ކ. މާލެ
|
24 މެއި 2020 | އާދީއްތަ 07:19
ޝްރައްދާ ކަޕޫރް
ޝްރައްދާ ކަޕޫރް
ގޫގުލް
މަލަންގްގެ ސީކުއަލް
"މަލަންގް" ގެ ސީކުއަލް އަށް ޝްރައްދާ
 
ޝްރައްދާގެ ބިޒީ ޝެޑިއުލްގެ ސަބަބުން ފުރަތަމަ މަލަންގް އަށް ނޫނެކޭ ބުނީ
 
މަލަންގް އެންމެ ފުރަތަމަ ހުށަހެޅީ ޝްރައްދާ އަށް

މިއަހަރު ގެ ފެބްރުއަރީ މަހު ރިލީޒްކޮށްފައިވާ ފިލްމު "މަލަންގް"ގެ ސީކުއަލެއް ހަދަން ނިންމާފައިވާކަން ފިލްމުގެ ޑައިރެކްޓަރު މޯހިތު ސުރީ އިއުލާނުކޮށްފައި ވާއިރު މި ސީކުއަލްގެ ބަތަލާގެ ރޯލުން ފެނިގެންދާނީ ޝްރައްދާ ކަޕޫރު ކަމަށް ޚަބަރުތައް ބުނެފި އެވެ.

މީގެ ކުރިން ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި މޯހިތު ވަނީ "މަލަންގް" ގެ އެންމެ ފަހު މަންޒަރުގައި އިވިގެން ދަނީ ކާކުގެ އަޑެއްކަން އިނގޭތޯ ސުވާލުކޮށްފަ އެވެ. މި އަޑަކީ ޝްރައްދާ ކަޕޫރް ގެ އަޑުކަން މިހާރު ވަނީ ޔަގީންވެފަ އެވެ. އެހެންކަމުން ސީކުއަލުން ޝްރައްދާ ފެނުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވެއެވެ.

ބޭރުގެ ބައެއް ޚަބަރުތައް ބުނާގޮތުގައި މަލަންގް އެންމެ ފުރަތަމަ ޝްރައްދާ އަށް ހުށަހެޅި ނަމަވެސް އޭނާގެ ބިޒީ ޝެޑިއުލްގެ ސަބަބުން އޭނާ ވަނީ ފިލްމަށް ނޫނެކޭ ބުނެފައެވެ. އެހެންކަމުން ދިޝާ ޕާޓްނީ އާއި އަދިތުޔާ ރޯއި ކަޕޫރު ހަމަޖެއްސީއެވެ.

މަލަންގް އަކީ ދިޝާ އާއި އަދިތުޔާ އެކުގައި ސްކްރީނުން ފެނިގެންދިޔަ ފުރަތަމަ ފިލްމުކަން ވެސް ފާހަގަކޮށްލެވެ އެވެ.

"މަލަންގް 2" އިން އަދިތުޔާ ފެންނާނެކަން ވަނީ ކަށަވަރުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް