ކ. މާލެ
|
24 މެއި 2020 | އާދީއްތަ 12:56
ޣައްޒާގައި ނިޔާވި މީހާ ވަޅުލުމަށް ގެންނަނީ
ޣައްޒާގައި ނިޔާވި މީހާ ވަޅުލުމަށް ގެންނަނީ
ރޮއިޓަރސް
ކޮވިޑް-19 ފަލަސްތީނުގެ ހާލަތު
ކޮވިޑް-19 ޖެހިގެން ފުރަތަމަ ފަހަރަށް ޣައްޒާގައި މީހަކު ނިޔާވެއްޖެ
 
ވެސްޓް ބޭންކުގައި މިހާތަނަށް އައިއިރު 423 މީހުންނަށް ވައިރަސް ޖެހިފައިވޭ
 
މިހާތަނަށް އައިއިރު ޣައްޒާއިން 55 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ

ކޮވިޑް-19 ޖެހިގެން ފުރަތަމަ ފަހަަރަށް ފަލަސްތީނުގެ ޣައްޒާއިން މީހަކު ނިޔާވެފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ޣައްޒާގައި ނިޔާވި މި މީހާއަކީ އަންހެނެކެވެ. ހަމާސްގެ ބެލުމުގެ ދަށުގައި އޮތް ޣައްޒާ ބަންދުވެފައި އޮތުމާއި ސިއްހީ ޚިދުމަތް ދިނުމަށް ގޮންޖެހުންތައް ކުރިމަތިވެފައިވާއިރު މިހާތަނަށް އައިއިރު ޣައްޒާއިން 55 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

އެހެންނަމަވެސް އިސްރާއީލުން ހިފާފައިވާ ވެސްޓް ބޭންކުގައި މިހާތަނަށް އައިއިރު 423 މީހުންނަށް ވައިރަސް ޖެހިފައި ވާއިރު 2 މީހުން ވަނީ މަރުވެފަ އެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާގޮތުގައި ނިޔާވެފައިވާ 77 އަހަރުގެ މީހާއަކީ މިސްރުގެ ބޯޑަރ ހުރަސްކޮށް މެއި މަހުގެ 19 ވަނަ ދުވަހު އައި މީހެކެވެ. އަދި އެމީހާ ހުރީ އޭރުއްސުރެ ކަރަންޓީނުގައި ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

ހަމާސް އިން ޣައްޒާ ހިންގަން ފަށާފައި ވަނީ 2007 ވަނަ އަހަރު އެވެ. އޭގެފަހުން މިސްރާއި އިސްރާއީލަށް ވަނުން މަނާކޮށްފައި ވާއިރު ޒަރޫރީ ބޭނުމަކަށް ނޫން ގޮތަކަށް އެ ދެތަނަން ނުވަދެވޭ ގޮތް ވަނީ ހަދާފަ އެވެ. ހުޅނަގު އައްސޭރީގެ ޞަރަހައްދުތައް އެއްކޮށް ލޮކްޑައުން ކޮށްފައި އޮތް ނަމަވެސް އަދި ޣައްޒާ އެއްކޮށް ލޮކްޑައުނެއް ނުކުރެ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް