ކ. މާލެ
|
24 މެއި 2020 | އާދީއްތަ 22:26
އެޑޯލްފް ހިޓްލަރ ގެންގުޅިފައިވާ ކަމަށް ބެލެވޭ ކިނބޫ މަރުވެފައިވަނީ މޮސްކޯ ޒުލެއްގައި
އެޑޯލްފް ހިޓްލަރ ގެންގުޅިފައިވާ ކަމަށް ބެލެވޭ ކިނބޫ މަރުވެފައިވަނީ މޮސްކޯ ޒުލެއްގައި
ސްކައި ނިއުސް
އެޑޯލްފް ހިޓްލަރ ގެންގުޅުނު ކިނބޫ މަރުވުން
އެޑޯލްފް ހިޓްލަރގެ ކިނބޫ މަރުވެއްޖެ
 
މޮސްކޯގެ ޒޫގައި ކިނބޫ ގެންގުޅޭތާ 74 އަހަރު
 
މިކިނބޫ މަރުވެފައިވަނީ 84 އަހަރުގައި
 
މިކިނބުލަށް ވަނީ ސެޓާންގެ ނަން ދީފައި

އެޑޯލްފް ހިޓްލަރ ޕެޓެއްގެ ގޮތުގައި ގެންގުޅިފައިވާ ކަމަށް ބެލެވޭ ކިނބުލެއް މަރުވެއްޖެއެވެ.

މީޑީއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި 1946 ވަނަ އަހަރުން ފެށިގެން ގެންގުޅެފައިވާ މި ކިނބުލަށް ވަނީ ސެޓާންގެ ނަން ދީފައެވެ. މި ކިނބޫ މަރުވެފައިވަނީ މޮސްކޯގެ ޒުލެއްގައި އޮއްވަ އެވެ. މަރުވިއިރު އުމުރަކީ 84 އަހަރު ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މޮސްކޯ ޒުލުން ބުނެފައިވަނީ މި ކިނބޫ ގެންގުޅޭތާ 74 އަހަރު ވެފައިވާ ކަމަށާއި، ސެޓާންއަށް އަބަދު ވެސް ޚާއްސަ ސަމާލުކަމެއް ދީގެން ބަލަމުން ގެންދިޔަ ކަމަށެވެ. އަދި ބުރުހުން ކިނބުލުގެ ހަށިގަނޑުގައި މަސާޖް ކުރުމަށް އެއަށް ވަރަށް ކަމުދާ ކަމެއް ކަމަށާއި، ކިނބޫ ބަލަހައްޓާ މީހުން އެކިނބޫ ދެނެގަންނަ ކަމަށް ބުނެފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
100%
0%
ކޮމެންޓް