ކ. މާލެ
|
6 އޭޕްރިލް 2017 | ބުރާސްފަތި 12:33
މީލޯތްބަކީގެ ޕޯސްޓަރެއް
މީލޯތްބަކީގެ ޕޯސްޓަރެއް
ފޭސްބުކް
މީ ލޯތްބަކީ
މީ ލޯތްބަކީ ރިލީޒް ކޮށްފި
 
ފިލްމު ރިލީޒް ކޮށްފައިވަނީ ބުދަދުވަހުގެރޭ އޮލިމްޕަހުގައި

ޑާކްރެއިން އެންޓަރޓެއިންމަންޓްގެ "މީ ލޯތްބަކީ" ފިލްމް ރިލީޒްކޮށްފިއެވެ.

ފިލްމު ރިލީޒް ކޮށްފައިވަނީ ބުދަދުވަހުގެ ރޭ އޮލިމްޕަހުގައެވެ.

އަށާރަ އަހަރުން މަތީގެ މީހުންނަށް ހާއްސަ "މީ ލޯތްބަކީ" އަކީ ޑައިރެކްޓަރ އަލީ ޝީފާއު(ޗިއްޕެ) އާއި އައިޝަތު ފުއާދު ތައުފީގުގެ ސްކްރީން ޕްލޭއަކަށް ޗިއްޕެ ޑައިރެކްޓް ކޮށްފައިވާ ރޮމެންޓިކް ކޮމެޑީ ފިލްމެކެވެ.

މީ ލޯތްބަކީ އަކީ ބެލުންތެރިން ހެތްވާލާނެފަދަ ތަފާތު ކޮމެޑީ ފިލްމެއް ކަމަށާއި ޑާކްރެއިންގެ އެހެން ފިލްމްތަކާއި މުޅިން ތަފާތު ފިލްމެއް ކަމަށް މި ފިލްމްގެ ޕްރޮޑިއުސަރ މުހައްމަދު އަލީ (މޯގާ) ބުންޏެވެ.

މީ ލޯތްބަކީގައި މަޝްހޫރު ގިނަ ފަންނާނުންތަކެއް ފެނިގެންދާއިރު ލީޑް ރޯލުން ފެނިގެންދާނީ ޖުމައްޔިލް އަދި އައްޒަ އެވެ.

ޑާކް ރެއިންގެ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވާ ފިލްމަކީ "ވާށޭ މަށާއެކީ" އެވެ.

މި ފިލްމަކީ މިހާތަނަށް އޮލިމްޕަހުގައި އެންމެ ގިނަ ހައުސްފުލް ޝޯތަކެއް އަޅުވާފައިވާ އެއް ފިލްމެވެ.މީ ލޯތްބަކީ އަކީ މިއަހަރު މިހާތަނަށް އޮލިމްޕަހުގައި އަޅުވާ ތިންވަނަ ފިލްމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް