ކ. މާލެ
|
25 މެއި 2020 | ހޯމަ 21:10
އައިޖީއެމްއެޗްގެ އެތެރެހަށީގެ ޚާއްސަ ޑރ. މުސާ މުރާދު - އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފައިވޭ
އައިޖީއެމްއެޗްގެ އެތެރެހަށީގެ ޚާއްސަ ޑރ. މުސާ މުރާދު - އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފައިވޭ
އެންއީއޯސީ
ކޮވިޑް-19ށް ޕޮޒިޓިވްވުން
ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ އުމުރުން ދުވަސްވީ މީހުންގެ ހާލު ރަނގަޅު: ޑރ. މުރާދު
 
ހައި ރިސްކްގެ ގުރޫޕަކަށްވާތީ ޚާއްސަ ސަމާލުކަމެއް ދެން
 
އުމުރުން ދުވަސްވީ މީހުންގެ އަދަދެއް ހާމައެއް ނުކުރޭ
 
އުމުރުން ދުވަސްވީ މީހުންނަށް ފަރުވާ ދެމުންދަނީ ޓްރީޓޮޕް ގައި

ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ އުމުރުން ދުވަސްވީ މީހުންގެ ހާލު ރަނގަޅު ކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އެތެރެހަށީގެ ޚާއްސަ ޑރ. މުސާ މުރާދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ކޮވިޑް-19ގެ ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައި ޑރ. މުރާދު ވިދާޅުވީ އުމުރުން ދުވަސްވެފައި ތިބި މީހުންގެ ތެރެއިން ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު އެހާ ގިނަ ނޫން ކަމަށާއި، ޕޮޒިޓިވްވި އުމުރުން ދުވަސްވީ މީހުންނަށް ފަރުވާ ދެމުންދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ކަމަށެވެ. އަދި އެމީހުން ހާލު ޖުމްލަ ގޮތެއްގައި ރަނގަޅު ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.

ނަމަވެސް ރާއްޖެއިން މިހާތަނަށް ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ އުމުރުން ދުވަސްވީ މީހުންގެ އަދަދެއް ޑރ. މުރާދު ހާމައެއް ނުކުރައްވައެވެ.

އިރާދަކުރެއްވީތީ އަޅުގަނޑުމެންގެ ތެރޭގައި އުމުރުން ދުވަސްވެފައި ތިބި މީހުންގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު އެހާ ގިނައެއް ނޫން. ޓްރީޓޮޕް ހޮސްޕިޓަލްގައި ތިބި ބަލި މީހުންގެ ތެރެއިން. ޖުމްލަ ގޮތެއްގައި އެމީހުންގެ ހާލަތު ރަނގަޅު. ނަމަވެސް އެމީހުން ގާތުން މޮނިޓަރ ކުރަމުން އެބަ ގެންދަން. ހައި ރިސްކް ގުރޫޕަކަށް ވާތީވެ. އެމީހުން ގާތުން މޮނިޓަރ ކުރަމުން އެބަގެންދަން.
އައިޖީއެމްއެޗްގެ އެތެރެހަށީގެ ޚާއްސަ ޑރ. މުސާ މުރާދު

ޑީއެޗް11ށް ބަދަލު ކުރަންވެއްޖެހޭ ހާލަތުގައި ޕޭޝަންޓު ބަދަލުކުރާނެކަން ފާހަގަކުރައްވައި ޑރ. މުރާދު ވިދާޅުވީ ހައި ރިސްކްގެ މީހުންނަށް ޚާއްސަ ސަމާލުކަމެއްދޭ ކަމަށެވެ.

ޑރ. މުރާދު ވިދާޅުވީ އެއްވެސް އަލާމަތެއް ނެތް މީހުންނަށް ފަރުވާ ދެމުންދަނީ އައިސޮލޭޝަން ފެސިލިޓީގައި ބަހައްޓާގެން ކަމަށާއި، އެނދު ހުންނަ ވަރަކުން އެތަންތަން މެނޭޖްކުރަމުން ގެންދެވޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް