ބުރާސްފަތި 04 ޖޫން 2020
02 މިއަހެލި
1441 ޝައްވާލް 12
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:17
އިޝާ 19:34
މޫސުން ގޯސްވުން

ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ގއ. އަތޮޅުން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފި

  • ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވުން އެކަށީގެންވޭ
  • ގއ. އަތޮޅުން އައްޑޫއަށް އެލާޓް ނެރިފައިވަނީ ހެނދުނު 6:00ށް
  • މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި

ކ. މާލެ | 23 މެއި 2020 | ހޮނިހިރު 03:14 | 953

އައްޑޫ ސިޓީ، ފޭދޫ މަގެއްގައި ފެންބޮޑުވެފައި - ޓްވިޓަރ

ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ގއ. އަތޮޅުން އައްޑޫ ސިޓީއަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ގއ. އަތޮޅުން އައްޑޫ ސިޓީއަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މި އަތޮޅުތަކަށް ވައިޓް އެލަރޓް ނެރިފައި ވަނީ މެންދަމު 2:00ން ހެނދުނު 6:00 އަށްށެވެ.

މީގެ އިތުރުން ނ. އަތޮޅުން ދ. އަތޮޅަށް ވެސް ވަނީ ވައިޓް އެލާޓް ނެރިފައެވެ.

މެޓް އޮފީހުން ބުނީ ގަޑިއަކު 19 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، އަދި ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެެވެ.

ނ. އަތޮޅުން ދ. އަތޮޅަށް ވައިޓް އެލާޓް ނެރިފައިވަނީ ހޮނިހިރު ދުވަހުގެރޭ 22:30ން މެންމަދު 3:00ށްށެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ ކަނޑުތަށް އާންމުގޮތެއްގައި ގަދަ ވާނެ ކަމަށާއި ވިލާގަނޑުގައި އިތުރަށް ގަދަވެގެންދާނެ ކަމަށެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މޫސުމާބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected]je.mv އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.