ކ. މާލެ
|
23 މެއި 2020 | ހޮނިހިރު 20:56
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ
މަޖިލިސް ރައީސް އީދުގެ ތަހުނިޔާ ފޮނުއްވުން
މަޖިލިސް ހިންގުމުގައި މެންބަރުން ދެއްވާ އެއްބާރުލުމަކީ ރައްޔިތުންނަށް ދެވޭ އީދު ހަދިޔާއެއް: މަޖިލިސް ރައީސް
 
މެންބަރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަ ކުރެއްވި
 
ރައީސް ވަނީ މެންބަރުންނަށް ޝުކުރު އަދާކުރައްވާފައި

ރައްޔިތުންގެ މަޖިލިސް ހިންގުމުގައި މެންބަރުން ދެއްވާ އެއްބާރުލުމަކީ މެންބަރުންގެ ފަރާތުން ރައްޔިތުންނަށް ދެވޭ އީދު ހަދީޔާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދިުވަހު މަޖިލީސް ޓުވިޓަރ މެދުވެރިކޮށް މަޖިލީހުގެ ރައީސް އީދު ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވާ މެސެޖްގައި އެމަނިކުފާނު ވަނީ މެންބަރުން ވަގުތު ދެއްވައި ސާބިތުކަމާއިއެކު ނުކުންނަވާ ކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަ ކުރައްވާފައެވެ. އަދި މަޖިލިސް ހިންގުމުގައި މެންބަރުން ދެއްވާ އެއްބާރުލުމަކީ ރާއްޖޭގެ ރައްޔިތުންނަށް ދެވޭ އީދުގެ ތަހުނިޔާއާއި އީދު ހަދިޔާއެއް ކަމަށް ވިދާޅުވިއެވެ.

މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އެންމެހާ މެންބަރުންނަށް ފިތުރު އީދުގެ ތަހުނިޔާ އާއި މުބާރިކްބާދީ ދަންނަވާފައެވެ. އޭގެއިތުރުން މަޖިލިސް ރައީސް ވަނީ މަޖިލީހުގެ ހީވާގި މުވައްޒަފުން ކުރައްވަމުންގެންދަވާ މަސައްކަތަށް ފަށްފަށުން ޝުކުރު އަދާކުރައްްވާފަ އެވެ.

ރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންގޮސްފައިވަނީ "ވާޗުއަލް" ކޮށެވެ. އަދި މެދުކެނޑުމެއް ނެތި ރައްޔިތުންގެ މަޖިލީހުން އޮންލައިންކޮށް، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތައް ބާއްވާ މަޖިލީހުން ގެންދަނީ މި ހައްސާސް ދަނޑިވަޅުގައިވެސް ނިންމަން ޖެހޭ މިހިއްމު ނިންމުންތައް ނިންމަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް