ކ. މާލެ
|
25 މެއި 2020 | ހޯމަ 01:41
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިސް
ރައީސް ނަޝީދުގެ މައްސަލަ
ރައީސް ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމު އެޅުވި މައްސަލަ ފުލުހުން ބަލަށް ފަށައިފި
 
އިތުރަށް ބަލަން ޖެހޭ ކަންތައްތައް ދަނީ ބަލަމުން: ފުލުހުން
 
އެމީހާއާ މެދު ދައުވާކޮށް ދިނުމަށް މަޖިލީހުން ވަނީ ޕީޖީގައި އެދިފައި
 
ދޮގު އިލްޒާމް އަޅާފައި ވަނީ، ރ. އަނގޮޅިތީމު، ޖީޒާ އަލީ އިބްރާހީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކީރިތި ރަސޫލާ އަށް އިހާނެތި ބަސް ރައްދު ކުރެެއްވި ކަމަށް ބުނެ މީހަކު ދޮގު ވާހަކަ ދައްކާފައިވާ ކަމަށް ބުނާ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ''ރާއްޖެ.އެމްވީ'' އަށް ވިދާޅުވީ، ރައީސް ނަޝީދާ ބެހޭގޮތުން ދޮގު އިލްޒާމު އެޅުވި ކަމަށް ބުނާ ފަދަ މައްސަލަ އެއް މަޖިލީހުން ފުލުހަށް ހުށައަޅާފައިވާ ކަމަށެެވެ. އަދި އެކަމާއި ގުޅޭގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ރައީސް ނަޝީދާ މެދު ނަފްރަތު އުފައްދަން ދެއްކި ވާހަކަ ތަހުގީގުކޮށް ދިނުމަށް ފުލުހުންނަށް ހުށައެޅުމަށް ނިންމާފައިވާ ކަމަށް މި މަހުގެ 18 ވަނަ ދުވަހު މަޖިލީހުން އާއްމުކުރި ބަޔާނެއްގައި ވަނީ ބުނެފައި އެވެ. ރައީސް ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އަޅާފައި ވަނީ، ރ. އަނގޮޅިތީމު، ޖީޒާ އަލީ އިބްރާހީމް ނަމަކަށް ކިޔާ މީހެއް ކަމަށް މަޖިލީހުގެ އިދާރާއިން އާއްމުކުރި އެ ބަޔާނުގައި ބުންޏެވެ.

މަޖިލީހުގެ އިދާރާއިން އާންމުކުރި އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އޭނާ އާއި، އޭނާގެ އިންޓަރވިއު ގެނެސްދިން މީޑިއާއާ މެދު ޖިނާއީ ދައުވާކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފޮނުވުމަށް އެދި، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރާ އިޖުރާއަތުގެ ގަވާއިދުގެ 10 ވަނަ މާއްދާގެ ދަށުން ފުލުހުންނަށް އެ މައްސަލަ ހުށައެޅުމަށް ނިންމާފައިވާ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
92%
0%
0%
4%
4%
ކޮމެންޓް