ކ. މާލެ
|
25 މެއި 2020 | ހޯމަ 01:12
ސަލްމާން ޚާން
ސަލްމާން ޚާން
އިންޑިއާ.ކޮމް
ސަލްމާންގެ އީދު ހަދިޔާ
ސަލްމާން ޚާންގެ ފަރާތުން ފޭނުންނަށް ސަޕްރައިޒެއް
 
އީދާއި ދިމާކޮށް ލަވައެއް ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފައި

ބޮލީވުޑް ސުޕަރ ސްޓާރ ސަލްމާން ޚާން އަކީ ފޭނުން އެންމެ ގިނަ އެއްތަރި އެވެ. އޭނާ ކުރާ ކޮންމެ ކަމަކަށްވެސް އެތައް މިލިއަން މީހުންނެއް ދަނީ ތައުރީފް ކުރަމުންނެވެ.

ފޭނުންނަށް ހަދިޔާއެއްގެ ގޮތުގައި ކޮންމެ އަހަރަކު ވެސް އީދާއި ދިމާކޮށް ފިލްމެއް ނެރެމުންދާ ސަލްމާން، މިފަހަރު ދޭނެ ހަދިޔާ ހަދިޔާއެއްގެ އިންތިޒާރުގައި ގިނަ ފޭނުން ތިބީ ކެތްމަދުވެފަ އެވެ.

މިދިޔަ އަހަރު އީދާއި ދިމާކޮށް "ބާރަތް" ބެރެފައިވާއިރު މިފަހަރު އީދާއި ދިމާކޮށް ނެރުމަށް ތައްޔާރުވަމުން ދިޔަ ފިލްމަކީ "ރާދޭ: ޔުއަރ މޯސްޓް ވޯންޑެޓް ބާއީ" އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ލޮކްޑައުން ކުރުމުން ފިލްމް ރިލީޒް ކުރުން ވަނީ ފަސްކުރަން ޖެހިފަ އެވެ.

މި ހާލަތުގައި ވެސް ސަލްމާން ވަނީ އޭނާގެ ފޭނުންނަށް ޓަކައި ޚާއްސަ ހަދިޔާ އެއް ތައްޔާރުކޮށްފަ އެވެ. އެގޮތުން އީދާއި ދިމާކޮށް ހޯމަ ދުވަހު ސަލްމާންގެ އައު ލަވައެއް ރިލީޒްކުރުމަށް ނިންމާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ސަލްމާން ވަނީ އޭނާ އާއި ޖެކޮލިން ފެނާންޑޭޒް ކުޅެފައިވާ ލަވަ "ތެރޭ ބިނާ" އޭނާގެ ޔޫޓިއުބް ޗެނަލްގައި ދާދިފަހުން ރިލީޒްކޮށްފަ އެވެ. މި ލަވައަކީ ޕާންވެލްގައި ހުރި ފާރމްހައުސްގައި ހުރެ ސަލްމާން ޝޫޓް ކޮށްފައިވާ ލަވައެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް