އާދީއްތަ 20 ސެޕްޓެންބަރ 2020
14 އުތުރަ
1442 ސަފަރު 02
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
އިރުއޮއްސޭ 18:05
އިޝާ 19:16
ރޯދަ ބަދިގެ 1441

އެލްމަންޑް މިލްކު

  • އެލްމަންޑަކީ ހުހަށް ކާލަންވެސް މީރު އެއްޗެއް
  • އެލްމަންޑް ޗޮކްލެޓް މިލްކު ތައްޔާރުކުރަން ބޭނުންނަމަ ކޮކޯޕައުޑަރ ބޭނުން ކޮށްލެވިދާނެ
  • ސްޓްރޯބެރީ ރަހަ ގެންނަނަ ބޭނުންނަމަ ސްޓްރޯބެރީ މިލްކު ބޭނުން ކޮށްލެވިދާނެ

ކ. މާލެ | 23 މެއި 2020 | ހޮނިހިރު 11:59 | 2,029

އެލްމަންޑް މިލްކު - މިއީ ވަރަށް ގިނަ ވިޓަމިން އާއި ނިއުޓްރިއެންޓް އެކުލެވިގެންވާ އެއްޗެއް - ހެޕީއައިލެންޑްވެގަން.ކޮމް

ބޭނުންވާ ތަކެތި

  • 1 ޖޯޑު އަލްމަންޑް
  • 4 ޖޯޑު ފެން
  • 1 ސަމުސާ ވެނީލާ އެސެންސް
  • 1 ކަދުރު
  • ލޮނު (އިނގިލި ކޮޅުން ނަގާލެވޭ ވަރުގެ)

ތައްޔާރުކުރާނެ ގޮތް

އެލްމަންޑް ހޫނު ފެނަށް އަޅާފައި 2 ގަޑިއިރު ބަހައްޓާށެވެ. ނޫނީ ފެން އަޅާފައި އެއްރޭ ވެސް ބެހެއްޓިދާނެއެވެ. ދެން މި ގޮތަށް ބެހެއްޓުމަށް ފަހު ފެން އުކާލާފައި، ރީތި ފެނުން ރަނގަޅަށް ދޮވެލާށެވެ.

އެއަށްފަހު މިކްސަރަށް އެޅުމަށް ފަހު، ލޮނު، ވެނީލާ އެސެންސް، ކަދުރު އަޅައިގެން ގިރާލާށެވެ. ގިރާނީ އެންމެ ހައި ސްޕީޑުގައެވެ. މިގޮތަށް 2 މިނެޓް ވަރު ގިރާލެވޭއިރު ހުންނާނީ ބޭނުންވާ ވަރަށް އޮމާން ވެފައެވެ.

ދެން ފުރޭންޏެއްގެ މަތީގައި ހުދު ފޮތިކޮޅެއް އަޅާފައި، ފުރާނާލާށެވެ. ދެން އެލްމަންޑް ކިރާއި ދެން ހުރި ބައިތައް ވަކިވާނެއެވެ. ކިރު ފެލުމަށް ފަހު، ފުޅިއަކަށް އަޅައި ފިނިކޮށްލާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.