ކ. މާލެ
|
26 މެއި 2020 | އަންގާރަ 20:33
އިސްރާއީލުން ޤުދުސްގައި ތަރައްޤީ ކުރި ހައުސިންގ ޔުނިޓުތަކެއް: ޤުދުސް ތަރައްޤީ ކުރަނީ އެމެރިކާގެ އެހީއާއެކު
އިސްރާއީލުން ޤުދުސްގައި ތަރައްޤީ ކުރި ހައުސިންގ ޔުނިޓުތަކެއް: ޤުދުސް ތަރައްޤީ ކުރަނީ އެމެރިކާގެ އެހީއާއެކު
ޒިންހުއާ
ޤުދުސްގައި ޔަހޫދީން ވަޒަންވެރި ކުރުން
ޤުދުސްގައި ޔަހޫދީން ވަޒަންވެރި ކުރަން އިސްރާއީލުން ނިންމި ނިންމުން ފަލަޞްޠީނުން ކުށްވެރި ކޮށްފި
 
ފަލަޞްޠީނުން ދެކެނީ އިރުމަތީ ޤުދުސް އަކީ ފަލަޞްޠީނުގެ ވެރިރަށުގެ ގޮތުގައި
 
އިރުމަތީ ޤުދުސް ޕްލޭނަށް 57 މިލިއަން ޑޮލަރު ޚަރަދު ކުރަން އިސްރާއީލުން ވަނީ ނިންމާފައި
 
އިސްރާއީލުން ނިންމީ އިރުމަތީ ޤުދުސް ފަތުުރުވެރި މަންޒިލެއްގެ ގޮތުގައި ތަރައްޤީ ކުރަން

ޤުދުސްގައި ޔަހޫދީން ވަޒަންވެރި ކުރަން އިސްރާއީލު ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫޢު އިތުރަށް ފުޅާ ކުރުމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ނިންމެވި ނިންމެވުން ފަލަޞްޠީނުން ކުށްވެރިކޮށްފި އެވެ.

އިސްރާއީލުގެ ނިންމުން ކުށްވެރިކޮށް ފަލަޞްޠީނުގެ ޚާރިއްޖިއްޔާއިން ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ޤުދުސްގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް އިތުރު 57 މިލިއަން އެމެރިކާ ޑޮލަރުގެ ޕްލޭނެއް އިސްރާއީލުން އިޢުލާނު ކުރުމަކީ، ކަނޑައެޅިގެން ހިންގާ ނުބައި ޢަމަލެއް ކަމަށެވެ.

އިސްރާއީލުން ޔަހޫދީން ވަޒަންވެރި ކުރުވުމަށް ކުރިޔަށް ގެންދާ ޕްލޭން ކާމިޔާބު ނުވާނެ ކަމަށާއި، ޤުދުސްގެ އާޘާރީ ދިރުންތައް ދުއްވާލަން އިސްރާއީލުން ކުރަމުންދާ މަސައްކަތްތައް ވެސް ފެއިލްވާނެ ކަމަށް ބަޔާނުގައި ވެއެވެ. ބަޔާނުގައި އިސްރާއީލުގެ މި ޢަމަލު ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، ފަލަޞްޠީނުން އެކަމާއި ދެކޮޅަށް ތެދުވާނެކަމަށް ބުނެފައި ވެއެވެ.

ހޯމަ ދުވަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރޭޑިއޯގެ ޒަރީއާއިން ދެއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ސަރުކާރުގެ ޕްލޭނަކީ ޤުދުސް ފަތުުރުވެރި މަންޒިލެއްގެ ގޮތުގައި ތަރައްޤީކުރަން ކަމަށެވެ.

އިރުމަތީ ޤުދުސްއަކީ 1967 ވަނަ އަހަރު އިސްރާއީލުން ހިޞާރުކޮށްފައިވާ ޞަރަޙައްދެކެވެ. ފަލަޞްޠީނުން ބޭނުންވަނީ ޤުުދުސް އެޤައުމުގެ ވެރިކަން ކުރާ ރަށަކަށް ހެދުމަށެވެ. އަދި ޒަމާނުއްސުރެ ފަލަޞްޠީނުން ދަނީ އެކަމަށް ވަކާލާތު ކުރަމުންނެވެ. އެހެންނަމަވެސް އެކަމަށް ބީރު ކަންފަތެއް ދީ އެމެރިކާގެ މަދަދާއެކު އިސްރާއީލުން ދަނީ ޤުދުސް ތަރައްްޤީ ކުރަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް