ހޯމަ 21 ސެޕްޓެންބަރ 2020
01 އަތަ
1442 ސަފަރު 03
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
އިރުއޮއްސޭ 18:05
އިޝާ 19:16
ލޮކްޑައުންއާ ހިލާފުވުން

ލޮކްޑައުންގެ އަމުރާ ހިލާފު ވެގެން ހުކުރު ދުވަހު އެކަނި ވެސް މާލެ ސިޓީން 12 މީހުން ހައްޔަރު ކޮށްފި

  • ހުކުރު ދުވަހު މާލެއިން 7، ހުޅުމާލެއިން 5 މީހަކު ހައްޔަރު ކޮށްފައިވޭ
  • މިހާތަނަށް 4918 މީހުން ޖޫރިމަނާ ކޮށްފައިވޭ
  • މާލެ ސިޓީ ލޮކްޑައުން ކުރީ އޭޕްރީލް މަހުގެ 15 ގައި

ކ. މާލެ | 23 މެއި 2020 | ހޮނިހިރު 09:41 | 3,236

މަގުމަތިން މީހަކު ހުއްޓުވައިގެން ފުލުހަކު ޗެކް ކުރަނީ؛ ލޮކްޑައުންގެ ހާލަތުގައި ބޭރަށް ނުކުމެވޭނީ ޚާއްސަ ހުއްދައެއްގެ ދަށުން - ޕޮލިސް

ލޮކްޑައުންގެ އަމުރާ ހިލާފު ވެގެން ހުކުރު ދުވަހު އެކަނި ވެސް މާލެ ސިޓީން 12 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ހުކުރު ދުވަހު މާލެއިން 7 މީހުންނާއި، ހުޅުމާލެއިން 5 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި ވިލިމާލެއިން އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ހުކުރު ދުވަހު ހައްޔަރު ކުރި 12 މީހުންނާއެކު، މިހާރު ޖުމުލަ 272 މީހަކު މާލެ ސިޓީން ހައްޔަރު ކޮށްފައި ވެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ ހުކުރު ދުވަހު މާލެ ސިޓީން 115 މީހަކު ލޮކްޑައުންގެ އަމުރާ ހިލާފުވެގެން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެއީ މާލެއިން 85 މީހުންނާއި، ހުޅުމާލެއިން 29 މީހުން އަދި ވިލިމާލެއިން އެކަކެވެ.

އެގޮތުން މިހާތަނަށް މާލެއިން 4248 މީހަކު، ހުޅުމާލެއިން 570 އަދި ވިލިމާލެއިން 100 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ. އެއީ ޖުމުލަ 4918 މީހުންނެވެ.

މާލެއިން ކޮވިޑް-19ގެ ކޭސްއެއް ފެނުމާ ގުޅިގެން އޭޕްރީލް 15 ވަނަ ދުވަހު މާލެ ސިޓީ ވަނީ ލޮކްޑައުން ކޮށްފައެވެ. މިމަހުގެ 28 ށް ލޮކްޑައުން ހަމަވާއިރު، އިތުރު ލުއި ތަކެއް ދިނުމަށް ނިންމާފައިވާކަން ސަރުކާރުން ހާމަކޮށްފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.