ކ. މާލެ
|
23 މެއި 2020 | ހޮނިހިރު 03:31
އުމުރުން ދުވަސްވީ މީހަކު ހިނގާފަ ދަނީ - އުމުރުން ދުވަސްވީ މީހުންނަށް ކޮވިޑް-19ގެ ނުރައްކާ ބޮޑުކަމަށް ސިއްހީ މާހިރުން ބުނޭ
އުމުރުން ދުވަސްވީ މީހަކު ހިނގާފަ ދަނީ - އުމުރުން ދުވަސްވީ މީހުންނަށް ކޮވިޑް-19ގެ ނުރައްކާ ބޮޑުކަމަށް ސިއްހީ މާހިރުން ބުނޭ
ޕިންޓްރެސްޓް
ކޮވިޑް-19ށް ހައި-ރިސްކްގެ މީހުން
ފުރަތަމަ ފޭސްގައި ކޮވިޑް-19ށް ހައި ރިސްކް މީހުން ބޭރަށް ނުނިކުތުމަށް އިލްތިމާސްކޮށްފި
 
މެންޓަލް ހެލްތް ކެއަރގެ ފަރުވާ ދެވޭ
 
ދާއިމީކޮށް ބޭސް ބޭނުންކުރާ މީހުންވެސް ބޭރަށް ނުނިކުތުމަށް އެދިފައިވޭ
 
އުމުރުން ދުވަސްވީ މީހުން ބޭރަށް ނުކުތުން ބުއްދިވެރިއެއް ނޫން

ލޮކްޑައުންއަށް ދެވޭ ލުއިގެ ފުރަތަމަ ފޭސްގައި ކޮވިޑް-19ށް ހައިރިސް ބޮޑު މީހުން ބޭރަށް ނުކުމެ އުޅުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށް ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަށް ބޭސް ކުރަމުންދާ މީހުން އަދި ހައި ރިސްކް ގްރޫޕްގައި ހިމެނޭ މީހުން ފޭސް އެކެއްގައި ބޭރަށް ނުކުތުން ބުއްދިވެރި ނޫން ކަމަށެވެ. އަދި އެމީހުންނަށް ގޭގައި ތިބެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މެންޓަލް ހެލްތް ކެއަރއަށް އަލިއަޅުއްވާލައްވާ މަބްރޫކް ވިދާޅުވީ މިދާއިރާއަށް ޚާއްސަކޮށް ވަކިން ޕްލޭނެއް ހެދުމުންދާ ކަމަށެވެ. އެގޮތުން ސޯޝަލް ކައުންސިލްގެ ފަރާތުން ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

މެންޓަލް ހެލްތްގެ ކަންތައްތަކަކީ ސްޓްރެޓެޖިކް އޭރިއާތައް ކަނޑައެޅިފައި އޮތްއިރުގަ ވަކި އެއްސްޓްރެޓިޖިކް އޭރިޔާ ގޮތުގައި ބެލިގެން ވަކިން އެކަން ޕްލޭން ހެދެމުންދާ އެއްކަންތައް. އަޅުގަނޑުމެން ބަހާލާފައިވާ ބަައިތަކުގެ ތެރެއިން އެއްބައި އެއްކޮށް ހާސިލް ކުރެވިފައި އޮތީ ހަމަ އެކަމަށް. އެހެންވީމަ ވަރަށް ބޮޑަށް ފޯކަސް ކޮށްގެން މަސައްކަތްތައް ކުރެވޭނެ. ސޯޝަލް ކައުންސިލްގެ ފަރާތުން ތިކަމަށް މަސައްކަތް ކުރައްވަމުން ގެންދަވާ. އަދި މޯލްޑިވިއަން ރެޑްކްރެސެންޓްގެ ފަރާތުން އެބޭފުޅުންނާ ގުޅިވަޑައިގަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާ. އައިޑެންޓިފައި ކުރުމަށް.
ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް

އުމުރުން ދުވަސްވީ މީހުންގެ ހާލަތާ ބެހޭގޮތުން މަބްރޫކް ވިދާޅުވީ ޖެންޑަރ މިނިސްޓްރީން މިފަދަ މީހުން ދިިރިއުޅޭ ގެތަކަށް ގުޅައިގެން ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންދާ ކަމަށާއި، އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދެމުންދާ ކަަމަށެވެ. މަބްރޫކް ވިދާޅުވީ އެގެއަކަށް ޒިޔާރަތް ކުރަންޖެހޭ ހާލަތެއްގައި ޖެންޑަރ މިނިސްޓްރީން އެމަސައްކަތް ވެސް ކުރާ ކަަމަށެވެ. އަދި ވިދާޅުވީ މިހުރިހާ މަސައްކަތަކަށް ވެސް ދިވެހި ރެޑްކްރެސެންޓްގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ދެމުންދާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް