އާދީއްތަ 12 ޖުލައި 2020
12 ފުނޯސް
1441 ޒުލްގައިދާ 21
ފަތިސް 04:42
އިރުއަރާ 06:00
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
ކޮވިޑް-19އާއެކު ދިރިއުޅުން

ވެކްސިންއެއް ލިބެންދެން ކޮވިޑް-19އާއެކު ދިވެހިން ދިރިއުޅެން ދަސް ކުރަންޖެހޭ:ޑރ.މުރާދު

  • ލޮކްޑައުންއަށް ލުއި ދިނުމަށް ދަނީ ތައްޔާރުވަމުން
  • ވެކްސިނެއް ލިބެންދެން ކޮންމެވެސް ވަރަކަށް ބަލި ފެންނަމުންދާނެ
  • ލިބޭ ލުއިތަކުގެ ބޭނުން ހިފައި، ފަރުދީ ޒިންމާ ނެގުމަށް އިލްތިމާސްކުރެއްވި

ކ. މާލެ | 25 މެއި 2020 | ހޯމަ 17:17 | 10,075

ކޮވިޑް-19އާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އައިޖީއެމްއެޗްގެ އެތެރެހަށީގެ ޚާއްސަ ޑރ. މުސާ މުރާދު - ރައީސް އޮފީސް

ދާއިމީ ވެކްސިން އެއް ލިބެންދެން ކޮވިޑް-19އާއެކު ދިރިއުޅެން ދަސްކުރަން ޖެހޭ ކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އެތެރެހަށީގެ ޚާއްސަ ޑރ. މުސާ މުރާދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ކޮވިޑް-19ގެ ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައި ޑރ.މުރާދު ވިދާޅުވީ 'ލޮކްޑައުން' އަށް ލުއި ދިނުމަށް ސަރުކާރުން ތައްޔާރުވަމުން އަންނައިރު ލިބޭ ފަސޭހަތަކުގެ ބޭނުންކުރަން ވާނީ ވީ އެންމެ މަދު މިންވަރަށް ކަމަށެވެ.

އެ ފަސޭހަތައް ބޭނުންކުރަން ޖެހޭ ކަހަލަ ހާލަތްތަކުގަ އެފަސޭހަަތައް ބޭނުން ކުރާ ކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ ކަންތައްތައް ރާވާލާން ޖެހޭނީ. އެހެންވީމަ އަޅުގަނޑުމެން ހަމަ ކުއްލިއަކަށް ކޮވިޑް-19ގެ ހާލަތަކަށް ނުދެވޭނެ. އަޅުގަނޑުމެން ކޮވިޑް-19އާއެކު އުޅެން އެބަ ދަސްކުރަން ޖެހޭ. އަޅުގަނޑުމެންނަށް ކަށަވަރު ވެކްސިންއެއް ލިބެންދެން އަޅުގަނޑުމެންގެ ތެރޭގައި ކޮންމެވެސް ވަރަކަށް ބަލި ފެންނަމުން ދާނެ.

~ އައިޖީއެމްއެޗްގެ އެތެރެހަށީގެ ޚާއްސަ ޑރ. މުސާ މުރާދު

ޑރ. މުރާދު ވިދާޅުވީ ކުއްލި އަކަށް މި ހާލަތުން އަރައި ނުގަނެވޭނެ ކަމަށާއި، ކަށަވަރު ވެކްސިންއެއް ލިބެންދެން ކޮންމެވެސް ވަރަކަށް ބަލި ފެންނަމުންދާނެ ކަމަށެވެ. އަދި އެގޮތަށް ބަލި ފެންނައިރުގަ ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނީ ހުރިހާ އެންމެން ވެސް އެކުގަ މަސައްކަތް ކުރެވިގެންކަން ޑރ. މުރާދު ފާހަގަކުރެއްވި އެވެ.

އެގޮތުން ލިބޭ ލުއިތަކުގެ ބޭނުން ހިފައި، ފަރުދީ ޒިންމާ ނެގުމަށް ޑރ. މުރާދު އިލްތިމާސް ކުރެއްވި އެވެ. އަދި އެހެން މީހުންނަށް ބަލި ނުފެތުރޭ ގޮތަށް އަމަލުތައް ބެހެއްޓުމަށް ވެސް އިލްތިމާސް ކުރެއްވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.