ކ. މާލެ
|
26 މެއި 2020 | އަންގާރަ 01:52
އެސްޓީއޯ ކޮންސްޓްރަކްޝަންސް ސާމާނު ވިއްކާ ފިހާރަ: 9 މީހަކު ޕޮޒިޓިވްވި
އެސްޓީއޯ ކޮންސްޓްރަކްޝަންސް ސާމާނު ވިއްކާ ފިހާރަ: 9 މީހަކު ޕޮޒިޓިވްވި
ރާއްޖެއެމްވީ
އެސްޓީއޯގެ މަސައްކަތްތައް
އެސްޓީއޯގެ މަސައްކަތްތައް އިތުރު ކުރެވޭނީ އިތުރު މުވައްޒަފުން ނެރެވިގެން: އަމްރު
 
ޖޫން 1 އިން ފެށިގެން ހޯމް އިމްޕްރޫވްމަންޓް ހުޅުވާލާނެ
 
ދުވާލަކު ކްލިއަރ ކުރެވެނީ 7 ކޮންޓެއިނަރު

ސްޓޭޓް ޑްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މުވައްޒަފުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެ، މުވައްޒަފުން މަދުވުމުގެ ސަބަބުން ބައެއް މަސައްކަތްތަކަށް ބުރޫ އަރާފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެޓީވީން ގެނެސްދޭ ޚާއްސަ ކަވަރޭޖަށް މައުލޫމާތު ދެއްވަމުން އަމްރު ވިިދާޅުވީ މުވައްޒަފުން މަދުވުމުން މިހާރުވެސް 220 ކޮންޓެއިނަރ ކްލިއަރ ނުކުރެވި ބަނދަރުގައި އެބަހުރި ކަމަށެވެ. މިހާރު ތިބި މުވައްޒަފުންގެ ބޭނުން ކޮށްގެން ދުވާލަކު ކްލިއަރ ކުރެވެނީ 7 ކޮންޓެއިނަރެވެ. ކޮންޓެއިނަރުތައް ކްލިއަރ ކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ކާބޯތަކެއްޗާއި ބޭހާއި ސިއްޚީ އާލާތްތަކަށް ކަމަށް އަމްރު ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ އޯޑަރު ކޮށްފައި ހުރި ހޯމް އިމްޕްރޫވްމަންޓަށް ގެންނަ ބައެއް އައިޓަމްތައްވެސް އައިސްފައި ހުރި ކަމަށާއި ނަމަވެސް އެތަކެތި އެތަކެތި ކްލިއަރ ކުރުން މަޑުޖައްސާލާފއި ކަމަށެވެ. އަދި މަސައްކަތްތައް އިތުރު ކުރެވޭނީ އިތުރު މުވައްޒަފުން ނެރެވިގެން ކަމަށް އަމްރު ވިދާޅުވި އެވެ.

މުދާ ކްލިއަރކުރުމާއި ސަޕްލައި ޗެއިންގެ މަސައްކަތް މި ވަގުތު މެނޭޖް ކުރަމުންދަނީ ކުރަމުންދަނީ ރޯޑް ކޯޕަރޭޝަނާޢި މާލޭ ސިޓީ ކައުންސިލްގެ ސްޓާފުންނާއި އެކުގައި ކަން އަމްރު ފާހަގަކުރެއްވި އެވެ. އަދި އެކި ތަންތަނުން ގެންނަ މުވައްޒަފުންގެ ސަބަބުން މިހާރު ތިބި މުވައްޒަފުން ބައްޔަށް ހުށައެޅުމުގެ ނުރައްކާ އިތުރުވާކަމަށް ވިދާޅުވެ އަމްރު ވަނީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ.

ކަނޑުމަގުގެ އިތުުރުން ވައިގެ މަގުންވެސް ބޭހުގެ ޝިޕްމަންޓަތައް ގެންނަމުންދާ ކަމަށާއި އެތަކެތިވެސް ކްލިއަރ ނުކުރެވިގެން އުޅެނީ މުވައްޒަފުންގެ ދަތިކަަން ހުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގައި ހުންނަ އެސްޓީއޯ ކާޑު ގުދަން ހުންނަ ސަރަހައްދުގައި ކާޑު ބަރުކުރުމުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: ރާއްޖެއެމްވީ

މުވައްޒަފުންގެ ދަތިތަކާއި ގުޅިގެން އެސްޓީއޯގެ ރީޓެއިލް ވިޔަފާރި ވަނީ ހުއްޓާލާފަ އެވެ. އަމްރު ވިދާޅުވީ، ހުއްޓާލާފައިވާ ރީޓެއިލް ވިޔަފާރި އަންނަ މަހު ފެށިގެން އަންނާނެ ކަމަށާއި، އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ވެސް ހުޅުވާލާނެ ކަމަށް ވިދާޅުވި އެވެ. ރީޓެއިލް ވިޔަފާރި ހުއްޓާލި ކަމުގައިވީ ނަމަވެސް، އެސްޓީއޯއިން ވަނީ ހޯލްސޭލް ވިޔަފާރި ހުއްޓާނުލާ ކުރިއަށް ގެންގޮސްފަ އެވެ.

މުވައްޒަފުން ކަރަންޓީނު ކުރަނީ އަރަބިއްޔާ ސްކޫލުގައި

އެސްޓީއޯއިން ޕޮޒިޓިވްވީ މީހުންނާއި ގުޅިގެން ގިނަ ބަޔަކު ކަރަންޓީނު ކުރެވުނު އިރު، އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ތިބި ތަނަކުން ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން އަރަބިއްޔާ ސްކޫލް ވަނީ ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކޮށްފަ އެވެ.

މުވައްޒަފުން ކަރަންޓީން ކޮށްފައިވަނީ އަރަބިއްޔާ ސްކޫލްގެ ކްލާސްރޫމް ތަކުގަ އެވެ. އަދި ކަރަންޓީނުގެ މުއްދަތު ހަމަވުމުން އެ މުވައްޒަފުން އަލުން އަނބުރާ ވަޒީފާ އަށް ނުކުންނާނެ އެވެ. އަމްރު ވިދާޅުވީ، އެސްޓީއޯ އިން ފޯރުކޮށްދޭ އެއްވެސް ހިދުމަތަކަށް ބުރޫއެއް ނާރާނެ ގޮތަށް ކަންކަން ރޭވިފައިވާ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
100%
0%
0%
0%
0%
0%
ކޮމެންޓް