ބުރާސްފަތި 04 ޖޫން 2020
02 މިއަހެލި
1441 ޝައްވާލް 12
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:17
އިޝާ 19:34
އޭޑީކޭ ހޮސްޕިޓަލް

އޭޑީކޭގައި 4 މަހުގެ ކުއްޖަކު ނިޔާވި މައްސަލަ ތަހުގީގު ކުރަނީ

  • އާއިލާއާ މައުލޫމާތު ހިއްސާ ކުރާނެ ކަމަށް އޭޑީކޭއިން ބުނޭ
  • އިމަރޖެންސީގައި ފަރުވާ ދީފައިވޭ
  • ބަލި ދެނެގަތުމަށްޓަކައި މަސައްކަތް ކުރެވުނު

ކ. މާލެ | 23 މެއި 2020 | ހޮނިހިރު 08:45 | 3,099

އޭޑީކޭ ހޮސްޕިޓަލް، މިމައްސަލާގައި ހޮސްޕިޓަލްގެ އިހުމާލު އޮތް ކަމަށް އާއިލާއިން ތުހުމަތު ކުރޭ - ދަ އެޑިޝަން

އޭޑީކޭ ހޮސްޕިޓަލުގައި 4 މަހުގެ ކުއްޖަކު ނިޔާވި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި، މަރާއި ގުޅޭ މައުލޫމާތު އާއިލާއާ ހިއްސާ ކުރާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

މި މަހުގެ 21 ވަނަ ދުވަހު އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށް އެންމެ 4 މަހުގެ ތުއްތު ކުއްޖަކު ނިޔާވީ ފަރުވާ ނުދެވިގެން ކަމަށް އާއިލާއާ ހަވާލާދީ ރިޕޯޓުކޮށްފައި ވެއެވެ. އަދި އޭޑީކޭގެ އިހުމާލު އޮތް ކަމަށް އައިލާއިން ތުހުމަތު ކުރެއެވެ.

މި މައްސަލައާ ގުޅިގެން އޭޑީކޭއިން ބުނީ މި ތުއްތު ކުއްޖާ އިމަރޖެންސީގައި ގެނުމާއި އެކު އިމަރޖެންސީ ޑޮކްޓަރުން، ސްޕެޝަލިސްޓުންގެ ލަފާއާއި އެކު ކުއްޖާގެ ފަރުވާ ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ކުއްޖާގެ ބަލި ދެނެގަތުމަށް ޓަކައި އަލްޓްރާ ސައުންޑް އާއި ސީޓީ ސްކޭންވެސް ހަދާފައިވާ ކަމަށެވެ.

އޭޑީކޭއިން ބުނީ ކުއްޖާގެ ޙާލަތު ބަދަލުވުމާ ގުޅިގެން ފުރާނަ ސަލާމަތް ކުރުމަށް ޓަކައި، އިމަރޖެންސީ ފިޒިޝަން އަކީ، ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުންނާ، އޮޕަރޭޝަން ޑޮކްޓަރުންނާ އަދި ހޭނައްތާ ޑޮކްޓަރުންގެ ޓީމަކުން ފަރުވާ ދިން ކަމަށެވެ. ނަމަވެސް، އެ ތުއްތު ކުއްޖާގެ ފުރާނަ ސަލާމަތް ކުރެވޭ ގޮތް ނުވި ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އޭޑިކޭއިން ބުނީ މި ހާދިސާއާއި ގުޅިގެން، ކަން ހިނގާ ދިޔަގޮތުގެ މައުލޫމާތު އާއިލާއާއި ހިއްސާކޮށްފައި ވާނެ ކަމަށާއި، މިފަދަ ހާލަތެއް ދިމާވެއްޖެނަމަ އަމަލުކުރުމަށް ހޮސްޕިޓަލުގައި ކަނޑައަޅާފައިވާ އެސްއޯޕީ ތަކާ އެއްގޮތްވާ ގޮތުގެ މަތިން ތަފުސީލު ރިވިއުއެއް ހަދަން ވާނީ ފަށާފައިވާ ކަމަށެވެ. އަދި ރިވިޔު ނިމުމުން އެ މައުލޫމާތު އާއިލާއާ ހިއްސާކުރާނެ ކަމަށް އޭޑިކޭއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.