ކ. މާލެ
|
25 މެއި 2020 | ހޯމަ 13:00
ލޮކްޑައުން އަމުރު ތަންފީޒު ކުރުމަށް ފުލުހުން ހަރަކާތްތެރިވަނީ
ލޮކްޑައުން އަމުރު ތަންފީޒު ކުރުމަށް ފުލުހުން ހަރަކާތްތެރިވަނީ
ޕޮލިސް
ފުރަބަންދުގެ އަމުރާއި ޚިލާފްވުން
އީދު ދުވަހު ފުރަބަންދުގެ އަމުރާއި ޚިލާފްވި 234 މީހަކު ޖޫރިމާނާކޮށް 6 މީހަކު ހައްޔަރު ކޮށްފި
 
ފުރަބަންދު އަމުރާ ޙިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރަނީ 1000ރ. އިން
 
މިހާތަނަށް 282 މީހަކު ވަނީ ޖޫރިމަނާކޮށްފައި

ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން މާލެ ސިޓީގައި އިއުލާނުކޮށްފައިވާ ފުރަބަންދުގެ އަމުރާ ޚިލާފުވެގެން ފިތުރު ޢީދު ދުވަހު 234 މީހަކު ޖޫރިމަނާ ކޮށްފި އެވެ.

ހޯމަ ދުުވަހުން ފުލުހުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ފުރަބަންދުގެ އަމުރާއި ޚިލާފުވުމުގެ ސަަބަބުން އާދިއްތަ ދުވަހު 234 މީހަކު ޖޫރިމަނާކޮށް ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ލޮކްޑައުންގެ އަމުރާ ޚިލާފުވެގެން މިހާތަނަށް 282 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުރަބަންދު އަމުރާ ޙިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރަނީ 1000ރ. އިންނެވެ. މި އަމަލު ތަކުރާރު ކުރާނަމަ، ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާގެ (ހ) ދަށުން ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބެއެވެ.

ކުރިޔަށް އޮތް 2 ހަފުތާއަކީ މާލެ ސިޓީގައި ކޮވިޑް-19ގެ ބަލިމަޑުކަން އެންމެ ބޮޑަށް ފެތުރޭނެ ހަފުތާތައް ކަމަށް ޑޮކްޓަރުންގެ ޓީމުން އަންދާޒާކޮށްފައި ވާއިރު ގްރޭޓަރ މާލެ ސަރަހައްދު (މާލެ، ވިލިމާލެ، ހުޅުމާލެ، ގުޅީފަޅު) ގައި އިއުލާނު ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު 14 ދުވަހަށް އެޗްޕީއޭއިން ވަނީ އިތުރުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް