ކ. މާލެ
|
23 މެއި 2020 | ހޮނިހިރު 14:03
ބްރެޒިލްގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުން ވަޅުލަނީ
ބްރެޒިލްގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުން ވަޅުލަނީ
ރޮއިޓަރސް
ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19
ކޮވިޑް-19 މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ސަރަހައްދަކަށް ދެކުނު އެމެރިކާ
 
އެފްރިކާގެ ގައުމުތަކުގެ ތެރެއިން 9 ގައުމަކުން ވަނީ ފާއިތުވި ހަފްތާގައި ކޭސްތައް ފެންނަލެއް 50 އިންސައްތަ އިތުރުވެފަ
 
އެފްރިކާ ސަރަހައްދުން ވައިރަސް ޖެހިގެން 3100 މީހުން މިހާތަނަށް އައިއިރު މަރުވެފައިވޭ
 
އެފްރިކާގެ ގައުމުތަކުން ފެންނަ ކޭސްތައް ކުރިޔަށް ބަލާއިރު ދަށް

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 މިވަގުތު އެންމެ ހަލުވި މިނުގައި ފެތުރެމުންދާ ހިސާބަކީ ދެކުނު އެމެރިކާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ބުނެފި އެވެ.

ބްރެޒިލްގައި ހަލުވިކަމާއެކު ވައިރަސް ފެތުރެމުން ދިޔުމާއެކު މިވަގުތު އެންމެ ހާލަތު ގޯސް ހިސާބަކަށް ވެގެން ގޮސްފައި ވަނީ ދެކުނު އެމެރިކާ އެވެ. މީގެއިތުރުން ޑަބްލިޔުއެޗްއޯ އިން ބުނެފައި ވަނީ އެފްރިކާގެ ގައުމުތަކުން ފެންނަ ކޭސްތައް ކުރިޔަށް ބަލާއިރު ދަށްކަމަށާއި މަރުވާ މީހުންގެ އަދަދުތައްވެސް ދަށް ކަމަށެވެ.

ކޮވިޑް-19 ފެތުރޭ މިންވަރު އެފްރިކާ ބައްރުގައި މިވަނީ އެހެން ހިސާބަކަށް ގެންގޮސްފައި. މިހާރު މުޅި އެފްރިކާ ބައްރުން ލައްކަ އަކަށްވުރެ ގިނަ މީހުންނަށް ވަނީ ވައިރަސް ޖެހިފައި. އެންމެ ފުރަތަމަ އެފްރިކާ ބައްރުން ވައިރަސް ފެނުނު ކަން މީގެ 14 ހަފްތާކުރިން އެނގިގެން ދިޔައިރު މިހާރު މިބައްރުގެ ހުރިހާ ގައުމަކަށް ވަނީ ވައިރަސް ފެތުރިފައި.
ޑަބްލިޔުއެޗްއޯގެ ބަޔާން

ޑަބްލިޔުއެޗްއޯއިން ބުނީ މުޅި އެފްރިކާ ސަރަހައްދުން ވައިރަސް ޖެހިގެން 3100 މީހުން މިހާތަނަށް އައިއިރު މަރުވެފައިވާ ކަމަށެވެ.

އެފްރިކާ ބައްރަށް ޑަބްލިޔުއެޗްއޯއިން ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑައިރެކްޓަރ ޑރ މަޓްޝިޑިސޯ މޮއިޓީ ވިދާޅުވީ ކޮވިޑް-19 އެފްރިކާ ބައްރަށް އެހާ ބޮޑަށް ފެތުރެމުންނުދާ ކަމަށާއި ދުނިޔޭގެ އެހެން ހިސާބުތަކަށް ބަލާއިރު ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދުތައް ވެސް މަދު ކަމަށެވެ.

އަހަރުމެން އެހެންނަމަވެސް މިއަދަދުތަކަށް ބަލައިގެން ފަރުވާ ކުޑަކޮށްގެން ނުވާނެ. ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ ވައިރަސް ޖެހިއްޖެނަމަ އަހަރުމެންގެ ސިއްހީ ނިޒާމު އޮތީކީ އެކަމަށް ކުރިމަތި ލެވޭފަދަ ހާލަތެއް ގައެއް ނޫން.
ޑރ މަޓްޝިޑިސޯ މޮއިޓީ

ޑަބްލިޔުއެޗްއޯ އިން ބުނާގޮތުގައި އެފްރިކާ ބައްރުގެ ދެ ބައިކުޅަ އެއް ބައި އާބާދީއަށް ވަނީ ވައިރަސްގެ އަސަރުކޮށްފަ އެވެ. އެފްރިކާގެ ގައުމުތަކުގެ ތެރެއިން 9 ގައުމަކުން ވަނީ ފާއިތުވި ހަފުތާގައި ކޭސްތައް ފެންނަލެއް 50 އިންސައްތަ އިތުރުވެފަ އެވެ. އެހެން ހިސާބުތަކުގައި ވަނީ އަދަދުތައް ދަށަށްދާން ފަށާފަ އެވެ.

މަދުން މީހުން މަރުވާ ސަބަބެއްކަމަށް ލަފާ ކޮށްފައި ވަނީ އެފްރިކާ ބައްރުގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ 18 އަހަރާއި އެއަށްވުރެ ދަށްވުން ކަމަށް ޑރ މައިކް ރިޔާން ވަނީ ވިދާޅުވެފަ އެވެ. އެހެންނަމަވެސް ވައިރަސް ހަލުވި މިނުގައި ފެތުރިގެން ހިނގައިދާނެތީ އެކަމުގެ ކަންބޮޑުވުން ޑރ މައިކް ވަނީ ފާޅުކުރައްވާފަ އެވެ. ވަކިން ޚާއްސަކޮށް އައިސީޔޫ އާއި އޮކްސިޖަން އަދި ވެންޓިލޭޓަރގެ ޚިދުމަތް ދޭން އުނދަގޫވާނެ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އަނެއްކޮޅުން ޑރ މައިކް ވިދާޅުވީ ބްރެޒިލް އެއަންނަނީ ދެކުނު އެމެރިކާގައި އެންމެ ހާލަތު ގޯސް ހިސާބަށް ކަމަށެވެ. ބްރެޒިލްގައި ވައިރަސް ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންކުރާ އެންޓި މެލޭރިއާ ބޭހަށް އިޝާރާތް ކުރައްވާ ޑރ މައިކް ވިދާޅުވީ އެބޭހުން ލިބޭ ގެއްލުންތަކަށް ބަލާއިރު އެއީ ބޭނުންކުރަން ރަނގަޅު ބޭހެއް ނޫންކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް