ކ. މާލެ
|
25 މެއި 2020 | ހޯމަ 23:44
އުމުރުން ދުވަސްވީ މީހުންނަށް ކޮވިޑް-19ގެ ނުރައްކާ ބޮޑު ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނޭ
އުމުރުން ދުވަސްވީ މީހުންނަށް ކޮވިޑް-19ގެ ނުރައްކާ ބޮޑު ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނޭ
ޕިންޓްރެސްޓް
ކޮވިޑް-19ށް ޓެސްޓު ކުރުމުގެ މަސައްކަތް
ސާމްޕަލް ދޭން ދެކޮޅު ހަދާތީ އުމުރުން ދުވަސްވީ މީހުންގެ ޓެސްޓުތައް ހުއްޓާލައިފި
 
އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ސަމާލުކަމެއް ދޭނަން
 
މީމީހުންގެ ތެރެއިން އެކަކު ޕޮޒިޓިވްވެފައިވޭ
 
އުމުރުން ދުވަސްވީ 105 މީހެއްގެ ސާމްޕަލް ނެގުނު

އުމުރުން ދުވަސްވީ މީހުން ކޮވިޑް-19ށް ޓެސްޓު ކުރުމަށް ފެށި މަސައްކަތަށް އެއްބާރުލުން ދިނުމަށް އާއިލާތަކުން ދެކޮޅު ހަދަމުންދާތީ، އެ މަސައްކަތް މި ވަގުތަށް ހުއްޓާލާފައިވާ ކަމަށް ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެރޭ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އުމުރުން ދުވަސްވީ އެނދުދާންމަތި ވެފައިވާ މީހުންގެ ތެރެއިން 10 އިންސައްތަ މީހުންގެ ޓެސްޓު ހަދައި ދިނުމަށް (އެއީ ގާތްގަނޑަކަށް 250 މީހުން) ޓެގުން އިރުޝާދު ދިން ކަމަށެވެ.

މީގެ ތެރެއިން ގިނަ ބަޔަކު ޓެސްޓު ހެދުމަށް އުޒުވެރިވެފައިވާތީ އަދި ދެކޮޅު ހަދާފައިވާތީ އުމުރުން ދުވަސްވީ 5 އިންސައްތަ މީހުންގެ ޓެސްޓު ހަދައި ދިނުމަށް (އޭއީ ގާތްގަނޑަކަށް 170 މީހުން) ގެ ޓެސްޓު ހަދައި ދިނުމަށް ޓެގުން އެދިފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. މަބްރޫކް ވިދާޅުވީ މި މަސައްކަތުގެ ތެރެއިން 105 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓު ހެދިފައިވާ ކަމަށެވެ. އަދި 105 މީހުންގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ އެކަކު ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނާއި، ގިނަ އާއިލާތަކުން އެކަމާއި ކަންބޮޑުވާތީ މިހާރު އެގޮތަށް ޓެސްޓު ހެދުމުގެ މަސައްކަތް ކުރިއަށް ނުގެން ދިއުމަށް ޓެގުން ނިންމާފައިވާ ކަމަަށެވެ. މީގެ ކުރިން ޑޮކްޓަރުން ވެސް ވަނީ ސާމްޕަލް ދޭން ދެކޮޅުހަދާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އަޅުގަނޑު ދެންމެ މިދެންނެވި ވާހަކައިގައި އެއީ ހަމަ އެބޭފުޅުންގެ ތެރޭގައި ހަމަ އެބޭފުޅުންގެ ތެރޭގައި ބަލިމަޑުކަން އޮތްތޯ ނެތްތޯ ބެލުމަށް އެއްވެސް އިތުރު ސަބަބަކާ ނުލާ އަޅުގަނޑުމެން ކުރަމުން ގެންދިޔަ ޓެސްޓު ތަކެއް. ބޮޑަށް ރިސާޗެއްގެ ގޮތަށް. ކުރެވެމުން ދިޔަ މަސައްކަތެއް ވީމަ. އެމަސައްކަތް ހުއްޓާލީ.
ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް

މަބްރޫކް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނެގުން ހުއްޓާލި ނަމަވެސް ކޮވިޑް-19ގެ ކޭސްއަކާ ގުޅިގެން ޑައިރެކްޓް ކޮންޓެކްޓް ނުވަތަ އަލާމާތްތައް ފެނިއްޖެ ކަމަށްވާނަމަ އުސޫލުގެ ތެރެއިން ސާމްޕަލްތައް ނަގާނެ ކަމަށެވެ. އަދި ހައިރިސްކްގެ ބަޔަކަށް ވާތީ ޚާއްސަ ސަމާލުކަމެއް ދޭނެކަން މަބްރޫކް ފާހަގަކުރެއްވި އެވެ.

ސާމްޕަލް ނެގުމަށްފަހު ނަތީޖާ އަވަސްކުރަން ލެބޯޓްރީގައި އިންތިޒާމްވާ ލިސްޓުގައި އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލްތަކަށް ހާއްސަ އިސްކަމެއް ދެވެ އެވެ. އަދި އުމުރުން ދުވަސްވީ ފަރާތްތަކުގެ ސާމްޕަލް ނެގުމަށް ފަހު އަމަލުކުރާ އުސޫލުތަކަށް ރަނގަޅު ބަދަލުތަކެއް ގެނެސްފައިވާކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފަ އެވެ.

އެޗްޕީއޭ އިން މި އުސޫލުތަކަށް ބަދަލު ގެނައި ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އިން ރިޕޯޓްކުރެވުނު ފުރަތަމަ މަރާއި ގުޅިގެންނެވެ. މި މަރު ހިނގައިދިޔަ ގޮތާއި ގުޅިގެން ތައްޔާރުކުރި ރިޕޯޓުގައިވާ މައުލޫމާތު އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކުރެވިގެން ދިޔައިރު، އެ މަރުގެ ހާދިސާގައި ވަކީ ހާއްސަ ފަރާތެއްގެ އިހުމާލެއް ހިމެނޭކަމަށް ނުފެންނަ ކަމަށް ރިޕޯޓުން ފާހަގަކޮށްފައިވާ ކަމަށް ވަނީ ހާމަކޮށްފަ އެވެ.

ކޮވިޑް-19 ގެ ޖަމާއީ ފެތުރުމުގެ ނިސްބަތް ދެނެގަތުމުގެ ގޮތުން މާލޭ ސަރަހައްދުގައި ކުރާ ދިރާސާގައި، އުމުރުން ދުވަސްވީ މީހުންގެ މެދުގައި ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމަކީ މުހިންމު ކަމެކެވެ. މި ބަލީގެ ނުރައްކާ އެންމެ ބޮޑު ފަރާތްތަކުގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ހިމެނެ އެވެ. މިހާތަނަށް ދުނިޔެއިން ރެކޯޑް ކުރެވުނު މަރުތަކުގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް