ހޮނިހިރު 11 ޖުލައި 2020
11 ފުނޯސް
1441 ޒުލްގައިދާ 20
ފަތިސް 04:42
އިރުއަރާ 05:59
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
ސާމްޕަލް ނެގުމާއި އާރުއާރުޓީގެ މަސައްކަތް

ދުވާލަކު 3000 ސާމްޕަލް ނެގުމުގެ ކެޕޭސިޓީ އެބަހުރި: އާރުއާރުޓީ

  • ދުވާލެއްގެ މައްޗަށް ނެގެނީ 250-300 ސާމްޕަލް
  • 6 ދުވަސްފަހުން ސާމްޕަލްތައް ނަގާ އަދަދު ދެގުނަ ވެގެންދާނެ
  • މިހާރު 24 ގަޑިއިރާއި 48 ގަޑިއިރުގެ ތެރޭގައި ގިނަ ސާމްޕަލްތައް ނެގޭނެ

ކ. މާލެ | 25 މެއި 2020 | ހޯމަ 02:49 | 8,675

ސާމްޕަލް ނެގުމުގެ މަސައްކަތުގައި އާރްއާރްޓީ ޓީމުން ހަކާތްތެރިވަނީ - ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ދުވާލެއްގެ މައްޗަށް 3000 ސާމްޕަލް ނެގުމުގެ ގާބިލުކަން އެބަހުރި ކަމަށް ރެޕިޑް ރެސްޕޮންސް ޓީމު (އާރުއާރުޓީ) ގެ ލީޑު މެމްބަރު އަބްދުލް ހަމީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީން ގެނެސްދޭ ކޮވިޑް-19 ކަވަރޭޖަށް ދެއްވި އިންޓަރވިއުއެއްގައި ހަމީދު ވިދާޅުވީ ދުވާލެއްގެ މައްޗަށް 3000 ސާމްޕަލް ނެގުމަށް ބޭނުންވާ ވަސީލަތްތައް އެބަހުރި ކަމަށެވެ.

މިހާރު ދުވާލެއްގެ މައްޗަށް ނެގެނީ 250-300 ސާމްޕަލްކަން ފާހަގަކުރައްވާ ހަމީދު ވިދާޅުވީ ކުރިއަށް އޮތް 6 ދުވަހެއްގެ ތެރޭގައި ސާމްޕަލްތައް ނަގާ އަދަދު ދެގުނަ ވެގެންދާނެ ކަމަށެވެ. އަދި އޭގެ 6 ދުވަސްފަހުން ހަތަރު ގުނައަށް އިތުރުވެގެންދާނެ ކަމަށެވެ.

ހަމީދު ވިދާޅުވީ މިހާރު 24 ގަޑިއިރާއި 48 ގަޑިއިރުގެ ތެރޭގައި ގިނަ ސާމްޕަލްތައް ނެގޭނެ ކަމަށެވެ.

މީގެ ދެތިން ހަތަރު ދުވަހެއް ކުރިން، ދުވަސްކޮޅެއް ކުރިން ފާހަގަކުރިން 72 ގަޑީރުގެ ޑިލޭއެއް އަޅުގަނޑުމެންގެ ތެރޭގައި އުޅެދާނެ ކަމަށް. މިވަގުތަކު ނެތް. 24 ގަޑިއިރާއި 48 ގަޑިއިރަށްވުރެވެސް ކުޑަ ބެކްލޮގެއް އުޅޭނީ. އެހެންވީމާ، އާއްމުކޮށް 24 ގަޑިއިރު ތެރޭގައި ހަމަ ނެގެމުން އެދަނީ.

ރެޕިޑް ރެސްޕޮންސް ޓީމު (އާރުއާރުޓީ) ގެ ލީޑު މެމްބަރު އަބްދުލް ހަމީދު -- ފޮޓޯ: ރައީސް އޮފީސް

ހަމީދު ވިދާޅުވީ ކުރިއަށް އޮތް ދެދުވަހެއް ތެރޭގައި ހޯމް ކަރަންޓީނު ކުރަން ފެށުމާއި އެކްޓިވް ސަރވެއިލެންސްގެ ދަށުން ސާމްޕަލް ނެގުމުގެ ކަންކަން ވަރަށް ބޮޑަށް ފުޅާވެގެންދާނެ ކަމަށެވެ. އަދި ޓެސްޓުކުރުންވެސް އިތުރުވެގެންދާނެކަން ފާހަގަކުރައްވާ ހަމީދު ވިދާޅުވީ މިހާރު ސާމްޕަލްތައް ނެގުމަށް ވަކިތަންތަން ކަނޑައެޅުމަށް މަޝްވަރާ ކުރަމުންދާނެކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.