ކ. މާލެ
|
25 މެއި 2020 | ހޯމަ 22:19
ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް: ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ފުރަތަމަ ކިޔުން އޮންނާނީ އަންގާރަ ދުވަހު
ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް: ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ފުރަތަމަ ކިޔުން އޮންނާނީ އަންގާރަ ދުވަހު
ޝުއައިބް މުހައްމަދު އިގްބާލް
ބާ އިމްތިހާނު ފަސްކުރުން
ބާ އިމްތިހާނު ފަސްކުރާ ބިލް މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފި
 
އިސްލާހު ފާސްވެއްޖެ ނަމަ، 300ށް ވުރެ ގިނަ ގާނޫނީ ދާއިރާގެ ދަސްވެނީންނަށް އާމްދަނީ ހޯދުމަށް މަގުފަހި ވެގެންދާނެ
 
300ށް ވުރެ ގިނަ ދަރިވަރުން ގާނޫނީ ވަކީލު ކަމުގެ ހުއްދަ ނުލިބި ތިބި
 
ކޯ ސްޕޮންސާ އަކީ ވިލިމާލެ ދާއިރާގެ މެމްބަރު އުސާމް

ގާނޫނު ވަކީލުކަމުގެ ހުއްދަ ހޯދުމަށް ހަދާ ''ބާ އިމްތިހާނު'' އަންނަ އަހަރަށް ފަސް ކުރަން، ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ހުށައަޅާ ބިލް ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.

ނިއު ނޯމަލް އުސޫލާއި އެކު މަޖިލީހުގެ ތަޅުމުގައި އަންގާރަ ދުވަހު ބާއްވަ ޖަލްސާގައި ބިލްގެ ފުރަތަމ ކިޔުން އިއްވާނެ އެވެ.

ބާ އިމްތިހާނު އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހަށް ފަސްކުރަން މަޖިލީހަށް ހުށައެޅުއްވީ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އެވެ. މި އިސްލާހު ކޯ ސްޕޮންސަރ ކުރެއްވީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އެވެ.

ނާޒިމް ހުށައެޅުއްވި އިސްލާހަކީ، ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރެވޭ ޝަރުތުތަކު ގެތެރޭގައި ހިމެނޭ، ގާނޫނީ ހިދުމަތްދޭ ތަނެއްގައި އެއް އަހަރު ދުުވަހުގެ ތަމްރީން ފުރިހަމަކުރުމާއި ބާ އިމްތިހާނު ފުރިހަމަ ކުރުން ދެ ޝަރުތައް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހާ ހަމަޔަށް ފަސްކުރުމެވެ.

އިސްލާހު ހުށައެޅުއްވި ސަބަބު ބަޔާންކުރައްވަމުން ނާޒިމް ވިދާޅުވީ، ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރުމަށްފަހު ގާނޫނީ ވަކީލުކަމުގެ ހުއްދަނުލިބި 300ށް ވުރެ ގިނަ ދަރިވަރުން މިހާރު މުޖުތަމައުގައި ތިބުމާއި، އެ ދަރިވަރުންނަށް ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބޭ ފަރާތްތަކަށް އާމްދަނީ ހޯދުމަށް މަސައްކަތް ކުރެވޭނޭ ފަދަ ގޮތެއް ހަމަޖެހިފައި ނެތް މައްސަލަ އަށް ހައްލެއް ގެނައުން ކަމަށެވެ.

ގާނޫނީ ފަންނުގެ ގާނޫނަށް މި އިސްލާހުގެނެވިއްޖެ ކަމުގައިވަނީނަމަ، ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރުމަށްފަހު، ގާނޫނީ ވަކީލު ކަމުގެ ހުއްދަ ނުލިބި ތިބި އެތައް ދަރިވަރުންތަކަކަށް މި ފުރުސަތު ލިބިގެންދާނެ އެވެ. ގާނޫނީ ދާއިރާގެ ގިނަ ދަސްވެނީންތަކެއް ވަނީ މިކަން ހައްލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަރިހުން އެދިފަ އެވެ. ނަމަވެސް، މިހާތަނަށް އަދި މިކަމަށް އެއްވެސް ހައްލެއް ލިބިފައެއް ނުވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް