ކ. މާލެ
|
24 މެއި 2020 | އާދީއްތަ 22:09
އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ - މިއީ މަގާމުން ދުރު ކުރުމަށް ބަޔަކު ހިންގާ ޖަރީމާއެއް ނަތަންޔާހޫ ވިދާޅުވެފައިވޭ
އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ - މިއީ މަގާމުން ދުރު ކުރުމަށް ބަޔަކު ހިންގާ ޖަރީމާއެއް ނަތަންޔާހޫ ވިދާޅުވެފައިވޭ
ގޫގުލް
ނަތަންޔާހޫގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ދައުވާ
ނަތަންޔާހޫގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ދައުވާތަކުގެ އަޑުއެހުންތައް ފަށައިފި
 
މިހުރިހާ ދައުވާތަކަށް އޭނާ އިންކާރު ކުރޭ
 
މިފަދަ މައްސަލަތަކެއްގައި ކޯޓުގެ މަރުހަލާއަށް ދާން ޖެހުނު ފުރަތަމަ އެގައުމުގެ ލީޑަރު
 
ތިން ދައުވާއެއް އުފުލާފައިވޭ

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށްކޮށްފައިވާ ކޮރަޕްޝަންގެ ދައުވާތަކުގެ އަޑު އެހުންތައް ފަށައިފިއެވެ.

ނަތަންޔާހޫގެ މައްޗަށް ވަނީ ކޮރަޕްޝަންގެެ ތިން ދައުވާއެއް ކޮށްފައެވެ.

އެގޮތުން ފުރަތަމަ ދައުވާއަކީ އިސްރާއީލްގެ ބޮޑެތި ވިޔަފާރިވެރިން ބޭނުންވާ ކަންކަންކޮށްދީ، އޭގެ ބަދަލުގައި އަގު ބޮޑެތި ހަދިޔާ ނަަގާފައިވާ ކަމުގެ ދައުވާއެވެ. ދެވަނަ ދައުވާއަކީ އިސްރާއީލްގެ ނޫހެއް ކަމުގައިވާ ޔެޑިއޮޓް އެރޮނެޓްގައި ނަތަންޔާހޫ ޕްރޮމޯޓްކޮށްފިނަމަ އެނިއުސް އެޖެންސީ ކުރިއަރުވައި ދޭނެ ކަމަށް ބުނެ ކޮށްފައިވާ ދައުވާއެވެ. އަދި ތިން ވަނަ ދައުވާ އަކީ އެގައުމުގައި ހަދާފައިވާ ކޮމިއުނިކޭޝަން ގަވާއިދުތައް ކެގެޒް ޓެލެކޮމްގައި މަސައްކަތް ކުރާ ނަތަންޔާހޫއާ ގާތްގުޅުމެއް އޮންނަ މީހެއް ބޭނުންވާ ގޮތަށް ބަދަލުކޮށް އޭނާގެ ނިއުސް ސައިޓްތަކުގައި ނަތަންޔާހޫ ޕްރޮމޯޓް ކުރުމަށް ޑިލް ހާދައިވާ ކަމުގެ ދައުވާއެވެ.

70 އަހަރުގެ ނަތަންޔާހޫއަކީ މިފަދަ ގޮތަކަށް ކޮރަޕްޝަންގެ މައްސަލަތަކެއްގައި ކޯޓުގެ މަރުހަލާއަށް ދާން ޖެހުނު ފުރަތަމަ އެގައުމުގެ ލީޑަރެވެ. މިހުރިހާ ދައުވާތަކެއް ނަތަންޔާހޫ އިންކާރު ކޮށްފައިވާއިރު، އޭނާ ވިދާޅުވީ މިދައުވާ ތަކަކީ މަގާމުން ދުރު ކުރުމަށް ބަޔަކު މީހުން ހިންގާ ޖަރީމާ ތަކެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް