ކ. މާލެ
|
23 މެއި 2020 | ހޮނިހިރު 13:10
ރަންވީރުގެ ފޭނެއް އޭނާގެ މޫނަށް ގެންނަ ބަދަލުތައް އެމޯޖީއަކާއި ގުޅުވާފައި
ރަންވީރުގެ ފޭނެއް އޭނާގެ މޫނަށް ގެންނަ ބަދަލުތައް އެމޯޖީއަކާއި ގުޅުވާފައި
ބޮލީވުޑް ލައިފް
ބޮލީވުޑް
ރަންވީރު ސިން މޫނަށް ގެންނަ ކޮންމެ ބަދަލެއް އިމޯޖީއަކާ ގުޅުވާލެވޭ
 
ރަންވީރުގެ ޑައިހާޑް ފޭނެއްވަނީ ޓްވިޓަރ ގައި މިކަމަށް ޚާއްސަކޮށް ތްރެޑެއް ކުރިޔަށް ގެންގޮސްފައި

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ރަންވީރު ސިންގ އަކީ ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ތަރިއެކެވެ. ވަކިން ޚާއްސަކޮށް އޭނާގެ ސަކަ މިޒާޖާއި އެކި މުނާސަބަތުތަކުގައި އޭނާ ގެންގުޅޭ ހީސަމާސާ ކުރުމުގެ ގޮތްތަކަކީ ބެލުންތެރިންނަށް ވަރަށް ކަމުދާ ކަންކަމެވެ.

އެހެންނަމަވެސް ރަންވީރުގެ މޫނަށް ގެންނަ ކޮންމެ ބަދަލެއް އިމޯޖީއަކާއި ގުޅުވާލެވޭނެ ކަމަށް ވިސްނާލީ ތީގެ ތެރެއިން ކިތައް ބޭފުޅުންތޯ؟ ރަންވީރުގެ މޫނަށް ގެންނަ ބަދަލުތައް އިމޯޖީ ތަކާއި ގުޅުވާލެވެއޭ ބުނުމުން އަދި އެކަން ގަބޫލުކުރަން އެހާ ފަސޭހަވެސް ނުވެދާނެ އެވެ. އެހެންނަމަވެސް ހަގީގަތުގައިވެސް މިވަނީ އެކަން މީހަކު ސާބިތުކޮށްދީފަ އެވެ.

ރަންވީރު ސިންގ ގެ ޑައި ހާޑް ފޭނެއް ޓްވިޓަރ ގައި ވަނީ މިކަން ސާބިތުކޮށްދީފަ އެވެ. އެކި އިންޓަރވިއު ތަކާއި ފޮޓޯޝޫޓްތަކާއި އިވެންޓްތަކާއި ފިލްމުތަކުގައި ރަންވީރުގެ މޫނަށް ގެނެސްފައިވާ އަސަރުތައް ވަނީ އެމޯޖީ އަކާ ގުޅުވާ ޓްވިޓަރ ގައި ތްރެޑެއް ކުރިޔަށް ގެންގޮސްފަ އެވެ. ކޮންމެ އަކަސް ރަންވީރުގެ ފޭނުންނަށް މިއީވެސް ކަމުދާނެ ކަމަކަށް ވާނެތާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
100%
0%
0%
0%
0%
0%
ކޮމެންޓް