ބުދަ 25 ނޮވެންބަރު 2020
12 ނޮރަ
1442 ރަބީޢުލްއާޚިރު 09
ފަތިސް 04:38
އިރުއަރާ 05:54
މެންދުރު 11:57
އަސްރު 15:17
އިރުއޮއްސޭ 17:52
އިޝާ 19:08
ކަރަންޓީންގައި ތިބެންޖެހޭ މުއްދަތު އިތުރުވުން

އިތުރު ދުވަސްތަކެއް ކަރަންޓީންގައި ތިބެންޖެހޭ މައްސަލަ ހައްލުކުރުމަށް ދަނީ މަސައްކަތް ކުރަމުން: މަބްރޫކް

  • ސާމްޕަލް ނެނުގި ތިބި ބަޔަކުވެސް ތިބެދާނެ
  • އަބަދުވެސް މިޕްރޮސަސްގައި ލަސްތަކެއް ހުރޭ
  • ކޯލް ސެންޓަރަށް ގުޅިއަސް ސާމްޕަލްގެ ނަތީޖާ ދޫނުކުރާނެ

ކ. މާލެ | 23 މެއި 2020 | ހޮނިހިރު 03:09 | 4,071

ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް - އެންއީއޯސީ

ކޮވިޑް-19ށް ސާމްޕަލް ނެގުމުގެ ޕްރޮސަސްގައި ލަސްތަކެއް ހުރުމާ ގުޅިގެން ކަރަންޓީންގައި ތިބޭ މީހުން އިތުރު ދުވަސްތަކެއް ކަރަންޓީންގައި ތިބެންޖެހޭ ކަމަށާއި، މި މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ކަރަންޓީން ކުރެވިފައި ތިބި ބައެއް މީހުންގެ ސާމްޕަލް ނެގުނުއިރު 21 ދުވަސް ވެފައިވާ ކަމަށާއި، ފަހަރުގައި ސާމްޕަލް ނުނެގި ތިބި ބަޔަކު ތިބެދާނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ މިހާރު ކުރިއަށްދާ ޕްރޮސަސްގެ ތެރެއިން ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި، އަބަދުވެސް މިޕްރޮސަސްގައި ލަސްތައް ހުންނަ ކަމަށެވެ. ނަމަވެސް މި މަމަސައްކަތް އިތުރަށް ހަރަދުނާ ކުރުމަށް މަސައްކަތް ކުރަމުންދާކަން މަބްރޫކް ފާހަގަކުރެއްވި އެވެ.

ކަރަންޓީންގައި ތިއްބަވާ ވަރަށް ގިނަ ބޭފުޅުންނަށް އިތުރު ދުވަސްތަކެއް ކަރަންޓީންގައި ތިއްބަވަން އެބަ ޖެހޭ. ސާމްޕަލްގެ ނަތީޖާ ނުލިބިގެން. ދެން އަޅުގަނޑުމެން މިހުރި ލިމިޓެޑް ރިސޯސަސްއާ އެކު ދަތުރު ކުރާއިރު މިކަހަލަ ކަންކަން ދިމާވޭ. އެކަންކަން ރަނގަޅު ކުރުމަށް ވެސް ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރެވޭ. ނަމަވެސް މިކަހަލަ ކަންތައްތައް ދިމާނުވެއެެކޭ އަޅުގަނޑުމެންނަށް ނުބުނެވޭނެ. ބުނާކަށް ވެސް ބޭނުމެއް ނޫން. މަސައްކަތް ކުރާނީ އަވަސް ކުރެވޭތޯ. އިރާދަކުރެއްވިއްޔާ މިކެޕޭސިޓީ އިތުރުވަމުންދާ ވަރަކަށް އެކަހަލަ މައްސަލަތައް ދިމާވާލެއް މަދުވަމުން ހަމަދާނީ.

~ ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް

މަބްރޫކް ވިދާޅުވީ ކަރަންޓީން ފެސިލިޓީތަކުގެ ތިބޭ މީހުންގެ ޞިއްޙީ ކަންކަން ބެލުމަށް ކޮންމެ ދުވަހަކު ވެސް ނަރުހުން ޒިޔާރަތްކޮށް ބަލަން ޖެހޭ ކަންކަން ބަލާނެ ކަމަށެވެ. މަބްރޫކް ވިދާޅުވީ މެޑިކަލް ފެސިލިޓީއަށް ފުރަތަމަ ގެންދާއިރު ޑޮކްޓަރުން ޗެކް ކުރާނެ ކަމަށާއި، ދޫކޮށްލުމުގެ ކުރިން ވެސް ޑޮކްޓަރުން ޗެކްކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ޙާލަތު ސީރިއަސް ކަމަށް ނަރުހުން ފާހަގަކުރާ ބަލިމީހުންގެ ކަންކަން ޑޮކްޓަރުން ޚާއްޞަ ސަމާލުކަމެއް ދީގެން ބަލަމުންދާ ކަމަށެވެ.

ކޮވިޑް-19ށް ޓެސްޓުކުރާ މީހުންގެ ނަތީޖާ ނުލިބޭ މައްސަލައަށް އަލިއަޅުއްވާލައްވާ މަބްރޫކް ވިދާޅުވީ ކޯލް ސެންޓަރަށް ގުޅާފަ ސާމްޕަލްގެ ނަތީޖާ އެހުމުން އެސާންޕަލްގެ ނަތީޖާއެއް ނުދޭނެ ކަމަށެވެ.

އަޅުގަނޑުމެންގެ އިންތިޒާމް އޮންނަ ގޮތަކީ އެބޭފުޅެއްގެ އަމިއްލަ ޒާތީ މައުލޫމާތަށް ވާތީ އެޗްޕީއޭއިން މިކަމުގައި ނިންމާފަ އޮންނަ ގޮތަކީ އާންމުކޮށް ގޭގައި ތިއްބަވާ ބޭފުޅުން ނުވަތަ ކޮންޓެކްޓްގެ ގޮތުގައި ސާންޕަލް ނެގިފައި ރިޒަލްޓް ލިބޭއިރުގަ އެބޭފުޅުންގެ އާއިލާއަށް ޖަވާބު އަރުވާނެ.

~ ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް

ފެސިލިޓީތަކުގައި ތިބި މީހުންނަށް ޖަވާބު އެރުވުމުގެ އިންތިޒާމުތަކާއި ބެހޭ ގޮތުން މަބްރޫކް ވިދާޅުވީ އެ ނަތީޖާތައް ދޫކުރާނީ ފެސިލިޓީގައި ތިބޭ މެޑިކަލް ޕްރޮފެޝަނަލުންނަށް ކަމަށެވެ. އަދި އެފެސިލިޓީއެއްގައި ތިބޭ ޑޮކްޓަރުންނާއި، ނަރުހުން ސާމްޕަލްގެ ނަތީޖާ ދެމުންދާނެކަން މަބްރޫކް ފާހަގަކުރެއްވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.