ހޮނިހިރު 06 ޖޫން 2020
04 މިއަހެލި
1441 ޝައްވާލް 14
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:32
އިރުއޮއްސޭ 18:17
އިޝާ 19:35
ވެއްޓުނު ޕާކިސްތާނުގެ ފްލައިޓު

ވެއްޓުނު ޕާކިސްތާނުގެ ފްލައިޓުން 80 މީހެއްގެ ހަށިގަނޑު ނަގައިފި

  • ފްލައިޓުގައި ހަތް ކްރޫން ތިބި
  • އެކަކު ސަލާމަތްވި

ކ. މާލެ | 23 މެއި 2020 | ހޮނިހިރު 05:29 | 1,314

ފްލައިޓު ވެއްޓުނު ސަރަހައްދުގައި އެއްކޮށް ހަލާކުވެ، ގެއްލުންފައިވާ ގެއެއް - ޚަލީޖް ޓައިމްސް

ޕާކިސްތާނުގެ ސިންދް ޕްރޮވިންސުގެ ވެރިރަށް ކަރާޗީ އަށް ހުކުރު ދުވަހުގެ ވަގުތެއްގައި ވެއްޓުނު ފްލައިޓުން ދަތުރުކުރި 80 މީހަކުގެ ހަށިގަނޑު ނަގައިފައިވާ ކަމަށް އެ ގައުމުގެ ހެލްތް އޮފިޝަލުން ހާމަކޮށްފި އެވެ.

ޕާކިސްތާނު އިންޓަނޭޝަނަލް އެއާލައިން (ޕީއައިއޭ) ގެ ފްލައިޓް ވެއްޓުނީ އެތައް ފަހަރެއްގެ މަތިން އެ ސިޓީގެ އެއާޕޯޓުގައި ޖައްސަން މަސައްކަތް ކުރަމުން ދަނިކޮށެވެ. މީހުން ދިރިއުޅޭ ސަރަހައްދަކަށް ފްލައިޓް ވެއްޓި އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.

ސިއްހީ އޮފިޝަލުން ނެރެނު ބަޔާނެއްގައި ވަނީ، އެ ހާދިސާގައި ދެ މީހަކު ސަލާމަތްވެފައިވާ ކަމަށް ބުނެފަ އެވެ. އަދި ފެނުނު 17 ހަށިގަނޑު ދެނެގަނެވިފައިވާ ކަމަށްވެސް އޮފިޝަލުންނާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކުރެއެވެ. ފްލައިޓުން ދަތުރުކުރި އެކަކު ސަލާމަތްވެފައިވާ ކަމަށް އެއާލައިންގެ ޗީފް އެކްޒެކްޓިވް އަރްޝަދް މަހްމޫދު މަލިކް ވަނީ ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވެފަ އެވެ. ފްލައިޓުގެ ބައިތައް ނެގުމަށް ތިން ދުވަސް ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފްލައިޓް ވެއްޓުނު ސަރަހައްދުގައި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ސަފްރާޒް އަހުމަދު ބުނީ، ފްލައިޓްގެ ''ފިއުޒެލޭޖް'' އަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އޭނާ ބުނި ގޮތުގައި، ހަށިގަނޑުތައް ނެގިއިރުވެސް ފަސިންޖަރުން ތިބީ ސީޓް ބެލްޓް އަޅައިގެންނެވެ.

ޓެކްނިކަލް ފޯލްޓެއް

ލާހޯރުން ކަރާޗީއަށް ދަތުރުކުރަމުން ދިޔަ ފްލައިޓާއި އެއަރ ޓްރެފިކް ކޮންޓްރޯލާއި ގުޅުން ކެނޑިފައިވަނީ ޕާކިސްތާނު ގަޑިން މެންދުރު 2:30 ހާއިރު އެވެ. ފްލައިޓުގައި ހަތް ކްރޫންގެ އިތުރުން 91 ފަސެންޖަރަކު ތިބި ކަމަށް އެއާލައިނުން ވަނީ ކަށަވަރު ކޮށްދީފައެވެ.

އެއާރބަސް 320 މަރުކާގެ އެ ފްލައިޓްގެ ޕައިލެޓް ސައްޖާދު ގުލް ވަނީ، ރަންވޭއާ ޖެއްސުމުގެ ކުރިން އަދި އެއާ ޓްރެފިކް ކޮންޓްރޯލް ގެއްލުމުގެ ކުރިން މައްސަލަ އެއް އުޅޭ ކަމަށް ބުނެފައެވެ. ޕީއައިއޭގެ އެންމެ ސީނިއާ އެއް ޕައިލެޓް ސައްޖާދު އަކީ ފްލައިޓް ދުއްވުމުގެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ޕައިލެޓްއެކެވެ.

ފްލައިޓް ވެއްޓުނު ހާދިސާ ތަހުގީގު ކުރާނެ ކަމަށް ޕީއައިއޭ އިން ވަނީ ވައުދުވެފައެވެ. އެއާރ ބަސް އިން ނެރުނު ބަޔާނެއްގައި ބުނީ، އެ ފްލައިޓުން ހިދުމަތަށް ނިކުމެފައިވަނީ 2004 ވަނަ އަހަރު ކަމަށެވެ. އަދި އޭގެ ފަހުން 47،100 (ސާޅިސް ހަތަރު ހާސް އެއް ސަތޭކަ) ފްލައިޓް ގަޑި ހަމަކޮށްފައިވާ ކަމަށެވެ.

ފްލައިޓު ވެއްޓުނު މަންޒަރު ދުށް މީހުން ބުނީ، އިމާރާތާއި ދިމާލަށް ފްލައިޓް ވެއްޓުނީ، ބޮޑު ގޮވުމެއް ގޮވުމަށް ފަހު ކަމަށެވެ.

ތައުޒިޔާގެ މެސެޖް

ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޙާން ވިދާޅުވީ، ފްލައިޓް ވެއްޓުނު ހަބަރު އަޑު އެއްސެވީ ކުއްލި ސިހުމަކާއި އަދި ހިތާމައަކާއި އެކު ކަމަށެވެ. ފްލައިޓް ވެއްޓުނު ސަރަހައްދަށް ލިބުނު ގެއްލުންތައް ބެލުމަށް އަސްކަރީއްޔާގެ ސިފައިން ދަނީ ހެލިކޮޕްޓަރުގައި ހަރަކާތްތެރިވަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ފްލައިޓްތަކުގެ ދަތުރުތައް މެދުކަނޑާލާފައި އޮތުމަށް ފަހު އެތެރޭގެ އުދުހުންތައް ފަށާފައިވަނީ ދާދި ފަހުންނެވެ.

2016 ވަނަ އަހަރު އިސްލާމް އާބާދަށް އިންޖީނު ފެއިލްވެގެން ޕީއޭއީގެ ފްލައިޓެއް ވެއްޓި 40 މީހަކު މަރުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.