ކ. މާލެ
|
24 މެއި 2020 | އާދީއްތަ 08:56
ކޮށްކޮމެންގެ އީދު ޓީމުގެ މެމްބަރުން ރަށުގައި މާސްކް ބެހުމުގެ ހަރަކާތުގައި
ކޮށްކޮމެންގެ އީދު ޓީމުގެ މެމްބަރުން ރަށުގައި މާސްކް ބެހުމުގެ ހަރަކާތުގައި
ރާއްޖެއެމްވީ
ހިތަދޫ ކޮށްކޮމެންގެ އީދު ޓީމް
ހިތަދޫ ޒުވާނުންތަކެއް ނަމޫނާ ދައްކާލީ މިހެން!
 
މި ޓީމަށް ރަށުތެރޭގައި ނަންދެވިފައިވަނީ "ކޮއްކޮމެންގެ އީދު ޓީމު" ގެ ނަމުން
 
ސިއްޙީ މަރުކަޒަށްވެސް މާސްކް ހަދިޔާ ކޮށްފައިވޭ
 
ރަށުގެ ހުރިހާ ފިހާރަތަކަށާއި ޓާސްކްފޯހަށް މާސްކް ހަދިޔާ ކޮށްފައިވޭ

އަޅުގަނޑުމެންގެ ދިރިއުޅުން ބިނާވެފައި އޮންނަ ގޮތުން ވެރިކަންކުރާ މާލެ ސިޓީއަށް ގިނަބަޔަކަށް ހިޖުރަ ކުރަން މިވަނީ މަޖުބޫރުވެ ފައެވެ. ނަމަވެސް ރަށާއި ކިތަންމެ ދުރުގައި އުޅުނަސް ރަށަށް އޮންނަ ލޯބި ފަނޑެއް ނުވެއެވެ. އޭގެ ހެއްކަކީ މާލޭގައި ދިރުއުޅެމުންދާ ލ. ހިތަދޫގެ ޒުވާނުންނެވެ. ހިތަދޫގެ ތިރީހެއްހާ ޒުވާނުންގެ މައްޗަށް އެކުލެވޭ ޓީމަކުން އަންނަނީ ނަމޫނާ ދައްކަމުންނެވެ.

ފާއިތުވި 1440ވަނަ އަހަރުގެ އަޟްހާ އީދާއި ދިމާކޮށް މި ޒުވާނުން ވަނީ އެކިކަހަލަ ކުޅިވަރުތަކާއި، ކާޓޫން ކެރެކްޓަރތައް ހިމަނައިގެން ކުޑަ ކުދިންގެ ހަވީރެއް ބާއްވާ ތަފާތު ދައްކާލާފައެވެ. މި ކުޑަކުދިންގެ ހަވީރަށް ނަން ދީފައިވަނީ "ކޮއްކޮމެންގެ އީދު" ގެ ނަމުންނެވެ. ކާމިޔާބު ހަވީރަކަށް ފަހު މިހާރު މި ޓީމަށްވެސް ރަށުތެރޭގައި ނަންދެވިފައިވަނީ "ކޮއްކޮމެންގެ އީދު ޓީމު" ގެ ނަމުންނެވެ. އެ ޒުވާނުންގެ އަމާޒު މިހާރު ހުރީ ކޮވިޑް-19 ގެ މިހާލަތުގައި ރަށުގެ ރައްޔިތުންނަށް އެހީވެ ދިނުމަށެވެ.

ލ ހިތަދޫ "ކޮއްކޮމެންގެ އީދު ޓީމު" ބައެއް މެމްބަރުން

މި ޓީމުން އިސްނަގައިގެން ވަނީ ރަށުގެ ހުރިހާ ފިހާރަތަކަށާއި، ރަށުގައި ކޮވިޑް-19އާ ދެކޮޅަށް ހަރަކާތްތެރިވަމުން އަންނަ ޓާސްކުފޯހާއި، ސިއްހީ މަރުކަޒަށް މާސްކު ހަދިޔާ ކޮށްފައެވެ. މާސްކުތައް ރަބަރު ޕެކެޓެއްގައި ބަންދު ކޮއްފައިވާއިރު ކޮންމެ ޕެކެޓެއްގައި ޝުކުރުގެ ކުޑަ ނޯޓެއް ވަނީ ލިޔެފައެވެ. މާސްކުތަކަކީ ފޮތިން ފަހާފައިވާ މާސްކުކަމުން އެއްފަހަރަށްވުރެ ގިނައިން ދޮވެލައިގެން ބޭނުން ކުރެވޭނެ ކަމަށާއި، މީގެ އިތުރުން މާސްކަށް ކުރާ ހަރަދުތައްވެސް ކުޑަވެގެން ދާނެކަމަށް މި ހަރަކާތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއްފަރާތް ކަމަށްވާ އަހުމަދު ފަހީމު ފާހަގަކުރިއެވެ.

މާސްކުތައް ރަބަރު ޕެކެޓްގައި ބަންދުކޮށް، ޚާއްސަ ނޯޓެއް ލިޔެފައި،
"މާސްކު ހަދިޔާކުރުން އެއީ "ކޮއްކޮމެންގެ އީދު" ޓީމުގެ ހުރިހާ އެންމެންގެވެސް އެއްބާރުލުން ލިބިގެން ކުރިޔައްގެންދިޔަ ހަރަކާތެއް! އަދި މީގެ ސަބަބުން މާސްކު ގަތުމަށް ކުރާ ހަރަދުވެސް ކުޑަވާނެ، އަބަދުވެސް ވިސްނަން އަޅުގަނޑުމެންގެ ފަރާތުން ރަށަށް ކޮންމެވެސް ކަމެއް ކޮއްދެވޭތޯ! މިވަގުތަކީ ރަށުގެ ރައްޔިތުންނަށް އަޅުގަނޑުމެންގެ އެހީ ބޭނުންވާނެ ވަގުތެއްކަމުގައި ދެކިގެން ކުރިއައްގެންދެވުނު މަސައްކަތެއް މީ"
އަހުމަދު ފަހީމު

މި ޓީމަށް ނިސްބަތްވާ ގިނަ ބައިވެރިން މިވަގުތު ތިބީ ރަށުގައިކަމުން މި ހަރަކާތައް ހިންގުމަށް ވަރަށް ބޮޑެތި ފަސޭހަތަކެއްވެސް ވެގެންދިޔަ ކަމަށާއި މި ޓީމުގެ ހުރިހާ ޒުވާނުންގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ލިބިގެން ދިޔަކަން ވެސް ފަހީމު ފާހަގަކުރި އެވެ.

ކޮއްކޮމެންގެ އީދު ޓީމުން މާސްކް ބެހުމަށް ތައްޔާރު ކޮށްފައި

ފަހީމު އިތުރަށް ބުނީ، އަދިވެސް ގިނަ ހަރަކާތްތަކެއް ރާވަމުން އަންނަ ކަމަށެވެ. ރަށުގައި އެކާވީސް ފިހާރަ ހުންނަ އިރު މީގެން ކޮންމެ ފިހާރަޔަކަށްވެސް މިހާރު ވަނީ މާސްކު ހަވާލު ކުރެވިފައެވެ. އަދި ޓާސްކުފޯހަށް ހަދިޔާކުރި މާސްކުތައް ހަވާލު ކުރެވިފައިވަނީ ރަށުގެ ކައުންސިލް މެމްބަރު މުޙައްމަދު ފަރުހާދުއާއެވެ. މީގެ އިތުރުން، ސިއްހީމަރުކަޒަށް ހަދިޔާކުރި މާސްކުތަކާ ހަވާލުވެފައި ވަނީ ހިތަދޫ ސިއްހީމަރުކަޒުގެ ފަރާތުން ސީނިއަރ އެޑްމިނިސްޓްރޭޓަރ، ހެލްތު ސަރވިސް މުޙައްމަދު ޝިޔާޒުވެ. ޖުމުލަ ސަތޭކަ ފަސްދޮޅަހަށް ވުރެ ގިނަ މާސްކު މި ޓީމުން ވަނީ ރަށަށް ހަދިޔާކޮށްފަ އެވެ. ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖެއަށް ފެތުރިފައިވާ މިފަދަ ދަނޑިވަޅެއްގައި ހިތަދޫ ޒުވާނުން ދަނީ އެއްބައިވަންތަ ކަމުގެ ރީތި ނަމޫނާއެއް ދައްކަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
3%
90%
0%
0%
3%
3%
ކޮމެންޓް