަލި މީހުންގެ ބަލިތަކާ ގުޅުން ހުރި ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތް ދުރުތާ ބެލުން މެދުވެރިކޮށް އާސަންދަ ސްކީމްގެ ޚަރަދުގައި ހުޅުމާލެ ހޮސްޕިޓަލުން ފޯރުވައި ދެވޭނެ ކަމަށް އާސަންދައިން ބުންޏެވެ.

ކުރިއަށް އޮތް ތަނުގައި މި ޚިދުމަތް އިތުރަށް ފުޅާކޮށް، އާސަންދައާއެކު ޖާމިނުވެފައިވާ އެހެން ހޮސްޕިޓަލުތަކާ ވެސް ގުޅިގެން ދުރުތާ ފަރުވާގެ ޚިދުމަތް ކުރިއަށް ގެންދަން އެ ކުންފުނިން ނިންމާފައިވާއިރު އަތޮޅުތަކުގައި ޞިއްޙީ ޚިދުމަތް ދޭ މަރުކަޒުތަކުގައި ވެސް މި ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް އާސަންދައިން ކުރަން ނިންމާފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.