ކ. މާލެ
|
26 މެއި 2020 | އަންގާރަ 02:53
އާރްއާރް ޓީމަކުން ކޮވިޑަށް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަނީ: ރަނގަޅުވާ މީހުންގެ އަދަދުތައް ވަނީ އިތުރުވެފައި
އާރްއާރް ޓީމަކުން ކޮވިޑަށް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަނީ: ރަނގަޅުވާ މީހުންގެ އަދަދުތައް ވަނީ އިތުރުވެފައި
ރާއްޖެއެމްވީ
ބަލިން ފަސޭހަވުން
އިތުރު މީހަކު ކޮވިޑް-19 އިން ރިކަވަރ ވެއްޖެ، ޖުމްލަ އަދަދު 155ށް
 
ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1395ށް އަރާފަ
 
ބަލިން ފަސޭހަވާ މީހުންގެ އަދަދުތައް ފާއިތުވި ދުވަސްތަކުގެ ތެރޭގައި ވަނީ އިތުރުވެފައި
 
ބަލިން ފަސޭހަވެފައިވާ މީހުންގެ ޖުމްލަ އަދަދަކީ 155

ކޮވިޑް-19 ރާއްޖެއިން ޖެހުނު މީހުންގެ ތެރެއިން، ބަލިން ފަސޭހަވި މީހުންގެ އަދަދު 155ށް އަރައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުން ދައްކާ ގޮތުން އިތުރު މީހަކު ބަލިން ފަސޭހަވެ ޖުމްލަ އަދަދު ވަނީ 155ށް އަރާފަ އެވެ. ނަމަވެސް އެ މީހާގެ އިތުރު މައުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެ އެވެ.

ހޯމަ ދުވަހުގެރޭ އެންއީއޯސީން ވަނީ 10 މީހަކު ބަލިން ފަސޭހަވެފައިވާކަމަށް އިއުލާންކޮށްފަ އެވެ. ފާއިތުވެގެން ދިޔަ ދުވަސްތަކުގައި ބަލިން ފަސޭހަވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ އިރު، ބަލިން ރަނގަޅުވާ މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ. ބަލިން ރަނގަޅުވާ މިންވަރު 11 އިންސައްތަ އަށް ވުރެ އިތުރު ވެފައިވާއިރު، 100ށް ވުރެ ގިނަ ދިވެހިން ބަލިން ރަނގަޅުވެފައިވާކަމަށް މައުލޫމާތު ލިބެ އެވެ.

ރާއްޖޭގައި މީހުން ރިކަވަރވާން ނަގާ ދުވަސްތައް ހީކުރި ވަރަށްވުރެ، އިތުރު ކަމަށް އެޗްޕީއޭ އިން ވަނީ މީގެކުރިން ހާމަކޮށްފަ އެވެ. އަދި މިއީ ކީއްވެގެންކަން ދެނެގަންނަން މަސައްކަތްކުރާއިރު، ރާއްޖެއިން މިހާތަނަށް ރިކަވަރވެފައިވާ ފަރާތްތައް ބަލިން ފަސޭހަވެފައިވަނީ އެވަރެޖްކޮށް 17 ދުވަހުގެ ތެރޭގައި އެވެ. މިހާރު ރިކަވަރނުވެ ހުރި ކޭސްތަކުގެ ތެރޭގައި ގިނައީ މާލެ ސިޓީން ކޮމިއުނިޓީ ޓްރާންސްމިޝަން ދެނެގަނެވުނު ފަހުން ފެންމަތިވެފައިވާ ކޭސްތަކެވެ.

ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1395ށް އަރާފަ އެވެ. އޭގެ ތެރެއިން 1235 މީހުންނަށް މިހާރުވެސް ފަރުވާދެމުންދާއިރު، 4 މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް