ކ. މާލެ
|
24 މެއި 2020 | އާދީއްތަ 23:53
އަމީން ހިޔާ އަށް ބަދަލުކުރެވުނީ ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅެމުން ދިޔަ ބިދޭސީން
އަމީން ހިޔާ އަށް ބަދަލުކުރެވުނީ ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅެމުން ދިޔަ ބިދޭސީން
އިމިގްރޭޝަން
އަމީން ހިޔާގައި ފުލުހުންނާ ކުރިމަތިލުން
އަމީން ހިޔާގައި ތިބި ބިދޭސީންގެ ބަޔަކު ފުލުހުންނާ ދިމާލަށް ގޮނޑި އުކައިފި
 
އެތަނުގައި ތިބި 105 މީހަކަށް ބަލި ޖެހިފައިވޭ: މައްސަލަ ދިމާވި ސަބަބެއް ހިއްސާއެއް ނުކުރޭ
 
ގޮނޑި އާއި ހޮޅި ބުރި ފަދަ ތަކެތި އެތަނުގައި ތިބި މީހުން ބޭރަށް އުކާފައިވޭ
 
އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ، މައްސަލަ ހައްލުކުރީ މަޝްވަރާކޮށްގެން: ފުލުހުން

ބިދޭސީންނަށް ބޭނުންކުރަމުން އަންނަ ކަރަންޓީނު ފެސިލިޓީއެއް ކަމުގައިވާ އަމީން ހިޔާގައި ތިބި ބަޔަކު ފުލުހުންނާ ދިމާލަށް ގޮނޑި އުކައިފި އެވެ.

މި ހާދިސާއާ ގުޅޭ މައުލޫމާތު ހިއްސާކުރަމުން މޯލްޑިވްސް ޕޮލިސް ސަރވިސް (އެމްޕީއެސް) އިން ވަނީ އެތަނުގައި ހަމަނުޖެހުމެއް ހިނގިކަން ކަށަވަރުކޮށްދީފަ އެވެ. އެގޮތުން އެތަނުގައި ތިބި ބައެއް މީހުން އެތަނުގެ ސެކިއުރިޓީ ބަލަހައްޓާ ފުލުހުންނާއި ދިމާލަށް "ގޮނޑި ފަދަ ތަކެތި" އުކާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯ އިން ފެންނަ ގޮތުގައި، އަމީން ހިޔާގައި ތިބި ބިދޭސީންތަކެއް ވަނީ އެތަނުގެ ތެރޭގައި ތިބެގެން ދަގަނޑު ބުރި އާއި ގޮނޑި އުކާފަ އެވެ. ހަޅޭކުގެ އަޑު ވެސް ވަރަށް ގަދައަށް އެ ވީޑިއޯ އިން އިވެ އެވެ.

ފުލުހުން ބުނީ، އާދިއްތަ ދުވަހުގެރޭ 20:50 ހާއިރު ހިނގި ހަމަނުޖެހުން، ވާހަކަ ދައްކައިގެން ހައްލުކޮށްފައިވާ ކަމަށެވެ. އަދި މި ހަމަނުޖެހުމުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި، އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ. މިކަން ހިނގަން މެދުވެރިވީ ސަބަބެއް ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.

އަމީން ހިޔާގައި ބައިތިއްބާފައި ތިބި ބިދޭސީންނަކީ، މާލޭގައި ތޮއްޖެހިގެން އިންސާނުންނަށް އުޅެން އެކަށީގެންނުވާ ތަންތަނުގައި ދިރިއުޅެމުން ދިޔަ ބިދޭސީންނެވެ. މި ހިޔާގައި ތިބި ބިދޭސީންގެ ތެރޭގައި ވެސް ވައިރަސް ވަނީ ފެތުރިފަ އެވެ. މިހާތަނަށް އަމީން ހިޔާ ކްލަސްޓަރ އަށް ނިސްބަތްވާ 105 މީހަކު ވަނީ ފެނިފަ އެވެ.

ހިޔާތަކަށް ދިއުމަށް ބައެއް ބިދޭސީން ދެކޮޅުހަދާ ކަމަށް ދެކެވުނު ވާހަކަތައް ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ. އަދި ބިދޭސީން ބައިތިއްބާފައި ތިބޭނީ އެކަށީގެންވާ ތަންތަނުގައި ކަމަށް ސަރުކާރުން ވަނީ މައުލޫމާތު ދީފަ އެވެ. މިތަންތަނުގެ ފޯރިމެރުމުގެ ކަންކަން ފުލުހުން ބަލަހައްޓަމުން ދިޔަ ކަމުގައިވީ ނަމަވެސް، އެތަންތަން ބަލަހައްޓަނީ އެޗްޑީސީންނެވެ. އަދި ބިދޭސީންގެ ކެއިންބުއިމުގެ ކަންކަން ބަލަހައްޓަނީ މޯލްޑިވްސް ރެޑް ކްރެސެންޓުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
18%
0%
9%
73%
0%
0%
ކޮމެންޓް
ގުޅުންހުރި
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި