ކ. މާލެ
|
24 މެއި 2020 | އާދީއްތަ 01:00
ރަންވީރު އިންސްޓަގްރާމްގައި އަޕްލޯޑް ކުރި ފޮޓޯ
ރަންވީރު އިންސްޓަގްރާމްގައި އަޕްލޯޑް ކުރި ފޮޓޯ
އިންސްޓަގްރާމް
ރަންވީރު ސިންގ ބޮލީވުޑް
ރަންވީރު ސިންގ ތަފާތު ގޮތަކަށް ފޭނުންނަށް ހާއި ކިޔާލައިފި!
 
އޭނާ ފެނިގެންދަނީ ވަރަށް ''ސްމަރޓް" ކޮށް
 
ފޭނުންނާއި ވަރަށް ހާއްސަ ގުޅުމެއް ބާއްވަމުން އަންނަ ތަރިއެއް
 
ރަންވީރު ސިންގ އަންނަނީ އަންހެނުން ދީޕިކާ އާއި އެކު ގޭގައި ވަގުތުތައް ހޭދަކުރަމުން

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އިންޑިއާ ވެސް ވަނީ ލޮކްޑައުން ކޮށްފައެވެ. ވައިރަހުގެ ސަބަބުން އިންޑިއާގެ ފިލްމު އިންޑަސްޓްރީ އަށް ވެސް ވަނީ ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފަ އެވެ. ފިލްމް ތަކުގެ ޝޫޓިންތައްވެސް ވަނީ މަޑުޖައްސާލާފައެވެ. އެހެން ކަމުން ގިނަ ތަރިން މިހާރު ވަގުތު ހޭދަކުރަމުންދަނީ އާއިލާއާއި އެކު ގޭގަ އެވެ. މި ލޮކްޑައުންގެ ސަބަބުން ބޮލީވުޑްގެ ތަރި ރަންވީރު ސިންގ ވެސް އަންނަނީ އަންހެނުން ދީޕިކާ އާއި އެކު ގޭގައި ވަގުތުތައް ހޭދަކުރަމުންނެވެ.

ރަންވީރު އަކީ ސޯޝަލް މީޑިޔާގައި އޭނާގެ ފޭނުންނާއި ވަރަށް ހާއްސަ ގުޅުމެއް ބާއްވާމުން އަންނަ ގިނަ ބައެއް ލޯބި ހޯދާފައިވާ ތަރިއެކެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ފޭނުންނަށް އޭނާގެ އެންމެ ފަހުގެ އަޕްޑޭޓްތައް ދިނުމަކީ ރަންވީރު އަބަދުވެސް ލޯބިކުރާ ކަމެކެވެ. ލޮކްޑައުންއާ އެކު ފޭނުންނާއި ބައްދަލު ނުވެ ވަނީ ގިނަ ދުވަސްތަކެއް ހޭދަވެފަ އެވެ. ރަންވީރު މިފަހަރު ފޭނުންނާއި ބައްދަލުކޮށްފައި މިވަނީ އިންސްޓަރގްރާމް މެދުވެރިކޮށެވެ. ރަންވީރު ވަނީ ހުކުރު ދުވަހުގެރޭ އޭނާގެ އިންސްޓަރގްރާމް މެދުވެރިކޮއް ފޭނުންނަށް ''ހާއި'' ކިޔާލާފަ އެވެ.

ސެލްފީއެއް އަޕްލޯޑްކޮށް، އެ ފޮޓޯގެ ކެޕްޝަން އަކަށް ޖަހާފައިވަނީ "ހާއި ލޯންގްޓައިމް" މިހެންނެވެ. މި ފޮޓޯގައި ރަންވީރު ފެނިގެންދަނީ "ރޮކީ ބަލްބޯ" ޖަހާފައިވާ ހުދުކުލައިގެ އަތްކެނޑި ޓީޝާޓެއް ލައިގެންނެވެ. ރަންވީރު، އެ ފޮޓޯގައި އައިނެއް އަޅައިގެން ހުރިއިރު އޭނާގެ ބޮލުގައި ނޫ ކުލައިގެ ތޮއްޕެއް އަޅާފައި ވެއެވެ. އާދައިގެ ވަރެއްގެ ތުބުޅިއަކާއިއެކު ރަންވީރު ފެނިގެންދަނީ ވަރަށްވެސް ''ސްމަރޓް'' ކޮށެވެ.

މިފޮޓޯއަށްފޭނުން ވަނީ ރަންވީރު ސިންގ އަށް އޮތް ލޯބި ކޮމެންޓްގެ ސެކްޝަންގައި އޮއްސާލާފަ އެވެ.

ފާއިތުވި ދުވަސް ތަކުގައި އޭނާގެ އިންސްޓަރގްރާމުން ފެނިގެން ދިޔައީ ކުރީގެ ފޮޓޯތަކެވެ. ބޮލީވުޑްގެ އެންމެ ކާމިޔާބު ތަރިންގެ ލިސްޓުގައި ހިމެނޭ ރަންވީރު ވަނީ ފޭނުންނާއި ލައިވް ޗެޓް މެދުވެރިކޮށް ސޯޝަލް ޑިސްޓެންސިންގ ބެހެއްޓުމާއި، ލޮކްޑައުންގެ އަމުރުތަކައް ކިޔަމަން ވުމަށް ހިތްވަރުދީ ނަސޭހަތްތެރިވެފަ އެވެ.

ރަންވީރު އޭނާގެ އިންސްޓަގްރާމްގައި އަޕްލޯޑް ކުރި ފޮޓޯ

ރަންވީރު ސިންގ ދެން އެންމެ އަވަހަށް ފެނިގެންދާނީ 1983 ވަނަ އަހަރު ކްރިކެޓް ވޯލްޑް ކަޕްގައި އިންޑިޔާއަށް ލިބުނު ކާމިޔާބީގެ މައްޗައް ބިނާކޮށް ކަބީރު ހާން ޑައިރެކްޓް ކޮއްފައިވާ ފިލްމް "83" އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް