ކ. މާލެ
|
23 މެއި 2020 | ހޮނިހިރު 03:17
މައިނަރ ހޮޓެލް ގްރޫޕްގެ ފަރާާތުން ރާއްޖޭގައި ހިންގަމުން އަންނަ އަނަންޓަރަ ދިގު ރަށް
މައިނަރ ހޮޓެލް ގްރޫޕްގެ ފަރާާތުން ރާއްޖޭގައި ހިންގަމުން އަންނަ އަނަންޓަރަ ދިގު ރަށް
ބުކިންގ.ކޮމް
ސިއްހީ އާލާތް ހަދިޔާކުރުން
މައިނަރ ހޮޓެލް ގްރޫޕުން ރާއްޖެއަށް ޕީސީއާރް ޓެސްޓް މެޝިނެއް ހަދިޔާކޮށްފި
 
މިއީ ރާއްޖެއިން ކުރަމުންދާ މަސައްކަތައް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއް
 
ޕީސީއާރު ޓެސްޓް ހެދޭ މެޝިނެއް ވަނީ ހަދިޔާކޮށްފައި
 
100 ގެލަންސް ހޭންޑް ސެނެޓައިޒަރ ހަދިޔާ ކޮށްފައިވޭ

މައިނަރ ހޮޓެލް ގްރޫޕުން ރާއްޖެއަށް ޕީސީއާރް ޓެސްޓް މެޝިނެއް ހަދިޔާކޮށްފިއެވެ.

މިކަމާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، މައިނަރ ހޮޓެލް ގްރޫޕުގެ ފަރާތުން ޕީސީއާރ މެޝިނާކާއި 100 ގެލަންސް ހޭންޑް ސެނެޓައިޒަރ ހަދިޔާކުރިކަމަށްޓަކައި ދިވެހި ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރާކަމަށެވެ. އަދި މި ތަކެއްޗަކީ ކޮވިޑް-19 ކޮންޓްރޯލްކުރުމަށްޓަކައި ރާއްޖެއިން ކުރަމުންދާ މަސައްކަތައް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއްކަމަށެވެ.

އަނަންޓަރަ ހޮޓެލްސް ރިސޯޓްސް އެންޑް ސްޕާ ހިންގަމުން އަންނަ ކުންފުނި، މައިނަރ ހޮޓެލް ގްރޫޕަކީ ދުނިޔޭގެ ނަން މަޝްހޫރު ކުންފުންޏެކެވެ. އެކުންފުނިން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ 55 ގައުމެއްގައި 537 ހޮޓެލް އޮޕަރޭޓްކުރަމުންދެއެވެ. އަނަންތްރައިން ރާއްޖޭގައި ތިން ރިސޯޓެއް ހިންގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް