ކ. މާލެ
|
25 މެއި 2020 | ހޯމަ 01:40
އިނގިރޭސިވިލާތް: ދަރިވަރުން ސްކޫލްއަށް ދިއުމުގެ މަގުމަތީގައި
އިނގިރޭސިވިލާތް: ދަރިވަރުން ސްކޫލްއަށް ދިއުމުގެ މަގުމަތީގައި
ސީ.އެން.އެން
ކޮވިޑް-19، އިނގިރޭސިވިލާތް
ޖޫން 1 ގައި އިނގިރޭސިވިލާތުގެ ސްކޫލްތައް ހުޅުވާލަނީ
 
ޓެސްޓު ކުރެވޭނެ އިންތިޒާމްވެސް ހަމަޖައްސާނެ
 
ކޮންމެ ސްކޫލަކަށްވެސް ގައިޑްލައިންތަކެއް ފޯރުކޮށްދެވޭނެ

ޖޫން މަހުގެ 1 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ސްކޫލްތައް ހުޅުވުމަށް ނިންމާފައިވާ ކަމަށް ބޮޑުވަޒީރު ބޯރިސް ޖޯންސަން ވިދާޅުވެއްޖެ އެވެ.

އާދީއްތަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބޯރިސް ވިދާޅުވީ ފުރަތަމަ ސްކޫލްތަކުގައި ކިޔެވާދޭން ފަށާނީ ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންނަށް ކަމަށެވެ.

އަދި ޖޫން މަހުގެ 15 ވަނަ ދުވަހުން ފެށިގެން ސެކަންޑްރީ ސްކޫލްތަކުން ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް އިމްތިހާނުތަކަށް ތައްޔާރުވުމަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ.

މީގެ އިތުރުން، ސްކޫލްތައް ހުޅުވާލުމުގެ ކުރިން، ކޮންމެ ސްކޫލަކަށް ވެސް ގައިޑްލައިންތަކެއް ފޯރުކޮށްދެވޭނެ ކަމަށް ބޮރިސް ވިދާޅުވި އެވެ. އެގޮތުން ކްލާސްރޫމްތަކުގައި ކިޔަވައިދޭ ކުދިންގެ އަދަދު މަދުކުރުމާއި، ބެލެނިވެރިން ކުދިން ބަލާ އަންނަ ގަޑިތައް ކަނޑައެޅުމަށް މި ގައިޑްލައިންގައި ހިމެނޭނެ އެވެ.

ދަރިވަރުންނާއި ސްކޫލް މުވައްޒަފުންގެ ތެރެއިން ބައްޔަށް ޝައްކު ކުރެވޭ އަލާމާތެއް ހުރި ކަމުގައި ވާނަމަ ޓެސްޓު ކުރެވޭނެ އިންތިޒާމް ވެސް ހަމަޖައްސަވާނެ ކަމަށް ބޯރިސް ވިދާޅުވި އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ޙުކުމް ބާތިލު، ނަމަވެސް ދަށު ކޯޓުން އަލުން މައްސަލަ ބަލަންޖެހޭނެ
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ލިސްޓެއް ނޫން: އޭސީސީ
ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
ފެހި ޤާނޫނު އަސާސީގެ ދަށުން އެއްވެސް އިންތިޚާބެއްގައި ސަރުކާރަކުން އާއްމުންނަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވާ: އީސަ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު