ކ. މާލެ
|
23 މެއި 2020 | ހޮނިހިރު 02:08
މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު، އާއި ޑެޕިއުޓި މޭޔަރު ޝަމާއު ޝަރީފް
މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު، އާއި ޑެޕިއުޓި މޭޔަރު ޝަމާއު ޝަރީފް
ޝުއައިބް މުހައްމަދު އިގްބާލް
އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުން
އޮންލައިންކޮށް އުފަންދުވަހުގެ ސެޓްފިކެޓް ހެދޭގޮތަށް ހަމަޖައްސައިފި
 
ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ލިބޭނެ މަގުފަހި ކޮށްދެމުން އަންނަނީ
 
ސެޓްފިކެޓް ބޭނުން ކުރެވޭނީ ލޮކްޑައުންގެ ހާލަތު އުވާލަންދެން

ލޮކްޑައުންގައި އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް އޮންލައިންކޮށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ކޮވިޑް-19 އާ ގުޅިގެން މާލެ ސިޓީ ލޮކްޑަައުން ކުރެވި ސަރުކާރުގެ އެންމެހާ އޮފީސްތައް ބަންދުކުރެވިފައިވާތީ މާލޭ ސިޓީގެ ލޮކްޑައުން އުވާލަންދެން މާލޭ ސިޓީގައި އުފަންވާ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް ބޭނުންވާ ފަރާތްތަކުން އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް ކައުންސިލްގެ ވެބްސައިޓް www.malecity.gov.mv މެދުވެރިކޮށް ހުޅުވާލެވިފައިވާ ކަމަށެވެ.

ވެބްސައިޓް މެދުވެރިކޮށް ހުށަހަޅާ ފަރާތްތަކަށް ދޫކުރާ ވަގުތީ ސެޓްފިކެޓް ބޭނުން ކުރެވޭނީ މާލޭ ސިޓީ ލޮކްޑައުންގެ ހާލަތު އުވާލަންދެނެވެ. އަދި ދާއިމީ (އަސްލު) ސެޓްފިކެޓް ލިބޭނީ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް ހުށަހަޅާ ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ އަސްލާއި ވަގުތީ ގޮތުން ދޫކޮށްފައިވާ ސެޓްފިކެޓް ކައުންސިލަށް ހުށަހެޅުމުން ކަމަށް މާލޭ ސިޓީ ކައުންސިލުން ބުންޏެވެ.

މާލެ ލޮކްޑައުން ކުރުމާއި ގުޅިގެން، ބައެއް ކަންކަމަށް އޮންލައިންކޮށް އެދިގެން ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުގެ އިދާރާތަކުން އަންނަނީ ކުރަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް