ކ. މާލެ
|
25 މެއި 2020 | ހޯމަ 08:58
ކަރަން ޖޯހަރު
ކަރަން ޖޯހަރު
-
ކަރަން ޖޯހަރު އުފަންދުވަސް
މިއަދަކީ ކަރަން ޖޯހަރުގެ 48 ވަނަ އުފަން ދުވަސް، ކަރަން އާއި ބެހޭ 12 ކަމެއް އެނގެން ބޭނުންތަ؟
 
ލިޔުންތެރިއެއްގެ އިތުރުން، ކަރަންއަކީ ޕްރޮޑިޔުސަރ އެއް
 
ކަރަން އޭނާގެ ފިލްމީ ކެރިއަރ ފެށީ އޭނާގެ އުމުރުން 26 އަހަރުގައި

ބޮލީވުޑްގެ ފޭނުންނަށް ކަރަން ޖޯހަރު އޮޅިފައެއް ނުވާނެ އެވެ.

ލިޔުންތެރިއެއްގެ އިތުރުން، ކަރަންއަކީ ޕްރޮޑިޔުސަރ އެކެވެ. އަދި ޓީވީ ޝޯވ ތައް ހުށަހަޅައިދޭވެސް މީހެކެވެ. އެކްޓަރެއްގެ އިތުރުންވެސް ވަރަށް ގިނަ ކަންކަން ކަރަން ކުރެ އެވެ. ކަރަން އޭނާގެ ފިލްމީ ކެރިއަރ ފެށީ އުމުރުން 26 އަހަރުގައި މަޝްހޫރު ފިލްމު ކުޗްކުޗްހޯތާހޭން ނެވެ.

ކޭޖޯގެ ނަމުން މަޝްހޫރު ކަރަން ގެ 48 ވަނަ އުފަންދުވަސް ފާހަގަ ކުރަމުންދާއިރު މިބަލާލަނީ ކަރަން އާއި ގުޅޭގޮތުން އެހާބޮޑަށް އޭނާގެ ފޭނުންނަށްވެސް އަދި މީޑިޔާތަަކަށްވެސް ތިލަވެފައިނުވާ 12 ކަމެއްގެ ވާހަކަ އެވެ.

  1. - ފިލްމު ކަލްހޯނަހޯ ކުޅުމަށް ކަރީނާ އަށް ހުށަހެޅުމުން ކަރީނާ އެ ފިލްމަށް ނޫނެކޭ ބުނުމުން ކަރަން ކަރީނާ އާ ވާހަކަ ނުދައްކާ އެއް އަހަރު ވަންދެން ހުރި، ކަރީނާ އެދުނީ އެފިލްމު ކުޅުމަށް ޝާހު ރުކްޚާން އަށް ހުށަހެޅި އަދަދަށް އޭނާ އަށް ވެސް ހުށަހެޅުމަށެވެ. އެއް އަހަރު ވަންދެން އިވެންޓްތަކުން ދިމާވި ނަމަވެސް އެ ދެމީހުން ވާހަކަ އެއް ނުދައްކަ އެވެ.
  2. - ކަރަންގެ ބައްޕަ ޔަޝް ޖޯހަރަކީ ފިލްމު ޕްރޮޑިޔުސަރ އެކެވެ. ކަރަން ގެ ބައްޕަ ބޭނުންވީ ކަރަން އެކްޓަރަކަށްވެ އޭނާގެ ފިލްމަކުން ފުރަތަމަ ފެންނާށެވެ.
  3. - ބޮމްބޭ ވެލްވެޓްގައި ކަރަން ކުޅުނު ރޯލް ކުޅެފައިވަނީ 11 ރުޕީސް އަށެވެ. އެއީ ކަރަން އަށް 11 ވަނަ ނަންބަރަކީ ލަކީ ނަންބަރުގެ ގޮތުގައި ފާހަގަ ވެފައިވާތީ އެވެ. ނަމަވެސް އެފިލްމަކީ ބެލުންތެރިންގެ އެހާ ބޮޑު ސަމާލުކަމެއް ލިބުނު ފިލްމެއް ނޫނެވެ.
  4. - ފިލްމު ކުޗްކުޗްހޯތާހޭ ރިލީސްކޮށްފި ނަމަ ކަރަން ގަޔަށް ބަޑިޖަހާނެ ކަމަށް ބުނެ ގޭންގްސްޓަރ އެއް ކަމަށްވާ އަބޫ ސަލީމް ކުރި ކޯލަކާއި ގުޅިގެން އެ ފިލްމު ރިލީޒް ކުރިއިރު އޭނާ ހުރީ ރޫމެއްގެ ތެރޭގައި ބަންދުވެފަ އެވެ.
  5. - ކަރަންއަކީ އިންޑިޔާގެ ފިލްމު އުފައްދާ މީހުންގެ ތެރެއިން އެންމެ ފުރަތަމަ މިސްވޯލްޑް ކޮމްޕެޓިޝަންގައި ޖަޖުންގެ ޕެނަލުގައި ހިމެނުނު މީހާ އެވެ. އެއީ 2006 ވަނަ އަހަރު އެވެ.
  6. - ކަރަން ކުޑައިރު ފިލްމީ ތަރި ޓްވިންކަލް ކަންނާ ދެކެ ވަރަށް ލޯބިވެ އެވެ.
  7. - ކަރަން ގެ ނަމުގައިވެސް ހިމެނޭ ކޭ އަކުރަކީ އޭނާގެ ގިނަ ފިލްމުތަކެއްގެ ނަމުގައިވެސް ބޭނުންކޮށްފައިވާ އަކުރެކެވެ. ނަމަވެސް އޭނާގެ ލަގޭ ރަހޯ މުންނާބާއީއަށް ފަހު އެކަން ކުރުން ހުއްޓާލި އެވެ.
  8. - ކާޖޮލް ގެ ފިރިމީހާ އަދި ފިލްމީ ތަރި އަޖޭ ދޭވްގަންގެ ޝިވާއީ އާއި ކަރަންގެ އޭ ދިލްހޭ މުޝްކިލް އަޅުވާ ތާރީޚު ދިމާވުމުން ކަރަންވަނީ ކްރިޓިކްސް ލިޔުންތެރިޔާ ކަމާލް ރާޝިދަށް އޭނާއަށް ރަނގަޅުވާ ގޮތަށް ލިޔުންތައް ލިޔުމަށް 25 ލައްކަ ރުޕީސް ދީފައެވެ. މިކަމުގައި ކާޖޮލްވަނީ އޭނާގެ ފިރިމީހާ އަށް ސަޕޯޓްދީފަ އެވެ. އެއާއެކު ކާޖޮލް އާއި ކަރަން އާ ދެމެދު އޮތް ރަހުމަތް ތެރިކަމުގެ ގުޅުމަށް ވަނީ ބުރު އަރާފަ އެވެ.
  9. - ކަރަން ޖޯހަރު ގެ ފިލްމު ސްޓޫޑެންޓް އޮފް ދަ އިޔަރ ކުޅުމަށް އާލިއާ ބަޓްގެ ބަރުދަން މާ ބަރުވުމުން 20 ކިލޯ ލުއި ކުރުމަށް ވަނީ އެދިފަ އެވެ.
  10. - ކުޑައިރު ކަރަން އަކީ ހެދިބޮޑުވުމުގައި ދަތިތަކެއް ދިމާވި މީހެކެވެ. އޭނާގެ ބަރުދަނާ އިސްކޮޅުގެ ސަބަބުން ސްކޫލް ދުވަސްވަރު އޭނާ ވަނީ ބުލީގެ ޝިކާރަ އަކަށްވެފަ އެވެ.
  11. - އާލިއާ ގެ ބަރުދަނާއި ގުޅިގެން ކުރިން ކަންތައް ކުރެވުނު ގޮތަށް ކަރަން ވަނީ އާލިއާގެ ފަރާތުން މަޢާފަށް އެދިފަ އެވެ.
  12. - ކަރަންގެ އޮޓޯބައިގްރަފީގައި އޭނާ ބުނެފައިވަނީ ފިރިހެން ކުދިންގެ ބޯޑިން ސްކޫލްތަކުގައި އޭނާ އެންޓްރާންސް ޓެސްޓް ހެދިއިރު ހިސާބުން ލިބުނީ ސުމެއް ކަމަށެވެ.
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް