ކ. މާލެ
|
26 މެއި 2020 | އަންގާރަ 18:50
ހުޅުމާލޭގެ މަގުމަތީގައި މަޑުކޮށްގެން ތިބި ބަޔަކާއި ފުލުހުން ސުވާލުކުރަނީ؛ ލޮކްޑައުންއާއި ގުޅިގެން ރިސޯޓްތަކުގެ ގިނަ މުވައްޒަފުންތަކެއް ވަނީ މާލެ ސަރަހައްދުގައި ތާށިވެފައި
ހުޅުމާލޭގެ މަގުމަތީގައި މަޑުކޮށްގެން ތިބި ބަޔަކާއި ފުލުހުން ސުވާލުކުރަނީ؛ ލޮކްޑައުންއާއި ގުޅިގެން ރިސޯޓްތަކުގެ ގިނަ މުވައްޒަފުންތަކެއް ވަނީ މާލެ ސަރަހައްދުގައި ތާށިވެފައި
ރާއްޖެއެމްވީ
ރިސޯޓް މުވައްޒަފުން ކަރަންޓީން ކުރުން
މާލެ ސަރަހައްދުގައި ތާށިވި ރިސޯޓުތަކުގެ 467 މުވައްޒަފުން ކަރަންޓީނު ފެސިލިޓީތަކަށް ފޮނުވައިފި
 
މިހާތަނަށް ކަރަންޓީނު ފެސިލިޓީތަކަށް ނުގެންދެވި ވަނީ 35 މުވައްޒަފެއް
 
"ވެރިފައި ޕްރޮސެސް" އަށްފަހު 80 ފަރާތެއް އުނިކުރެވިފައިވޭ
 
ރަޖިސްޓްރީވުމަށް ހުޅުވާލުމުން ޖުމްލަ 582 ފަރާތަކުން ނަން ނޯޓު ކޮށްފައިވޭ

ކޮވިޑް-19 އާ ގުޅިގެން، ރިސޯޓުތަކުގައި ވަޒީފާ އަދާކުރަމުން އަންނަ މުވައްޒަފުންގެ ތެރެއިން، އެ މުވައްޒަފުންގެ އަމިއްލަ ރަށަށް ދިއުމަށްޓަކައި މާލެ އައިސް، މާލޭ ލޮކްޑައުންގައި ތާށިވެފައި ތިބި މުވައްޒަފުން ކަރަންޓީނު ފެސިލިޓީތަކަށް ފޮނުވަން މިމިނިސްޓްރީން ފަށާފައިވާ މަސައްކަތުގައި މިހާތަނަށް 467 މުވައްޒަފުން ކަރަންޓީނު ފެސިލިޓީތަކަށް ފޮނުވައިފި އެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ ރަށަށް ނުދެވި މާލޭގައި ތާށިވީ ރިސޯޓު މުވައްޒަފުން އެ މިނިސްޓްރީގައި ރަޖިސްޓްރީވުމަށް ހުޅުވާލުމުން ޖުމުލަ 582 ފަރާތަކުން ނަން ނޯޓު ކޮށްފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކަކީ ރިސޯޓުތަކުގެ މުވައްޒަފުންކަން ކަށަވަރު ކުރުމަށް ކުރި މަސައްކަތަށް ފަހު އޭގެ ތެރެއިން 80 ފަރާތެއް އުނިކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި ޞައްޙަ ލިސްޓުގައި ހިމެނޭ 502 މުވައްޒަފުންގެ ތެރެއިން މިހާތަނަށް ކަރަންޓީނު ފެސިލިޓީތަކަށް ނުގެންދެވި ވަނީ 35 މުވައްޒަފެއް ކަމަށާއި، އޭގެތެރެއިން 26 މުވައްޒަފުންނާ އެއްވެސް ގޮތަކަށް ގުޅޭގޮތް ނުވުމުގެ ސަބަބުން، އެ މުވައްޒަފުން ކަރަންޓީނު ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް ހުއްޓުވުމަކަށް އައިސްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.

ނަމަވެސް މިނިސްޓްރީން ދަނީ އެ 26 މުވައްޒަފުންނާ ވެސް ގުޅުމުގެ މަސައްކަތް ކުރަމުންކަމުން ކަމަށް މިނިސްޓްރީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް