ކ. މާލެ
|
23 މެއި 2020 | ހޮނިހިރު 15:12
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު؛ މިހާތަނަށް 69 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައިވޭ
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު؛ މިހާތަނަށް 69 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައިވޭ
އެންއީއޯސީ
އިންކަމް ސަޕޯޓް އެލަވަންސް
އިންކަމް ސަޕޯޓް އެލަވަންސް 69 ފަރާތަކަށް ދީފި
 
އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މީހަކަށް ދޫކުރަނި 5000 ރުފިޔާ
 
އިންކަމް ސަޕޯޓް އެލަވަންސް ދޭން ފަށާފައިވަނި މި މަހުގެ 20 ވަނަ ދުވަހު
 
290,131 ރުފިޔާ ވަނީ މިހާތަނަށް ދޫކޮށްފައި

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ކަނޑައަޅާފައިވާ އިކޮނޮމިކް ރިލީފް ޕެކޭޖުގެ ދަށުން 69 ފަރާތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އިންކަމް ސަޕޯޓް އެލަވަންސަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން 69 މީހަކަށް ދޭން ފަށާފައިވާ ކަމަށެވެ.

އިންކަމް ސަޕޯޓް އެލަވަންސް ދޭން ފަށާފައި ވަނި މި މަހުގެ 20 ވަނަ ދުވަހު އެވެ. އެގޮތުން 69 ފަރާތަކަށް 290,131 (ދެ ލައްކަ ނުވަދިހަ ހާސް ސަތޭކަ ތިރީސް އެކެއް) ރުފިޔާ ވަނީ ދީފަ އެވެ. މިއީ 5000 ރުފިޔާގެ މަގުންނެވެ.

މެއި މަހުގެ 13 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައިވާ،އިންކަމް ސަޕޯޓް އެލެވެންސްދިނުމާއި ގުޅޭ އުސޫލުގައި ވާގޮތުން، މި އެލެވަންސް ދިނުމަށް ހަމަޖެހިފައި ވަނީ 1 މާރޗް 2020ގެ ފަހުން ވަޒީފާއިން ވަކިކޮށް ނުވަތަ ސަސްޕެންޑް ކޮށްފައިވާ ފަރާތްތަކަށާއި، މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް ފޮނުވާފައިވާ ފަރާތްތަކާއި މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިިކޮށްފައިވާ ފަރާތްތަކަށެވެ.

އިންކަމް އެލެވެންސްގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ އެލެވަންސްތައް:

- ވަޒީފާއިން ވަކިކުރެވިފައިވާ ނުވަތަ ސަސްޕެންޑް ކުރެވިފައިވާ ފަރާތެއްނަމަ، މަހަކު -/ 5,000 (ފަސްހާސް) ރުފިޔާ

- މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯގޭ ލީލް) އަށް ފޮނުވައިފައިވާ ފަރާތެއްނަމަ، މަހަކު -/ 5,000 (ފަސްހާސް) ރުފިޔާ

- މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތެއްނަމަ، އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށް ފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ -/ 5,000 (ފަސްހާސް) ރުފިޔާއަށް ވުރެ ދަށް އަދަދެއްނަމަ، -/ 5,000 (ފަސްހާސް) ރުފިޔާއިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދު.

އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، އެލަވަންސް ދިނުމުގައި، ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއްލިބޭ ފަރާތެއް ނަމަ، އެ ފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5,000ރ. އަށްވުރެ ދަށް އަދަދެއް ނަމަ، 5,000ރ. އިން އެ އަދަދު އުނިކުރުމުން ބާކީ އޮންނަ އަދަދާ އެއްވަރުގެ އަދަދެއް، އެ ފަރާތަކަށްފޯރުކޮށް ދެވޭނެ އެވެ.

އެލަވަންސް ދިނުމަށް ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެހެން އާމްދަނީއެއް ލިބޭ މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5,000ރ. ނުވަތަ އެއަށްވުރެމަތީ އަދަދެއް ނަމަ، އެ ފަރާތަކީ، އެލަވަންސް އުސޫލުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތެއް ކަމުގައެއް ނުބެލެވޭނެ އެވެ.

އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ދެވޭ އިންކަމް ސަޕޯޓް އެލަވަންސް ލިބޭ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި 18 އަހަރާއި 65 އަހަރާއި ދެމެދުގެ ފަރާތަކަށްވުން ހިމެނެ އެވެ. އޭގެ އިތުރުން މި އެހީ ލިބޭ ފަރާތްތަކުން، ސަރުކާރުން ހިންގާ ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެ ތެރެއިން ކަނޑައެޅޭ ޕްރޮގުރާމެއްގައި ބައިވެރިވެ، އެ ފުރިހަމަ ކުރުމަށް އެއްބަސްވާންޖެހެ އެވެ. އަދި ޖޮބް ސެންޓަރު މެދުވެރިކޮށް ވަޒީފާއެއް ނުވަތަ މަސައްކަތެއް ހޯދައިދެވިއްޖެނަމަ އެކަމެއް ކުރުމަށް އެއްބަސްވާ މީހެއްކަމުގައިވެސް ވާންޖެހެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
100%
0%
0%
0%
0%
0%
ކޮމެންޓް