ކ. މާލެ
|
26 މެއި 2020 | އަންގާރަ 02:15
ރައްޔިތުންގެ މަޖިލިސް - ޖަލްސާތައް ބޭއްވުން މެދުކަނޑާލީ މާޗު މަހުގެ 18 ގައި
ރައްޔިތުންގެ މަޖިލިސް - ޖަލްސާތައް ބޭއްވުން މެދުކަނޑާލީ މާޗު މަހުގެ 18 ގައި
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ފެށުން
މަޖިލީހުގެ ޖަލްސާ އަށް ވަޑައިގަތުމަަށް މެމްބަރުންނަށް ފުލުހުން ހުއްދަ ދޫކުރަން ފަށައިފި
 
މެމްބަރުންނަށް ބޭނުންވާ ހުއްދަތައް ފުލުހުން ދޫކުރާނެ ކަމަށް އެސްޖީ ވިދާޅުވި: މެމްބަރެއް
 
ހުއްދައަށް އެދުނީ ފުލުހުން އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް
 
ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި އަންގާރަ ދުވަހު ޖަލްސާއެއް އޮންނާނެ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ވަޑައިގަންނަވަން މެމްބަރުންނަށް ބޭނުންވާ ހުއްދަތައް ދޫކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މެމްބަރުންނަށް ހުއްދަތައް ދޫކުރަން ފަށާފައިވަނީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށެވެ.

މި ހުއްދަތައް ދޫކުރަން ފަށާފައިވަނީ، އަންގާރަ ދުވަހު މަޖިލިސް ކުރާ ގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގެ ގާނޫނީ ސައްހަކަމާއި ގުޅިގެން މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދި، ހޫނު ބަހުސެއް ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ.

ފުލުހުންގެ ހުއްދަތައް ދޫކުރަން ފަށާފައިވޭތޯ އޮޅުންފިލުވުމަށް ރާއްޖެއެމްވީ އިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. ނަމަވެސް، ބައެއް މެމްބަރުން ވަނީ ފާސް ލިބިފައިވާކަން ކަށަވަރު ކޮށްދީފަ އެވެ. އެ މެމްބަރުން ވިދާޅުވީ، ފާހަށް އެދުނީ އެކަމަށް ހާއްސަކޮށް ފުލުހުން ތައްޔާރުކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

ފާސް ލިބުނުކަން ކަށަވަރުކުރުމަށް ގުޅާލުމުން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވީ، ފާހަށް އެދުމުން ފުލުހުން ފާސް ދޫކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން މެދުވެރިކޮށް ފާހަށް އެދެވޭނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ވިދާޅުވި ކަމަށް ސަނީފް ވިދާޅުވި އެވެ.

އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 40 ވަނަ ޖަލްސާ އެވެ. މި އަހަރުގެ ފުރަތަމަ ދައުރު ދައްމާލާ، ޗުއްޓީ އެއް ނެތި ދެވަނަ ދައުރު ފެށުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

މަޖިލީހުގެ މި ދައުރު ނިމެނީ މި ހިނގާ މެއި މަހުގެ 31 ގައެވެ.

މަޖިލިސް ކުރާ ގޭގައި ޖަލްސާތައް ބޭއްވުން ހުއްޓާލާފައިވަނީ، 18 މާޗު ގައެވެ. ޖަލްސާތައް މެދުކަނޑާލަައްވަމުން ވެސް ރައީސް ނަޝީދު ވަނީ ޖަލްސާއެއް ބޭއްވުމަށް ގޮވާލާނެ ދުވަހަކަށް ތައްޔާރުވެ ތިއްބެވުމަށް މަޖިލީހުގެ މެމްބަރުންނަށް އަންގަވާފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަލުން ފެށުމަށް ނިންމާފައިވަނީ ނިއު ނޯމަލް އުސޫލުތަކުގެ ތެރެއިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
20%
0%
80%
0%
0%
ކޮމެންޓް
ގުޅުންހުރި
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި