ކ. މާލެ
|
24 މެއި 2020 | އާދީއްތަ 11:08
ފްލައިޓު ވެއްޓުނު ސަރަހައްދުގައި ރެސްޕޮންސް ޓީމުތަކުން ހަރަކާތްތެރިވަނީ
ފްލައިޓު ވެއްޓުނު ސަރަހައްދުގައި ރެސްޕޮންސް ޓީމުތަކުން ހަރަކާތްތެރިވަނީ
އޭޕީ
ޕާކިސްތާނުގެ ފްލައިޓެއް ވެއްޓުނު ހާދިސާ
"ވަށައިގެން އިވުނީ ވޭނީ ހަޅޭކުގެ އަޑުތައް، މުޅި ތަނުގައި ހުރީ އަލިފާނުގެ އަސަރު"
 
ފްލައިޓް ދުއްވަމުންވެސް ދިޔައީ އާދައިގެ ގޮތަކަށް
 
މި ހާދިސާގެ ތަހުޤީޤުވެސް މިހާރު ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ފަށާފަ
 
ފްލައިޓުން ދަތުރުކުރި 2 މީހަކު މިހާތަނަށް ސަލާމަތް ވެފައިވޭ

ޕާކިސްތާނުގެ ސިންދް ޕްރޮވިންސުގެ ވެރިރަށް ކަރާޗީ އަށް ހުކުރު ދުވަހުގެ ވަގުތެއްގައި ފްލައިޓެއް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 97ށް އަރާފައި ވާއިރު، ފްލައިޓުން ދަތުރުކުރި 2 މީހަކު މިހާތަނަށް ސަލާމަތް ވެފައިވާކަން ވަނީ ކަށަވަރު ކުރެވިފަ އެވެ. އެގޮތުން މި ހާދިސާއިން ހަނި ގޮތަކަށް ސަލާމަތްވި މުޙައްމަދު ޒުބައިރު ވަނީ އޭނާގެ މި ބިރުވެރި ތަޖުރިބާ މީޑިއާތަކާ ހިއްސާކޮށްފަ އެވެ.

ޒުބައިރުއާ ޙަވާލާދީ ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން ފްލައިޓް ވެއްޓުނީ ލޭންޑް ކުރަން އުޅުމުގެ 10 ވަރަކަށް މިނެޓް ފަހުންނެވެ. އެގޮތުން ފްލައިޓް ވެއްޓެން އުޅޭ ކަމުގެ ހިލަމެއްވެސް ނުވާ ކަމަށާއި، ފްލައިޓް ދުއްވަމުންވެސް ދިޔައީ އާދައިގެ ގޮތަކަށް ކަމަށް އޭނާ ބުނެފައިވެ އެވެ.

ފްލައިޓް ވެއްޓުނު ވަގުތު އޭނާގެވެސް ހެއަށް ގޮތްވި ކަމަށާއި، ހޭވެރިކަންވީ އިރު ވަށައިގެން އިވެމުން ދިޔައީ ވޭނީ ހަޅޭކުގެ އަޑުތައް ކަމަށް އޭނާ ބުންޏެވެ. އަދި އެވަގުތު އަލިފާނުގެ އަސަރު ނޫން އެއްޗެއް ނުފެންނަ ކަމަށާއި، ކުޑަކުދިންނާއި ބޮޑެތި މީހުންގެ ރުއިމާއި ހަޅޭކުގެ އަޑު މުޅި ސަރަޙައްދުގައި ގުގުމާލާފައިވާ ކަމަށް އޭނާ ބުނެފައިވެ އެވެ.

ޒުބައިރު ބުނި ގޮތުގައި އޭނާގެ ސީޓު ބެލްޓް ނައްޓާލުމަށް ފަހު، ނުކުމެވޭނެ ގޮތެއް ހޯދުމަށް އޭނާވެސް އަވަސްވެގަތެވެ. އެގޮތުން އޭނާގެ ފުރާނަ ސަލާމަތްވީ 10 ފޫޓު މަތިން ފުއްމާލައި، ވަގުތު އޮއްވައި ރައްކާތެރިކަމާ އެކު ފްލައިޓުން ބޭރުވެވުމުން ކަމަށް އޭނާ ބުންޏެވެ.

ޒުބައިރުއަށް ހަނި ގޮތަކަށް ސަލާމަތް ވެވުނު ނަމަވެސް، މި ހާދިސާގައި މަރުވި މީހުންގެ ހަށިގަނޑުތައް ނެގިއިރު، މަރުވެފައި ތިބި ގިނަ ފަސިންޖަރުން ތިބީ ސީޓް ބެލްޓްވެސް އަޅައިގެން ކަމަށް ފްލައިޓް ވެއްޓުނު ސަރަހައްދުގައި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ސަފްރާޒް އަހުމަދު ބުނެފައި ވެއެވެ.

ފްލައިޓު ވެއްޓުނު ސަރަހައްދުގައި އެއްކޮށް ހަލާކުވެ، ގެއްލުންފައިވާ ގެއެއް

މަންޒަރު ދުއް މީހަކު ބީބީސީއަށް ކިޔާދީފައިވާ ގޮތުގައި މި ހާދިސާ ހިނގި ވަގުތު އޭނާ ހުރީ އެ ސަރަޙައްދުގަ އެވެ. އެގޮތުން ބާރު އަޑުފައްގަނޑަކާ އެކު ފްލައިޓް ވެއްޓުނު އިރު، އެތަނުގައި ހުރި ހަތަރު ގެއެއް ބިމާ ހަމަވި މަންޒަރު ދުއްކަމަށް އޭނާ ބުންޏެވެ. އަދި އެއީ ހައްތަހާވެސް އޭނާގެ ގާތް އަވައްޓެރިންނަށް ވުމާއެކު، ލިބިގެން ދިޔަ ބިރުވެރިކަމާއި ހިތްދަތިކަން ބަޔާންކުރަން ވެސް ދަތިކަމަށް އޭނާ ބުންޏެވެ.

ޕައިލެޓްގެ ފަހުބަސް: މޭޑޭ! މޭޑޭ!

ފްލައިޓް ވެއްޓުނު ވަގުތު އެއަރ ޓްރެފިކް ކޮންޓްރޯލާއި ފްލައިޓުގެ ކެޕްޓަނާ ދެމެދު ދެކެވުނު ވާހަކަތައް ޕާކިސްތާނުގެ މީޑިއާތަކުން ދުރަށް ދައްކާފައި ވާއިރު، އެ އޯޑިއޯގައި ފްލައިޓުގެ އިންޖީނަށް މައްސަލައެއް ޖެހުނުކަމަށް ޕައިލެޓް ބުނާ އަޑު އިވެއެވެ. އެހިސާބުން އެއަރ ޓްރެފިކް ކޮންޓްރޯލުން ލޭންޑް ކުރާނެ ގޮތަކާމެދު ސުވާލުކުރި ވަގުތު ދެން އިވިގެން ދިޔައީ 3 ފަހަރު "މޭޑޭ" އޭ ގޮވާ ޕައިލެޓް ހަޅޭއްލަވައިގަތް އަޑެވެ.

މި ހިތާމަވެރި ހާދިސާގެ ތަހުޤީޤުވެސް މިހާރު ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ފަށާފައިނވާއިރު، މި ހާދިސާގައި މަރުވެގެން ދިޔަ މީހުންގެ އާއިލާތަކަށް ކެތްތެރިކަމާއި ތައުޒިޔާގެ މެސެޖުތައް ދަނީ އޮހެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި
ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ދިވެހި ސިފައިންނަށް ގެދޮރުވެރިކަން ޔަގީންކޮށްދޭނަން: ރައީސް މުއިއްޒު