ކ. މާލެ
|
23 މެއި 2020 | ހޮނިހިރު 01:23
ވެމްކޯގެ މުވައްޒަފުން ކުނި އުކާލުމުގައި ހަރަކާތްތެރިވާ މަންޒަރު
ވެމްކޯގެ މުވައްޒަފުން ކުނި އުކާލުމުގައި ހަރަކާތްތެރިވާ މަންޒަރު
ރާއްޖެއެމްވީ
ކުނިބަންދުކުރުމުގައި ފަރުވާތެރިވުމަށް އިލްތިމާސްކު
އުކާލެވޭ ކުނި ޑަބަލް ބޭގް ކުރަން ފަރުވާތެރިވުމަށް ވެމްކޯ އިން އިލްތިމާސް ކޮށްފި
 
ދެވިފައިވާ އިރުޝާދުތަކަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ: އާދަމް މުހައްމަދު
 
ކަނޑައެޅިފައިވާ ގަޑީގައި ކުނި ބޭރަށް ނެރުމަށް އިލްތިމާސްކުރެއްވި
 
މާލޭ ޞަރަހައްދުން ކޮވިޑް-19 ފެނުމާއއެކު އުކާލާ ކުނި ޑަބަލް ބޭގް ކުރަން ވެމްކޯއިން އެންގި

އުކާލަން ބޭނުންވާ ކުނި ޑަބަލް ބޭގް ނުކުރާ ކަން ފާހަގަ ކުރެވިފައިވާ ކަމަށާއި، މިކަން މިހެން ނުކުރުމަށް ރައްޔިތުންނަށް އިލްތިމާސްކު ރާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މެނޭޖިންގ ޑިރެކްޓަރު އާދަމް މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީ ގެ ކޮވިޑް-19 ޚާއްޞަ ކަވަރޭޖުގައި ވާހަކަ ދައްކަވަމުން އާދަމް ވިދާޅުވީ، ޢަމަލުކުރަން އަންގާފައިވާ ގޮތަށް ޑަބަލް ބޭގް ނުކުރުމުން، ކޮތަޅުތަކުން ނުބައިވަސް ދުވާ އެހެން މީހުންނަށް ވެސް އުނދަގޫވާ ކަމަށެވެ. އަދި ދެވިފައިވާ އިރުޝާދުތަކަށް ޢާންމުންގެ އެއްބާރުލުން ދެއްވުމަށް އެދިލެއްވި އެވެ.

ސާރވިސް އަވާރސް ނިމިގެން ދިޔައީމާ ދެން ބޭރުގައި ހުރެ މަގުމައްޗާއި ތަންތަނަށް އެޅި ނުބައިވަސް ދުވާ އެތައް ބައިވަރު ބަޔަކަށް އެކަމުން އުނދަގޫވެގެން އެބަދޭ. އެހެންވީމާ އެހެން ނުހައްދަވާ ވީހާވެސް ބޮޑަކަށް އަޅުގަނޑުމެން މިދޭ އިންސްޓްރަކްޝަނާއި އެއްގޮތަށް އަލުގަނޑުމެންނަށް އެއްބާރުލުން ދެއްވާށޭ
ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު އާދަމް މުހައްމަދު

އާދަމް އިތުރަށް ވިދާޅުވީ، ވެމްކޯގެ ހުރިހާ މަސައްކަތްތަކެއް ވެސް ކުރެވެމުން ދަނީ އެ ކުންފުނީގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެންމެ ބޮޑު އިސްކަމެއް ދީގެން ކަަމަށެވެ. އަދި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރަކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅިފައިވާ ކަމަށް ވިދާޅުވި އެވެ.

ވެމްކޯގެ ކޯލް ސެންޓަރުގައި މަސައްކަތްކުރާ އަންހެން މުވައްޒަފަކު ޕޮޒިޓިވްވުމާއި ގުޅިގެން، އެ ކުންފުނީގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ނެގި ރެންޑަމް ސާމްޕަލްތައް ވަނީ ނެގެޓިވްވެފަ އެވެ.

މީގެ އިތުރުން އާދަމް މުޙައްމަދު ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭ ސިޓީގެ އެކި ޞަރަޙައްދުތަކަށް ކުނި ޖަމާވެފައިވާ ކަމަށާއި އެ ޞަރަޙައްދުތައް ސާފުކުރުމުގެ މަސައްކަތް މޫސުން ތަންދޭނަމަ ހޮނިހިރު ދުވަހު ކުރުމަށް ރާވާފައިވާ ކަމަށެވެ.

މި ޙާލަތުގައި ވެމްކޯގެ ހުރިހާ މުވައްޒަފުން ކުރަމުންދާ މަސައްކަތަށް ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުން ދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ. އަދި މި ދަނޑިވަޅުގައި ރައްޔިތުންނަށް ބޭނުންވާ ޚީދުމަތްތައް ފޯރުކޮށްދިނުމުގައި ޙަރަކާތްތެރިވަމުން އަންނަ ވެމްކޯގެ ސްޓާފުންނަށް ޝުކުރު އަދާކުރެއްވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް